14 ޖޫން 2022
އެމެރިކާގެ ރައީސް ޖޯ ބައިޑެން އަރަބި ގަލްފަށް ކުރައްވާ ދަތުރުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. އެކަން މިއަދުގެ ވަގުތެއްގައި އެމެރިކާ ސަރުކާރުންނާއި ސައުދީ ސަރުކާރުން ވެސް އިއުލާން ކުރާނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އަރަބި ގަލްފަށް ކުރައްވާ ދަތުރުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. އެކަން މިއަދުގެ ވަގުތެއްގައި އެމެރިކާ ސަރުކާރުންނާއި ސައުދީ ސަރުކާރުން ވެސް އިއުލާން ކުރާނެ އެވެ.
އަންނަ ޖުލައި މަހުގެ 15 އަދި 16 ވަނަ ދުވަހު ސައޫދީގައި ޓްރަމްޕު ހޭދަކުރައްވާއިރު، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާނެ އެވެ. އަދި ގަލްފު ކޯޕަރޭޝަން ކައުންސިލްގެ މެމްބަރުންނާ އެކުގައި ވެސް، މަޝްވަރާ ބައްދަލުވުންތަކެއް ބައިޑެން ބާއްވަވާނެ އެވެ.
ރައީސް ބައިޑެން ސައޫދީ އަރަބިއްޔާ އަށް ވަޑައިގަންނަވާނެ ކަން އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން އެންމެ ފުރަތަމަ ބުނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެ ވާހަކަތަކާ ގުޅިގެން، އެމެރިކާގެ ވައިޓް ހައުސް އިން މި މަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ، ސައޫދީ އަރަބިއްޔާ އަށް ވަޑައިގަތުމަށް ބައިޑެން އަދި ނުނިންމަވާ ކަމަށެވެ.
ރައީސް ބައިޑެންގެ މި ދަތުރުގައި ދެން ވަޑައިގަންނަވާނީ ކޮން ގައުމުތަކަކަށް ކަމެއް އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ބައިޑެންގެ މިދަތުރުގައި އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ އެކުގައި މަޝްވަރާ ކުރައްވާނެ އެވެ.
ބައިޑެންގެ ސައޫދީ ދަތުރު އިއުލާން ކުރުމުގެ ކުރިން، އެމެރިކާ ސަރުކާރު ވަފުދެއް ފަލަސްތީނަށް ގޮސް، ފަލަސްތީނުގެ ވެރިންނާ އެކުގައި ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. އެ ވަފްދުގެ ވެރިއަކަށް ވަޑައިގަތީ، ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި، އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ނިއާ އީސްޓަން އެފެއާޒް، ބާބަރާ ލީފް އެވެ.
އޭނާގެ އެ ދަތުރުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި މަހްމޫދު އައްބާސް ވަނީ، އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިސްޓުންގެ ލިސްޓުން، ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ ލިސްޓުގައި ޕީއެލްއޯގެ ނަން ހިމެނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގަ އެވެ.
އޭގެ އިތުރުން ވޮޝިންޓަންގައި ހުރި ޕީއެލްއޯގެ އޮފީސް ހުޅުވުމުގެ ހުއްދަ އަށް ވެސް އޭނާ އެދިވަޑައިގަތެވެ. އަދި އިރުމަތީ ގުދުސްގައި ހުރި އެމެރިކާގެ ކޮންސުލޭޓް އޮފީސް ހުޅުވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ފަލަސްތީނުގެ ދައުލަތެއްނެތި އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
ޣައްޒާގެ ސުލްހައިގެ އާ ޕްލޭނެއް ހުށަހަޅައިފި
ފަލަސްތީނު މީހުން އެމެރިކާއިން ޑީޕޯޓްކުރުން މަނާކޮށްފި
އިޒްރޭލަށް ދުނިޔޭގެ ތާއީދު ގެއްލެން ފަށައިފި: ބައިޑެން
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު