21 ސެޕްޓެމްބަރ 2023
މެދުއިރުމަތީގެ ފާރިސީ ގައުމު އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދައިފިއްޔާ ސައޫދީން ވެސް އެފަދަ ހަތިޔާރު ހޯދާނެ ކަމަށް، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ފާރިސީ ގައުމު އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދައިފިއްޔާ ސައޫދީން ވެސް އެފަދަ ހަތިޔާރު ހޯދާނެ ކަމަށް، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވިދާޅުވެއްޖެ އެވެ.
އެމީހުން ނިއުކްލިއާ ހަތިޔާރެއް ހޯދައިފިއްޔާ، އަހަރެމެން ވެސް އެ ފަދަ ހަތިޔާރެއް ހޯދަންޖެހޭނެ،" އެމެރިކާގެ ޓީވީ ޗެނަލް ފޮކްސް ނިއުސް އިން މިއަދު ހެނދުނު ފޮނުވި އެއް ގަޑިއިރުގެ އިންޓަވިއުގައި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކުން ނިއުކްލިއާ ހަތިޔާރު ހޯދުމަކީ ސައޫދީ އަރަބިއްޔާ ކަންބޮޑުވާ ކަމެކެވެ. އެހެން ނަމަވެސް، އީރާނުން އެފަދަ ހަތިޔާރެއް ހޯދައިފި ނަމަ، ސަރަހައްދުގެ އަސްކަރީ ތިލަފަތް ހަމަކުރުމުގެ ގޮތުން ވެސް ސައޫދީން ނިއުކްލިއާ ހަތިޔާރު ހޯދާނެ އެވެ.
އޭގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދައިފި ހާލަތެއްގައި، ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ވެސް ސައޫދީން ނިއުކްލިއާ ހަތިޔާރު ހޯދާނެ ކަމަށް ވަލީ އަހުދު ވިދާޅުވި އެވެ.
"އެއްވެސް ގައުމަކުން ނިއުކްލިއާ ހަތިޔާރު ހޯދުމަކީ ގޯސް ކަމެއް. އެއްވެސް ބަޔަކު ނިއުކްލިއާ ހަތިޔާރު ހޯދައިގެން ނުވާނެ، ހޯދިޔަސް ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރެވޭނެ. އެއްވެސް ގައުމަކުން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފިއްޔާ، އޭގެ މާނައަކީ އެ ގައުމުން ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކާ ދެކޮޅަށް ހަނގުރާމަ ފެށިއްޔޭ،" އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދެމިގެން ދިޔަ އިންޓަވިއުގައި ވަލީ އަހުދު ސަލްމާން ވިދާޅުވި އެވެ.
"އެހެން ހީރޯޝީމާއެއް ދެކެން ދުނިޔެ މިހާރު ބޭނުމެއް ނުވޭ. އަނެއްކާ ވެސް އެއް ލައްކަ މީހުން މަރާލައިފިއްޔާ، އޭގެ މާނައަކީ ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކާ ދެކޮޅަށް އެ ގައުމަކުން ހަނގުރާމަ ކުރުން،" އޮގަސްޓް 6، 1945 ގައި އެމެރިކާ އިން ދިން ނިއުކްލިއާ ބޮމުގެ ހަމަލާގައި ސުންނާފަތިވެގެން ދިޔަ، ޖަޕާންގެ ހީރޯޝީމާ އަށް އިޝާރާތް ކުރައްވައި ވަލީ އަހުދު ވިދާޅުވި އެވެ.
"އެހެންވީމާ، ބޭނުން ކުރެވެން ނެތް ހަތިޔާރެއް ހޯދުމަކީ ބޭކާރު ކަމެއް. ބޭނުންކޮށްފިއްޔާ، އެ ގައުމުން އެހެން ގައުމުތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަންޖެހޭނެ."
ތެލުގެ ވިޔަފާރި އާއި ސަރަހައްދީ ނުފޫޒު ހޯދުން ފަދަ ސިޔާސީ އަދި އިގްތިސާދީ ދެބަސްވުންތަކުގެ ސަބަބުން، ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދެ އެކަށޭނަ ރަނގަޅު ގުޅުމެއް ނޯންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން 1987 ން 1990 އަށް މެދުކެނޑިފައި އޮތުމަށް ފަހު، 1990 ގައި އެ ގުޅުން އިއާދަކުރި އެވެ.
ނަމަވެސް ދެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި އެތައް މައްސަލަތަކެއް ކުރިމަތިވެ، 2016 ވަނަ އަހަރު އަނެއްކާ ވެސް ދެ ގައުމުގެ ޑިޕްމޮކެޓިކް ގުޅުން ކެނޑިގެން ދިޔަ އެވެ. އޭގެ ތެރޭގައި، ހިމެނެނީ ޔަމަންގެ ދާޚިލީ ހަނގުރާމަ އަށް ދެ ގައުމުން ނުފޫޒު ފޯރުވުމާއި، ޔަމަންގައި ހުރި އީރާންގެ އެމްބަސީ ގޮއްވައިލުމާއި، 2015 ވަނަ އަހަރުގެ ހައްޖުގެ ތެރޭގައި ހިނގި ހާދިސާތަކާއި، 2016 ވަނަ އަހަރު ޝީއީ އިލްވެރިއަކަށް ސައޫދީގައި މަރުގެ އަދަބު ދިނުމާއި، އެ މަރާ ގުޅިގެން، އީރާނުގައި ހުރި ސައޫދީ އެމްބަސީ އަށް ހަމަލާ ދިން މައްސަލަ ހިމެނެ އެވެ.
ދެ ގައުމުގެ ދެމެދުގައި ގުޅުން ކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން، ޗައިނާގެ އިސް ވެރިން މެދުވެރިއެއްގެ ދައުރު އަދާކޮށް، މާޗް 10، 2023 ގައި ސައޫދީ އާއި އީރާނުން ވަނީ ޑިޕްލޮމެޓިކް ގުޅުން އަލުން އިއާދަކުރަން އެއްބަސްވެފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ކަންކަމާއި ވިޔަފާރި އާއި ސަގާފީ ކަންކަމުގައި އެއްބާރުލުމަށް ވެސް ދެ ގައުމުން އެއްބަސްވި އެވެ.
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
އީރާނުން ސައޫދީ އަށް އެކްސްޕޯޓް ކުރަން ފަށައިފި
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިއްޖިއްޔާ ދުވަސް ދިޔައީ
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ނިއުކްލިއާ މުއާހަދާ އަށް މާ ގިނަ ދުވަހެއް ނެތް
އީރާނާއި އެމެރިކާ އިން ނިއުކްލިއާ މުއާހަދާ ދިރާސާކުރަނީ