16 މާޗް 2022
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، ކައުންސިލް އޮފް ޔޫރަޕުން ރަޝިޔާ ވަކިވުމަށް އެ ޖަމާއަތުގެ ފަރާތުން ކުރިމަތިކުރަމުންދާ ފިއްތުންތަކާ ގުޅިގެން، އެ ކައުންސިލް އިއްޔެ އިން ފެށިގެން ރަޝިޔާވެ، އެކަން އިއްޔެ އެ ކައުންސިލަށް އަންގައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، ކައުންސިލް އޮފް ޔޫރަޕުން ރަޝިޔާ ވަކިވުމަށް އެ ޖަމާއަތުގެ ފަރާތުން ކުރިމަތިކުރަމުންދާ ފިއްތުންތަކާ ގުޅިގެން، އެ ކައުންސިލް އިއްޔެ އިން ފެށިގެން ރަޝިޔާވެ، އެކަން އިއްޔެ އެ ކައުންސިލަށް އަންގައިފި އެވެ.
ރަޝިޔާގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކައުންސިލް އޮފް ޔޫރަޕުން ރަޝިޔާ އިއްޔެ އިން ފެށިގެން ވަކިވިކަން، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް މާރިޔާ ޕެޖިނޮވިޗް ބުރީޗް އަށް އިއްޔެ ވާނީ އަންގައިފަ އެވެ. އެ ޖަމާއަތުން ރަޝިޔާ ވަކިވުމާ ގުޅިގެން، އިންސާނީ ހައްގުތަކާ ބެހޭ ޔޫރަޕްގެ މުއާހަދާ އަށް އަމަލުކުރުން ރަޝިޔާގެ މައްޗަށް ލާޒިމެއް ނުވާނެ އެވެ.
އެ މުއާހަދާއަކީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައި އޮނިގަނޑުގެ ގޮތުގައި ވިލާތުގެ ހުރިހާ ގައުމުތަކުން އެއްބަސްވެ އަމަލު ކުރަމުން އަންނަ މުއާހަދާއެކެވެ. ވިލާތުގެ ގައުމުތަކުގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައިވަނީ އެ މުއާހަދާގެ ދަށުންނެވެ.
ޔޫރަޕިއަން ކައުންސިލްގައި ރަޝިޔާ ބައިވެރިވިތާ 26 އަހަރު ފަހުން، އެ ޖަމާއަތުން ރަޝިޔާ ވަކިވުމާ ގުޅިގެން، ރަޝިޔާގެ ކޯޓުތަކުން އިއްވާ މަރުގެ ހުކުމްތައް ތަންފީޒު ކުރުމުގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ އެވެ. އަދި އެފަދަ ހުކުމެއް ރަޝިޔާގައި އިއްވިޔަސް ނުވަތަ ތަންފީޒު ކުރިޔަސް، އެކަމާ ދެކޮޅަށް ރަޝިޔާގެ ރައްޔިތަކަށް، އިންސާނީ ހައްގުތަކާ ބެހޭ ޔޫރަޕްގެ ކޯޓަށް މައްސަލައެއް ވެސް ހުށައެއް ނޭޅޭނެ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވިލާތުގެ ގައުމުތަކުގައި ގާނޫނުގެ ވެރިކަން ދަމަހައްޓައި، ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ މަގްސަދުގައި 1949 ވަނަ އަހަރު އުފެއްދި ޔޫރަޕިއަން ކައުންސިލަކީ، ޔޫރަޕިއަން ޔޫނިއަންއާ މުޅިން ވަކި ޖަމާއަތެކެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަނުން ވެސް ބޭނުން ކުރަމުން އަންނަނީ ޔޫރަޕިއަން ކައުންސިލްގެ ދިދައިގެ ގޮތުގައި 1955 ވަނަ އަހަރު ފާސްކޮށް ބޭނުންކުރަމުން އަންނަ ދިދަ ކަމަށްވާތީ، ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ މި ދެ ނަމަކީ ވެސް އެއް ޖަމާއަތަކަށް ބޭނުންކުރާ ތަފާތު ދެ ނަން ކަމަށެވެ.
PACE voted to withdraw Russia from the Council of Europe (needed to be done in 2014). Number of votes for: 216 of 219. This is the Assembly that voted to return Russia not long ago. Now it’s time for #deputinization. The final decision is up to the Committee of Ministers.
— Dmytro Kuleba (@DmytroKuleba) March 15, 2022
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަތުމާ އެކު، ޔޫރަޕިއަން ކައުންސިލްގައި އެއްވެސް ހައިސިއްޔަތަކުން ރަޝިޔާ ބައިވެރިވުން، އެ ޖަމާއަތުން ވަނީ މަނާކޮށްފަ އެވެ.
ޔޫރަޕުގެ ކައުންސިލުން ރަޝިޔާ ވަކިވިކަން، އެ ޖަމާއަތުގެ ޕާލަމެންޓްރީ އެސެމްބްލީގެ މި ދައުރުގެ ރިއާސަތު ބަލަހައްޓަވާ އިޓަލީ ވިލާތުގެ ހާރިޖީ ވަޒީރު ލުއީޖީ ޑި މައިއޯ ވަނީ ޔަގީންކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ، އެ ޖަމާއަތުގެ ފަރާތުން ތަކުރާރުކޮށް އަންނަނީ ކުށްވެރި ކުރަމުންނެވެ.
އަދި ރަޝިޔާގެ އެ ނިންމުމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް، އެ ޖަމާއަތުގެ މިނިސްޓަރުންގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށް ވެސް އިޓަލީގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
ޔޫރަޕްގެ މަޖިލީހުން ވަގުތުން ރަޝިޔާ ބޭރުކުރުމަށް، ޔޫކްރޭންގެ ބޮޑުވަޒީރު ޑެނީސް ޝްމީހަލް މިދިޔަ ހޯމަ ދުވަހު ވަނީ ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ހުޅަނގަށް ތާއީދުކުރާ ގައުމަކަށް ސިފައިން ފޮނުވައިގެން ރަޝިޔާ އިން ހަނގުރާމައެއް ކުރަމުންދާ އިރު، ޔޫރަޕިއަން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އޮތުމުގެ ހައްގު ރަޝިޔާއަކަށް ނޯންނާނެ އެވެ.
އަނެއްކޮޅުން ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫރަޕިއަން ކައުންސިލުން ރަޝިޔާ ވަކިކުރުމަށް، އެ ކައުންސިލްގެ ޕާލަމެންޓްރީ އެސެމްބްލީން އިއްޔެ ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް އެ އެސެމްބްލީން ނިންމީ 219 މެންބަރުންގެ ތެރެއިން 216 މެމްބަރުންގެ ވޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުލޭބާ ވިދާޅުވި ގޮތުގައި، މިއީ 2014 ވަނަ އަހަރު އެ އެސެމްބްލީން ކުރަންވީ ކަމަކެވެ. ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަނެ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ކްރައިމިއާ ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅީ 2014 ވަނަ އަހަރު އެވެ.
ޔޫރަޕިއަން ކައުންސިލުން ރަޝިޔާ ވަކިވިކަން އާންމުކޮށް އެގައުމުގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން ވަކިވިޔަސް ރަޝިޔާ ރައްޔިތުންގެ ހައްގުތަކަށާއި މިނިވަންކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ރަޝިޔާ އިން ތަސްދީގުކޮށްފައިވާ، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ މުއާހަދާތަކުގެ ތެރެއިން، ރަޝިޔާގެ ގާނޫނުއަސާސީއާ ފުށުނާރާ މުއާހަދާތަކަށް އަމަލުކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ޔޫރަޕިއަން ކައުންސިލްގައި ހިމެނޭ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި ނޭޓޯގެ ގައުމުތަކުން މިހާރު އެ ކައުންސިލް ބޭނުންކުރަމުން އަންނަނީ، ރަޝިޔާއާ ދެކޮޅަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގަ އެވެ.
ޔޫރަޕިއަން ކައުންސިލުން ރަޝިޔާ ވަކިވި އިރު، ޔޫރަޕިއަން ޔޫނިއަންގެ ތިން ގައުމެއްގެ ވެރިން އިއްޔެ ވަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަޑައިގެން ޔޫކްރޭންގެ ވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ. ކިޔޭވް އަށް ވަޑައިގަތީ، ޗެކް ޖުމްހޫރިއްޔާގެ ބޮޑުވަޒީރު ޕެޓްރް ފިއާލާ އާއި ޕޮލޭންޑްގެ ބޮޑުވަޒީރުގެ ނާއިބު، ޖަރޮސްލާވް ކަޗިންޒްކީ އާއި ސްލޮވޭނިއާގެ ބޮޑުވަޒީރު ޖަނޭޒް ޖަންސާ އެވެ.
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"
ޔޫކްރޭން ހަނގުރާމަ: މައްސަލައަކީ ކޮބާ؟
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ނޭޓޯ އިން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަނީ