އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 ވަރަކަށް އޮފިޝަލުންނަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައި ވާއިރު އޭގެ ތެރޭގައި ރައީސް މަހްމޫދު އައްބާސް ވެސް ހިމެނޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 ވަރަކަށް އޮފިޝަލުންނަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައި ވާއިރު އޭގެ ތެރޭގައި ރައީސް މަހްމޫދު އައްބާސް ވެސް ހިމެނޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާއިން ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައިވަނީ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރުމަށް ފްރާންސުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއަޅައި އިޒްރޭލަށް ވާގިވެރިވުމަށެވެ.
"މި ނިންމުމުގެ އަސަރުކުރާނެ 80 ވަރަކަށް ބޭފުޅުންގެ ތެރޭގައި އައްބާސް ވެސް ހިމެނޭ،" ވިސާ ނުލިބޭނެ އޮފިޝަލުންގެ ތަފްސީލް ބަޔާންކޮށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލާއި އެމެރިކާއިން ފަލަސްތީނުގެ ދައުލަތެއް އުފެދުމާ ދެކޮޅަށް މަސައްކަތްކުރާއިރު އިޒްރޭލުން ގެންދަނީ ފަލަސްތީނުގައި ވެރިކަންކުރާ ފަލަސްތީން އޮތޯރޮޓީގެ ވާދަވެރި ހަމާސްއާ ސަރުކާރު އެއް ހަމަޔަކުން ބަލަމުންނެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ފަލަސްތީނުން އިޒްރޭލުގެ މައްސަލަ ހުށަހަޅައިގެން ކުރާ މަސައްކަތަކީ "ގާނޫނީ ހަނގުރާމައެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފްރާންސާއި އެހެން ގައުމުތަކުން އިނާމު ދިނުން ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ ހަރުކަށިކަމާ އެކު ފާޑު ކިޔަމުންނެވެ.
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކުރި ފަހުން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އެއްބަސްނުވެއްޖެ ނަމަ އިނގިރޭސިވިލާތުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.
އދ.ގައި ފުރަތަމަ ފަހަރަށް "ނަކްބާ" ފާހަގަކޮށްފި
ފަލަސްތީނުގެ އޮފިޝަލުން އެމެރިކާއަށް ނާރުވަން ނިންމައިފި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ނަކްބާއަށް 75، ފަލަސްތީނު މީހުންނަށް ހައްގެއް ނުލިބޭ
ބްލިންކެންގެ ދަތުރު ހުސް އަތާ ނިންމާލައިފި
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
އެމެރިކާ އިން އދ. އަށް ދޭ އެހީ މަދުކުރަނީ
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ