15 އޯގަސްޓް 2023
އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މިހާރު ހިންގަމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން، މައްސަލަ އިތުރަށް ގޯސްވަމުންދާ ކަމަށް ބުނެ، މިސްރާއި ޖޯޑްން އަދި ފަލަސްތީނުގެ ވެރިން، އިޒްރޭލު ކުރައްވައިފި އެވެ.
އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މިހާރު ހިންގަމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން، މައްސަލަ އިތުރަށް ގޯސްވަމުންދާ ކަމަށް ބުނެ، މިސްރާއި ޖޯޑްން އަދި ފަލަސްތީނުގެ ވެރިން، އިޒްރޭލު ކުރައްވައިފި އެވެ.
އިޒްރޭލު ކުށްވެރި ކުރައްވައި، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވާހަކަ ދެއްކެވީ، މިސްރުގެ އުތުރު އައްސޭރީގައި އޮންނަ ސަހަރެއް ކަމަށްވާ އަލް އަލަމައިންގައި ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ތިން ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ވަރަށް ނުބައި ޖަރީމާތަކެކެވެ. އޭގެ އިތުރުން މަސްޖިދުލް އަގްސާ އަށް ޔަހޫދީން ވައްދައި މުސްލިމުންނަށް ޖެއްސުންކުރުމަށް އިޒްރޭލު ސަރުކާރުން ހިންގާ އަމަލުތައް ވެސް އެ ތިން ބޭފުޅުން ކުށްވެރި ކުރެއްވި އެވެ.
ތިން ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ގޮތުގައި ފަލަސްތީނު ސަރުކާރަށް ލިބެންވާ ފައިސާތައް އިޒްރޭލުން ހިފަހައްޓައިގެން އުޅެނީ ގާނޫނުތަކާ މުޅިން ޚިލާފަށެވެ. އަދި އެކަމަށް ނިމުމެއް ގެނެވޭތޯ ބައިނަލްއަގުވާމީ ބާރުތަކާ އެކުގައި އިތުރަށް މަޝްވަރާ ކުރެއްވުމަށް ތިން ބޭފުޅުން ނިންމެވި އެވެ.
މިސްރުގެ ނޫސްތަކުން ބުނާ ގޮތުގައި ދާއިމީ ގޮތެއްގައި ވިޔަސް ނުވަތަ ވަގުތީ ގޮތުން ވިޔަސް މަސްޖިދުލް އަގުސާ ދެބައިކޮށްލުމަކީ އެއްވެސް ހަމައަކުން އެ ގައުމުތައް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ތިން ވެރިން އެއްބަސްވެވަޑައިގެންނެވި އެވެ. އަދި އަގްސާގެ ހައިސިއްޔަތު ބަދަލުކޮށް، އެއީ އިޒްރޭލުގެ ބިމަކަށް ހަދަން އިޒްރޭލުން ކުރާ މަސައްކަތްތައް ތިން ބޭފުޅުން ކުށްވެރި ކުރެއްވި ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ވެރިކަމުގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަށްޓަކައި އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ދެ ރައީސުންނާއި ރަސްގެފާނު މަޝްވަރާ ކުރެއްވި އެވެ.
މިދިޔަ ދެތިން ހަތަރު މަސްދުވަހަކީ، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތައް އެތައް ގުނައަކަށް އިތުރުކުރި ދުވަސްތަކެކެވެ. މިދިޔަ ދެތިން ހަތަރު މަސް ތެރޭގައި އިޒްރޭލު ސިފައިން ހިންގި އުދުވާނީ އަމަލުތަކުގައި ފަލަސްތީނުގެ 160 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި ހާހަކަށް ވުރެ ގިނަ މީޙުން ޒަޚަމްކޮށްލި އެވެ.
ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރެވޭ ވިޔަފާރީގެ ތެރެއިން ފަލަސްތީނު ސަރުކާރަށް ލިބެންޖެހޭ 39 މިލިއަން ޑޮލަރު، އިޒްރޭލު ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފޭރިގެންފަ އެވެ. އެ ފައިސާތައް ފަލަސްތީނު ސަރުކާރާ ހަވާލުކުރުމުގެ ބަދަލުގައި، އިޒްރޭލުން އެފައިސާތައް ބޭނުންކުރީ، ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގައި ގެއްލުން ލިބޭ އިޒްރޭލުގެ އާންމުންނަށް ބަދަލު ދިނުމަށެވެ.
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
ސައޫދީން އިޒްރޭލާ ގުޅުން އުފައްދަން އެމެރިކާ ގޮވާލައިފި
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
އިޒްރޭލާއި ފަލަސްތީނުގެ ބައްދަލުވުމެއް ޖޯޑްންގައި
މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް
ފަލަސްތީނުން އިޒްރޭލަށް އެއް އަހަރުގެ މުހުލަތެއް
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ހަމާސްއަކީ ނިމުމެއް ނެތް ފިކުރެއް: އުރުދުން
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން