28 އެޕްރީލް 2022
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތްތަކަށް އެއްވެސް ގައުމަކުން ހުރަސް އަޅައި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، ވިދުވަރެއްހާ ހަލުވިމިނުގައި ރައްދު ހަމަލާތައް އެ ގައުމަކަށް ކުރިމަތިވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތްތަކަށް އެއްވެސް ގައުމަކުން ހުރަސް އަޅައި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، ވިދުވަރެއްހާ ހަލުވިމިނުގައި ރައްދު ހަމަލާތައް އެ ގައުމަކަށް ކުރިމަތިވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ރައީސް ޕުޓިން މި މޭރުމުން މި އިންޒާރު ދެއްވީ، ޔޫކްރޭންގެ ދެކުނު ސަރަހައްދަކަށް ރަޝިޔާ ސިފައިން ހަމަލާދީ، ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވި ގިނަ އަދަދެއްގެ ހަތިޔާރު ހަލާކުކޮށްލައިފި ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފައިވަނިކޮށެވެ.
"އެއްވެސް ބަޔަކަށް ފަޚުރުވެރި ނުވެވޭ ވަރުގެ އާލާތްތައް އަހަރެމެންގެ އަތުގައި އެބަހުރި. ބޭނުން ޖެހިއްޖެ ހިނދެއްގައި އަހަރެމެން އެ ތަކެތި ވެސް ބޭނުން ކުރާނަން،" ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި ޕުޓިން އެ އިޝާރާތް ކުރެއްވި އާލާތްތަކަކީ، އެ ގައުމުގައި ހުރި ބެލެސްޓިކް މިސައިލަތަކާއި ނިއުކްލިއާ ހަތިޔާރަށެވެ.
"ޔޫކްރޭނުން ބޭރުން އެއްވެސް ބަޔަކު، ޔޫކްރޭންގައި މިހާރު ހިނގާ ކަންކަމުގެ ތެރެއަށް ވަދެގަނެ ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރަން އުޅެފި ނަމަ، އެކަމަށް އަހަރެމެން ރައްދު ދޭނީ ވިދުވަރެއްހާ ހަލުވިމިނުގައި. އެފަދަ ހާލަތްތަކުގައި ރައްދު ދިނުމަށްޓަކައި ބޭނުންކުރުމަށް، އެއްވެސް ބަޔަކަށް ފަޚުރުވެރި ނުވެވޭ ފަދަ ހުރިހާ އާލާތްތައް އަހަރެމެންގެ އަތުގައި އެބަހުރި. އެއީ ހަމައެކަނި ފަޚުރުވެރިކަމުގެ ގޮތުން ރައްކާކޮށްފައި ބަހައްޓާނެ ތަކެއްޗެއް ނޫން، ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އާލާތްތައް އަހަރެމެން ބޭނުން ކުރާނަން."
ޕުޓިން މި މޭރުމުން އިންޒާރު ދެއްވި އިރު، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި ޔޫކްރޭނަށް އިތުރު ހަތިޔާރު ދިނުމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ވައުދުވެފަ އެވެ. އެމެރިކާ އިން ނިންމާފައިވަނީ މި ހަނގުރާމައިގައި ރަޝިޔާ ބަލި ކުރެވެންދެން ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭށެވެ.
ރައީސް ޕުޓިން ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއްގައި ރައްދު ދޭން ޖެހިއްޖެ ނަމަ، އެކަމުގައި ބޭނުންކުރާނެ ހުރިހާ ވަސީލަތްތަކާ މެދު މިހާރު ވަނީ ގޮތް ކަނޑައަޅައި ނިންމައިފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ޕުޓިން ނުދެއްވަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފެށި ގޮތަށް، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދު ހިފުމަށެވެ. ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ދޮންބާސް ސަރަހައްދަކީ، ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ސަރަހައްދެކެވެ.
ދޮންބާސް ސަރަހައްދު ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ވެސް ރަޝިޔާ ސިފައިންނަށް ވަރަށް ގިނަ ގެއްލުންތަކެއް ލިބި، ބޭނުންވާ ބާރުމިނުގައި ކުރިއެރުންތައް ނުލިބޭ ކަމަށް ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ. ދޮންބާސް ސަރަހައްދުގައި ތިބި ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.
ޔޫކްރޭންގައި ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ބަލިކުރުމަށްޓަކައި ކުރާނެ ކަންކަމާ ގުޅޭ ގޮތުން، ޖަރުމަން ވިލާތުގައި ހުޅަނގުގެ ގައުމުތަކުގެ ވަޒީރުން ފެންވަރުގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުމުގެ ބައިވެރިން އެއްބަސްވީ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިތުރު ހަތިޔާރު އެ ގައުމަށް ފޮނުވުމަށެވެ.
އެ ގޮތުން ޖަރުމަން ވިލާތުގެ ބަރު ހަތިޔާރު ޔޫކްރޭނަށް ފޮނުވަން އެގައުމުން ވަނީ ނިންމައިފައެވެ. ޔޫކްރޭނަށް ފޮނުވުމަށް ޖަރުމަން ސަރުކާރުން ނިންމި ހަތިޔާރަކީ މަތިންދާބޯޓަށް ހަމަލާ ދިނުމަށް އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކެވެ.
މި ޓޭންކުތައް ޔޫކްރޭނަށް ފޮނުވަން ނިންމިކަން ޖަރުމަނުން އިއުލާންކުރީ، އެ ގައުމުގައި ހުރި ދުވަސްވީ ބައެއް ބަރު ހަތިޔާރުތައް ޔޫކްރޭނަށް ފޮނުވުމުގެ ހުއްދައަކަށް އެދި، ޖަރުމަންގެ އަސްކަރީ ކުންފުނި ރައިންމެޓަލް ޑިފެންސްގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވަނިކޮށެވެ. ޔޫކްރޭނަށް ފޮނުވުމަށް އެ ކުންފުނިން އެދުނު ބަރު ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ ލެޕާޑް 1އޭ5 މަރުކާގެ 88 ޓޭންކާއި މާޓެން މަރުކާގެ 100 ޓޭންކެވެ.
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ރަޝިޔާގެ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ