07 ޑިސެމްބަރ 2022
ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ޚާއްސަ އިމްތިޔާޒެއް ދެއްވާފައި އޮތުމުން، ސައޫދީގެ ކުރީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލުމުގެ ކުށުގެ ޝަރީއަތް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށް އެމެރިކާގެ ކޯޓުން ނިންމައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ޚާއްސަ އިމްތިޔާޒެއް ދެއްވާފައި އޮތުމުން، ސައޫދީގެ ކުރީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލުމުގެ ކުށުގެ ޝަރީއަތް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށް އެމެރިކާގެ ކޯޓުން ނިންމައިފި އެވެ.
އެމެރިކާގެ ވޮޝިންޓަން ޑީސީގެ ފެޑެރަލް ކޯޓަށް މި މައްސަލަ ހުށަހެޅީ ޖަމާލް ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ ޖަންކީޒް އެވެ. މި މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ފެޑެރަލް ކޯޓުގެ ފަނޑިޔާރު ޖޯން ބޭޓްސް ވިދާޅުވީ މި މައްސަލަ ކޯޓުން ބޭރުކޮށްލުމަށް ފަސްޖެހޭ ކަމަށެވެ.
އެހެން ނަމަވެސް އެމެރިކާގެ ރައީސް ބައިޑެން، ސައޫދީ ވަލީ އަހުދަށް ދެއްވާފައިވާ އިމްތިޔާޒުގެ ސަބަބުން، އެމެރިކާގެ ކޯޓެއްގައި މި މައްސަލަ ކުރިއަށް ގެންދެވެން ނެތުމުން، މައްސަލަ ބޭރުކޮށްލުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާގެ ކުރީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ
ކޯޓުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލުން އިއްޔެ ވިދާޅުވި ގޮތުގައި، ޚަދީޖާ ޖަންކީޒްގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހެޅި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، މި މައްސަލައިގެ ތުހުމަތުކުރެވޭ މުހައްމަދު ބިން ސަލްމާނަކީ ބޭރު ގައުމެއްގެ ސަރުކާރުގެ ވެރިއެއް ކަމަށް އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާތީ، އެމެރިކާގެ ކޯޓެއްގައި ދައުލަތެއްގެ ވެރިއެއްގެ މައްޗަށް ދައުވާ ނުކުރުމަށް ލިބިދޭ އިމްތިޔާޒުތައް މުހައްމަދު ބިން ސަލްމާނަށް ވެސް ލިބިގެންވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
"ބިން ސަލްމާން މިހާރު ހުންނެވި މަގާމާއި، ޚާޝުގްޖީގެ މަރުގައި އޭނާ ބައިވެރިވާ ކަމަށް ހުރި ގަބޫލުކުރެވޭ ވަރުގެ ތުހުމަތުތަކާ މެދު، މިކޯޓުގެ ނުތަނަވަސްކަން ހުރި ނަމަވެސް، އެމެރިކާ ސަރުކާރުން ކޯޓަށް އަންގާފައިވަނީ އޭނާއަކީ އިމްތިޔާޒް ލިބިގެންވާ މީހެއް ކަމަށް،" ފެޑެރަލް ކޯޓުގެ ފަނޑިޔާރު ޖޯން ބޭޓްސްގެ ނިންމުމުގައި ލިޔުއްވާފައިވެ އެވެ.
މީޑިއާގެ ވަސީލަތްތަކުގައި ސައޫދީ އަރަބިއްޔާގެ ސަރުކާރަށް ފާޑު ކިޔަމުން އައި ނޫސްވެރިޔާ، ޖަމާލް ޚާޝުގްޖީ މަރައިލީ، އޮކްޓޫބަރު 2، 2018 ގައި، ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ، ސައޫދީ އެމްބަސީގެ ތެރޭގަ އެވެ.
އޭނާ އެ ދުވަހު ސައޫދީ އެމްބަސީ އަށް ދިޔައީ، އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖަންކީޒްއާ ކާވެނިކުރުމަށްޓަކައި ބޭނުންވާ މުހިންމު ލިޔުންތަކެއް ހޯދުމަށް އެދި ހުށަހެޅުމުން އެ ދުވަހު އެ ލިޔުންތަކާ ހަވަލުވާން ހާޒިރުވުމަށް އަންގާފައި އޮތުމުންނެވެ. އޭނާ އެމްބަސީގެ ތެރެއަށް ވަނީ ލޯބިވެރިޔާ ޚަދީޖާ، އެމްބަސީގެ ބޭރުގައި ބަހައްޓައިފަ އެވެ.
އެތައް އިރެއް ވީއިރުވެސް ޚާޝުގްޖީ އެމްބަސީގެ ތެރެއިން ނުނުކުތުމުން، އެކަން ތުރުކީ ވިލާތުގެ ކަމާ ބެހޭ އިދާރާތަކަށާއި މީޑިއާގެ ސަމާލުކަމަށް ގެނައީ، ޚަދީޖާ އެވެ.
މި މައްސަލައިގައި ތުރުކީ ވިލާތުގެ ފުލުހުން ހިންގި ޚާއްސަ ތަހުގީގަށް ފަހު ބުނެފައިވާ ގޮތުގައި ޚާޝުގްޖީ މަރައިލީ އެކަމަށްޓަކައި ސައޫދީ އަރަބިއްޔާ އިން އައި، ސިއްރު ސިފައިންގެ ބައެކެވެ. އޭގެ ތެރޭގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ބޭފުޅުން ހިމެނެ އެވެ.
ތަހުގީގުތަކުން އެނގުނު ގޮތުގައި ޚާޝުގްޖީ، ސައޫދީ އެމްބަސީގެ ތެރެއަށް ވަނުމާއެކު އޭނާ ހައްޔަރުކޮށް ހޭނައްތައިލި އެވެ. އެއަށް ފަހު އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން މަރައިލުމަށް ފަހު، ކަރަންޓު ކީހެއް ބޭނުންކޮށްގެން އޭނާގެ ހަށިގަނޑު ބުރިބުރިކޮށްލި އެވެ.
އޭނާގެ ހަށިގަނޑުގެ ބައިތައް ކުނި އަޅާ ކަޅު ކޮތަޅުތަކެއްގައި އެމްބަސީން ބޭރަށް ގެންދިޔަކަން ތަހުގީގުން އެނގުނެވެ. ނަމަވެސް އެ ކޮތަޅުތަކަށް ދެން ހެދި ގޮތެއް ތަހުގީގަށް ހޯދިފައެއް ނެތެވެ. އަދި އެ ކަމުގައި ބައިވެރިވި މީހުން ތުރުކީ ވިލާތުން ފުރައިގެން ގޮސްފައިވާތީ، ޚާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ވީތަނެއް ހޯދުން ވަނީ މުސްތަހީލު ކަމަކަށްވެފަ އެވެ.
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ސައޫދީ ވަލީ އަހުދުގެ ބަހުގެ ހަމަލާތަކެއް ބައިޑެން އަށް
ސަރަހައްދީ ދަތުރެއްގައި ސައޫދީ ވަލީ އަހުދު މިސްރަށް
ބީބާއަށް ހާޝުގްޖީގެ ލޯބިވެރިޔާގެ ސިޓީއެއް
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
ހާޝުގުޖީގެ މައްސަލާގައި ފަސް މީހަކަށް މަރުގެ ހުކުމް