26 ފެބުރުއަރީ 2023
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގަމުންދާ ލޭއޮހޮރުވުންތަކުގެ ސަބަބުން، ދެ ފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް އުފެދިދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް މިއަދު ބޭއްވުމަށް ޖޯޑްން އިން ނިންމައިފި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގަމުންދާ ލޭއޮހޮރުވުންތަކުގެ ސަބަބުން، ދެ ފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް އުފެދިދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް މިއަދު ބޭއްވުމަށް ޖޯޑްން އިން ނިންމައިފި އެވެ.
މި ބައްދަލުވުން އޮންނާނީ ޖޯޑްންގެ ބަނދަރު ރަށެއް ކަމަށްވާ އަގަބާގަ އެވެ. މި ބައްދަލުވުމުގައި އިޒްރޭލާއި ފަލަސްތީނުގެ ވަޒީރުން ފެންވަރުގެ ބޭފުޅުން ބައިވެރިވާ އިރު، އޮބްޒާވަރުންގެ ގޮތުގައި މިސްރާއި ޖޯޑްންގެ އިތުރުން އެމެރިކާގެ މަންދޫބުން ބައިވެރިވާނެ އެވެ.
ޖޯޑްން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު ބާއްވާ ބައްދަލުވުމަކީ، ހުޅަނގު އައްސޭރީގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އުދުވާނުތަކާ ގުޅިގެން، ފަލަސްތީނު ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު ބާއްވާ ބައްދަލުވުމެކެވެ. އަދި ކަމާ ގުޅުން ހުރި އެހެން ގައުމުތަކުގެ ވެސް ބައިވެރިވުމާ އެކު ބާއްވާ މި ބައްދަލުވުމުގެ ބޭނުމަކީ، އިޒްރޭލުން މިހާރު ހުޅަނގު އައްސޭރީގައި ހިންގާ އުދުވާނީ އަމަލުތައް، އިތުރަށް ފުޅާވެ ބޮޑު ހަމަނުޖެހުންގަނޑެއް އުފެދުމުގެ ކުރިން، މަސްރަހު ފިނިކުރުމެވެ.
Last night, hundreds of Palestinians marched in Jenin, north of the occupied West Bank, in protest of the treacherous PA-Israeli security summit taking place in Aqaba, Jordan.
— Quds News Network (@QudsNen) February 26, 2023
According to the opponents, the summit aims at undermining the Palestinian resistance in the West Bank. pic.twitter.com/qDSKiRbans
އޮފިޝަލް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، އިގްތިސާދީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ފަލަސްތީނު ރައްޔިތުން މިހާރު ބަރުދާސް ކުރަމުންދާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. މިދިޔަ އަހަރުތަކުގައި ވެސް އިޒްރޭލާއި ފަލަސްތީނުގެ މަންދޫބުންނާ ދެމެދު މިފަދަ ބައްދަލުވުމެއް ނުބޭއްވޭ އިރު، މިފަހަރު މިފަދަ ބައްދަލުވުމެއް ބޭއްވޭ ގޮތް ވުމަކީ ވެސް ލިބުނު ކުރިއެރުމެކެވެ.
ޖޯޑްން ސަރުކާރު އިސް ނަގައިގެން މެދުވެރިއަކަށްވެ ބައްދަލުވުމެއް މި ބާއްވަނީ، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ ނާބުލްސް އަށް ވަދެގަނެ، މިދިޔަ ބުދަ ދުވަހު ހިންގި ޓެރަރިސްޓް އަމަލުތަކުގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލާފައިވަނިކޮށެވެ. މިއީ 2000-2005 އަށް ފަލަސްތީނު ރައްޔިތުން ހިންގި ދެ ވަނަ އިންތިފާޟާގެ ފަހުން، އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ.
އިޒްރޭލު ސަރުކާރުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި، މިއަހަރަކީ ލޭއޮހޮރުވުން އެންމެ ބޮޑު އެއް އަހަރަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއަހަރުގެ މިއަދާ ހަމައަށް 52 ފާއިތުވެފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި މިއަހަރު ޝަހީދު ކޮށްލި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރައިފަ އެވެ.
އަދި މި މުއްދަތުގެ ތެރޭގައި، ފަލަސްތީނު މީހުންގެ ތަފާތު ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. އޭގެ އިތުރުން އިޒްރޭލަށް ޒިޔާރަތްކޮށްގެން އުޅުނު ޔޫކްރޭންގެ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.
އދ.ގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ލޭއޮހޮރުވުން އެންމެ ބޮޑު އަހަރެވެ. އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ އަހަރު ހުޅަނގު އައްސޭރިން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 171 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 30 ކުޑަކުދިން ވެސް ހިމެނެ އެވެ.
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ހަމާސްއަކީ ނިމުމެއް ނެތް ފިކުރެއް: އުރުދުން
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
ސައޫދީން އިޒްރޭލާ ގުޅުން އުފައްދަން އެމެރިކާ ގޮވާލައިފި
އަނެއްކާ ވެސް ޖެނީނަށް އަރައި 6 މީހުން ޝަހީދުކޮށްފި
ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް
ފަލަސްތީނުގެ ނޫސްވެރިއަކާއި ދެ ޒުވާނުން ޝަހީދުކޮށްލައިފި