21 ޖޫން 2022
މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އަލްއަމީރް މުހައްމަދު ބިން ސަލްމާން، މިސްރުގެ ވެރިރަށް ގާހިރާ އަށް ރޭ ވަޑައިގެންފި އެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރެއްގައި، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އަލްއަމީރް މުހައްމަދު ބިން ސަލްމާން، މިސްރުގެ ވެރިރަށް ގާހިރާ އަށް ރޭ ވަޑައިގެންފި އެވެ.
މިސްރުގެ އިތުރުން ތުރުކީ ވިލާތާއި އުރުދުން އަށް ވެސް ވަޑައިގަންނަވާ މިދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިސްރަށް ވަޑައިގަތުމުން، މިސްރުން އަމީރް މުހައްމަދަށް މަރުޙަބާ ވިދާޅުވީ ރައީސް އަބްދުލް ފައްތާހް އައްސީސީ އެވެ. ސައޫދީ ވަލީ އަހުދުގެ މިދަތުރުގައި މިސްރުގައި ދެ ދުވަސް ހޭދަކުރައްވާނެ އެވެ.
ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި އަމީރް މުހައްމަދުގެ ރަސްމީ މަޝްވަރާތައް އޮންނާނީ މިއަދު ގާހިރާގަ އެވެ. ދެ ބޭފުޅުން މަޝްވަރާ ކުރައްވާ ކަންތަކުގެ ތެރޭގައި، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނެ އެވެ.
އޭގެ އިތުރުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން، މިއަންނަ ޖުލައި މަހުގެ ތެރޭގައި ސައޫދީ އަށް ކުރެއްވުމަށް ތާވަލުކޮށްފައިވާ ރަސްމީ ދަތުރުގެ ތައްޔާރީތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ. ޖުލައި 15-16 ގައި ބައިޑެން ސައޫދީ އަށް ކުރައްވާ ދަތުރުގައި، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާނެ އެވެ.
މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ ވަލީ އަހުދު، އަމީރް މުހައްމަދު ބިން ސަލްމާން (ވ)، ޖޫން 20، 2022 ގައި ގާހިރާ އަށް ވަޑައިގަތުމުން، މިސްރުގެ ރައީސް އަބްުދުލް ފައްތާހް އައްސީސީ، މިސްރުގެ ރިއާސީ ގަނޑުވަރުގައި، އަމީރް މުހައްމަދަށް މަރުހަބާ ދަންނަވަނީ. -- އޭއެފްޕީ
ބައިޑެންގެ މިދަތުރުގައި ގަލްފުގެ ގުޅުންތަކާ ބެހޭ މަޖިލީހުގައި ހިމެނޭ ފަސް މެންބަރު ގައުމުގެ ވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ފަސް ގައުމަކީ، ކުވައިތު، އެމިރޭޓްސް، ބަހްރައިން، ގަތަރު އަދި އުންމާނެވެ. އޭގެ އިތުރުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އާއި އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީއާ ވެސް ބައްދަލުކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ ވަލީ އަހުދު މިހާރު މިސްރަށް ކުރައްވާ ދަތުރުފުޅުގައި، މިސްރުގެ ރައީސާއި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އާއި ބަހްރައިންގެ ރަސްގެފާނު ހަމަދް ބިން އީސާއާ އެކުގައި، ޝަރްމުއްޝައިޚް ރިސޯޓްގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެ އެވެ. އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވާނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީ އަށް ކުރައްވާ ދަތުރުފުޅުގެ ކަންކަމާ ބެހޭ ގޮތުންނެވެ.
މެދުއިރުމަތީގެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ ސައޫދީ އަރަބިއްޔާ އާއި މިސްރާ ދެމެދު ބަދަހި ގުޅުމެއް އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އަދި 2014 ވަނަ އަހަރު، ރައީސް ސީސީ މިސްރުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، ސައުދީން އަންނަނީ އެހީގެ ގޮތުގައާއި އިންވެސްޓްމެންޓްގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް މިސްރަށް ހޭދަކުރަމުންނެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
ސައޫދީން އިޒްރޭލާ ގުޅުން އުފައްދަން އެމެރިކާ ގޮވާލައިފި
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް