12 މާޗް 2023
ސުންނީ މުސްލިންގެ އެންމެ މަގުބޫލު ގައުމުކަމަށްވާ ސައޫދީ އަރަބިއްޔާ އާއި ޝީއީ މުސްލިމުންގެ އެންމެ މަގުބޫލު ގައުމު ކަމަށްވާ އީރާނާ ދެމެދު ދާއިމީ ދެކޮޅުވެރިކަމެއް އޮތުމަކީ، މެދުއިރުމަތީގައި ހަން ފެތުރުމަށް އެމެރިކާ އާއި އިޒްރޭލަށް އޮތް އެންމެ ފަހި ފުރުސަތެވެ. އެހެންކަމުން، އެ ދެ ގައުމުގެ ދެމެދުގައި ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން އުފެދޭނެ ހުރިހާ ކަމަކަށް އެމެރިކާ އާއި އިޒްރޭލުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ސުންނީ މުސްލިންގެ އެންމެ މަގުބޫލު ގައުމުކަމަށްވާ ސައޫދީ އަރަބިއްޔާ އާއި ޝީއީ މުސްލިމުންގެ އެންމެ މަގުބޫލު ގައުމު ކަމަށްވާ އީރާނާ ދެމެދު ދާއިމީ ދެކޮޅުވެރިކަމެއް އޮތުމަކީ، މެދުއިރުމަތީގައި ހަން ފެތުރުމަށް އެމެރިކާ އާއި އިޒްރޭލަށް އޮތް އެންމެ ފަހި ފުރުސަތެވެ. އެހެންކަމުން، އެ ދެ ގައުމުގެ ދެމެދުގައި ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން އުފެދޭނެ ހުރިހާ ކަމަކަށް އެމެރިކާ އާއި އިޒްރޭލުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެކަމުގައި އެމެރިކާ އާއި އިޒްރޭލު ގެންގުޅޭ ސްޓްރެޓެޖީއަކީ، އީރާނަކީ މެދުއިރުމަތީގެ ގައުމުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން އެ ސަރަހައްދުގެ ގައުމުތަކަށް ވިސްނައިދިނުމެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ މުޖައްރިބު ގޮތަކީ، އިޒްރޭލާ އެކުގައި ސުލްހަ ގާއިމުކޮށް ގާތް ގުޅުމެއް އުފެއްދުންކަން ވެސް އެ ގައުމުތަކަށް ވިސްނައިދިނުމެވެ.
އެމެރިކާ އާއި އިޒްރޭލުން ވަނީ އެ ސްޓްރެޓެޖީ ފެތުރުމުގައި ކޮންމެވެސް ވަރަކަށް ކާމިޔާބު ވެސް ހޯދައިފަ އެވެ. އިޒްރޭލާ އިންވެގެން އޮތް ބައެއް އިސްލާމީ ގައުމުތަކާއި މާ ދުރުގައި އޮތް އިސްލާމީ ބައެއް ގައުމުތަކުން ވެސް، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކޮށް ދެކޮޅުވެރިކަމުގެ ޒަމާން މާޒީއަށް ފޮނުވާލައިފަ އެވެ.
މާޗް 10، 2023؛ ޗައިނާގެ އިސް ޑިޕްލޮމޭޓް ވާންގް ޔީ (މ) އާއި ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން (ވ) އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ، އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސަލާމް ކުރައްވަނީ. --އޭއެފްޕީ
ނަމަވެސް، މިދިޔަ ހުކުރު ދުވަހު، ޗައިނާގައި އެ ގައުމުގެ އިސް ޑިޕްލޮމޭޓް ވާންގް ޔީގެ ދެފަރާތުގައި، ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ ތިއްބަވައިގެން އިއުލާން ކުރެއްވި އެއްބަސްވުމުން، އެމެރިކާގެ ސްޓްރެޓެޖީގައި ރެނދުލާފައިވާ ކަން ދުނިޔެއަށް ވަނީ ހާމަވެފަ އެވެ.
މިއީ އެމެރިކާ އާއި އިޒްރޭލަށް ލިބުނު ބޮޑު ހުތުރަކަށް ވުމުގެ އިތުރުން، މި އެއްބަސްވުމަކީ މެދުއިރުމަތީގައި އޮތް އެމެރިކާގެ ނުފޫޒުގެ މައްޗަށް ޗައިނާގެ ނުފޫޒު ގަދަކުރަމުން އަންނަ ކަމުގެވެސް ހެއްކަކަށް ފުދެ އެވެ. އީރާނާއި ސައޫދީ އަރަބިއްޔާ އިން ސޮއިކުރި އެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ދެ ގައުމުގެ ދެމެދުގައި އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމެވެ.
އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބުނީ ޗައިނާ މެދުވެރިވެގެން ސައޫދީ އާއި އީރާނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުންގެ ސަބަބުން، ޔަމަންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.
މި އެއްބަސްވުމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ނޫސްވެރިން ސުވާލު ކުރުމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން، އީރާން އަދި ސައޫދީގެ ވެސް ނަން ބޭނުން ނުކުރައްވައި ވިދާޅުވީ، "އިޒްރޭލާއި އިޒްރޭލުގެ އަވައްޓެރި އަރަބިންނާ ދެމެދު ގުޅުން ބަދަހިވި ވަރަކަށް، އެންމެންނަށް ވެސް އެކަމުގެ މަންފާ ކުރާނެ" ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްގެ ވެރިކަމުގައި އެމެރިކާގެ ސަފީރެއްގެ ގޮތުން ސައުދީގައި މަސައްކަތް ކުރެއްވި ޖޭމްސް އޮބާވެޓާ ވިދާޅުވީ ސައޫދީ އަރަބިއްޔާއަކީ މިހާރު އެމެރިކާ އިން ބަރޯސާވެވޭ ފަދަ ގައުމެއް ނޫން ކަމަށެވެ. އަދި ސައޫދީގެ އަމަލުތައް މިހާރު ހުންނަ ގޮތުން އެމެރިކާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ޗައިނާގެ ނުފޫޒު ގަދަވަމުން ދަނީ، އެމެރިކާ އާއި ސައޫދީއާ ދެމެދު އޮތް ގުޅުމުގައި، އެމެރިކާގެ މިހާރުގެ ސަރުކާރުން ބާގަނޑެއް އުފެއްދީމަ އެވެ. ސައޫދީގެ ތެރެއަށް ޗައިނާ ދެމިގަތީ އެ ބާގަނޑުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްރަހު ދިރާސާ ކުރާ ބައެއް މީހުން ބުނާ ގޮތުގައި އެ ދެ ގައުމު ސުލްހަ ކުރުވަން އެމެރިކާ ބޭނުންވި ނަމަވެސް، އެމެރިކާ އަށް އެކަމުގައި ކާމިޔާބެއް ނުލިބުނީހެވެ. ފުރަތަމަ ސަބަބަކީ، އެމެރިކާ އާއި އީރާނާ ދެމެދުގައި އޮތް ޒަމާންވީ އަދާވާތްތެރިކަމެވެ.
ޗައިނާގެ އިސްނެގުމަށް އަދި މެދުވެރިއަކަށް ވެގެން ކުރި މަޝްވަރާތަކަށް ފަހު، ސައޫދީއާ އެކުގައި ގުޅުން ގާއިމުކުރަން އީރާން އެއްބަސްވީ ވެސް، އެމެރިކާގެ ނޫފޫޒުން މެދުއިރުމަތި މިންޖުކުރުމަށް އީރާން ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ. އެމެރިކާގެ މައިގަނޑު އަމާޒަކީ ކޮންމެ ސަރަހައްދެއްގައި ވެސް، އެ ސަރަހައްދެއްގެ ގައުމުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފައްދައި، އެތަނުން ކޮންމެވެސް އެއް ގައުމަކަށް ނުވަތަ ގައުމުތަކަކަށް ތާއީދުކޮށްގެން އެމެރިކާގެ ނުފޫޒު އެ ސަރަހައްދެއްގައި ފެތުރުމެވެ.
"ހަމަލާތަކާ ހެދި ތެޔޮ މަދުވިޔަސް ޒިންމާއެއް ނުވާނަން"
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ
ސައޫދީގައި އީރާންގެ އެމްބަސީ ހުޅުވައިފި
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ސައޫދީ އާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ
ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ