26 ޑިސެމްބަރ 2017
އެމެރިކާ އިން އދ. މަޖިލީހުގެ ބަޖެޓަށް ކޮންމެ އަހަރަކު ދޭ ފައިސާގެ ތެރެއިން 285 މިލިއަން ޑޮލަރު އުނިކުރުމަށް އެމެރިކާ އިން ނިންމައި އިއްޔެ އިއުލާން ކޮށްފި އެވެ.
އެމެރިކާ އިން އދ. މަޖިލީހުގެ ބަޖެޓަށް ކޮންމެ އަހަރަކު ދޭ ފައިސާގެ ތެރެއިން 285 މިލިއަން ޑޮލަރު އުނިކުރުމަށް އެމެރިކާ އިން ނިންމައި އިއްޔެ އިއުލާން ކޮށްފި އެވެ.
އެކަން އިއުލާން ކުރައްވައި، އދ. މަޖިލީހުގައި ހުންނަވާ އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވީ މިއީ ރަނގަޅު މިސްރާބަށް އެމެރިކާ އިން އެޅި ބޮޑު ފިޔަވަޅެއް ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުން މިހާރު ވަނީ 2018-2019ގެ މާލީ އަހަރަށް 5.396 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނަމަވެސް އެއީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ބޭނުންފުޅުވި 5.4 ބިލިއަން ޑޮލަރަށް ވުރެ ކުޑަ ބަޖެޓެކެވެ.
އދ.ގެ އަހަރީ ބަޖެޓަށް މެމްބަރު ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތަކުން ފައިސާ ދެނީ އެމެރިކާ އިންނެވެ. އދ.ގެ އަހަރީ ބަޖެޓްގައި އެމެރިކާގެ ހިއްސާއަކީ 22 ޕަސެންޓެވެ.
އެމެރިކާގެ ސަފީރު ވިދާޅުވި ގޮތުގައި އދ.ގެ ބަޖެޓުން ހޭދަކުރަނީ އެންމެ ރަނގަޅަށް ނޫން ކަމާއި ބޭކާރު ޚަރަދު ކުރާކަމީ އެންމެންނަށް އެނގޭ ކަމެކެވެ. އަދި ބަޖެޓާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އެފަދަ ކިތަންމެ ކަމެއް ފާހަގަ ކުރެވި އޭގެ ތެރެއިން ބައެއް ކަންކަން ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ ރައްޔިތުންގެ އޯގާތެރިކަމުން ދޭ އެހީ އިން ނާޖާއިޒު ފައިދާ ނަގަން ނުވަތަ އެ ފައިސާ އަށް ވާނުވާ ނޭނގޭ ގޮތަށް ދޫކޮށްނުލައްވާނެ ކަމަށެވެ. އދ.ގެ ބަޖެޓަށް ދޭ ފައިސާ މަދު ކުރުމުގެ އިތުރުން، އދ. މަޖިލިސް މިހާރަށް ވުރެ ޒިންމާދާރު ކުރުވުމަށާއި ހިންގުން ހަރުދަނާ ކުރުމަށް އިތުރު ކަންތައް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ. މަޖިލީހުގައި މައިގަނޑު ދެ ބަޖެޓެއް އޮވެ އެވެ. އދ. މަޖިލިސް ހިންގުމަށް ކަނޑައެޅިފައި އޮންނަ ބަޖެޓަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހަ ބެލެހެއްޓުމުގެ މަސައްކަތަށް ހާއްސަ ކޮށްފައި އޮންނަ ބަޖެޓެކެވެ. މިއީ މުޅިން ވަކިން އޮންނަ ދެ ބަޖެޓެކެވެ.
އެމެރިކާ އިން މި ފިޔަވަޅު މި އެޅީ، އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލުކުރަން އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ތާއީދު ކުރި ގައުމުތަކަށް، އެމެރިކާ އިން ދޭ އެހީ ކަނޑާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފާޑުވިދާޅުވެފައި ވަނިކޮށެވެ.
އެމެރިކާގެ ވިސްނުމަކީ ދެ ދައުލަތުގެ ސިޔާސަތު
ގުދުސްގަ އެމެރިކާގެ ކޮންސުލޭޓް ހުޅުވުން ބޮޑު ބަހުސަކަށް
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް
ފަލަސްތީނު މުޒާހަރާތައް ފުޅާވެ ދެ ސަހަރެއް ބަންދުކޮށްފި
ގުދުސް ގަރާރަށް ތާއީދުކުރި ގައުމުތަކަށް އެހީ ކަނޑާލަނީ
އެމެރިކާ: އަހަންނަކީ ބޮޑުބާރު، ހަދާނީ ބޭނުން ގޮތެއް
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދޭ: އަރަބި ލީގް
އެމެރިކާގެ ނިންމުމަކީ އިސްލާމީ އުންމަތާ ދެކޮޅު އަމަލެއް