22 ސެޕްޓެމްބަރ 2021
އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ލާއިންސާނީ އަދި އުދުވާނީ އަމަލުތައް ފޮރުވައި މަތި އޮމާންކުރުމަށް ތަފާތު ބަހަނާތައް ދެއްކިޔަސް، ފަލަސްތީނުގެ މައްސަލަ އެއްފަރާތް ނުކުރެވޭނެ ކަމަށް، ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ހަމަދް އައްސާނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ލާއިންސާނީ އަދި އުދުވާނީ އަމަލުތައް ފޮރުވައި މަތި އޮމާންކުރުމަށް ތަފާތު ބަހަނާތައް ދެއްކިޔަސް، ފަލަސްތީނުގެ މައްސަލަ އެއްފަރާތް ނުކުރެވޭނެ ކަމަށް، ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ހަމަދް އައްސާނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ގަތަރުގެ އަމީރު ވިދާޅުވި ގޮތުގައި، ހުޅަނގު އައްސޭރީގަ އާއި ހިފާފައިވާ ގުދުސްގަ އާއި މުސްލިމުންނާއި މަސީހީންގެ މުގައްދަސް ތަންތަނުގައި، އިޒްރޭލު ސިފައިންނާއި ފުލުހުން މިއަހަރުގެ ތެރޭގައި ވަރަށް އަނިޔާވެރި އަދި ހައްދުފަހަނައަޅާފައިވާ އަމަލުތައް ހިންގާފައިވެ އެވެ. އަދި ޝައިޚް ޖައްރާހް އަވަށުގެ މީހުން، އެމީހުންގެ ގެދޮރުން ނެރެ ފައްސައިލުމަށް، އިޒްރޭލު ސަރުކާރުން ހިންގާ ޖަރީމާތަކުން ވެސް، ފަލަސްތީނު މައްސަލަ އަށް އަވަސް ހައްލެއް ހޯދުމުގެ މުހިންމުކަން ހާމަވެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ގަތަރުގެ އަމީރު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ފަލަސްތީނު މައްސަލަ ހަވާސާކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި، އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމުގެ ބަދަލުގައި، ގާޒާ އާއި ހިފާފައިވާ ބިންތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށްދޭނެ ކަމަށް ބުނެ ބަހަނާތައް ދައްކައިގެން، ފަލަސްތީނު މައްސަލައަށް ފަސްއަޅައި ފޮރުވައި ވެސް ނުލެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އެހެންކަމުން، ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް، ބައިނަލްއަގުވާމީ މުޖްތަމައަށް ގަތަރުގެ އަމީރު ގޮވައިލެއްވި އެވެ.
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ފަލަސްތީނު ބަޔަކާ ދެކޮޅަށް އިޒްރޭލު ސިފައިން ކަރުނަގޭސް ބޭނުންކުރަނީ.
ގަތަރު އަމީރުގެ ވާހަކައިގައި އިޝާރާތް ކުރެއްވީ އިޒްރޭލުން ހިސޯރުކޮށްފައި އޮތް ފަލަސްތީނުގެ ގާޒާގައި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންގޮސް، އެ ސަރަހައްދު ތަރައްގީކުރަން ބޭނުންވާ ކަމަށް، މިމަހުގެ 12 ވަނަ ދުވަހު އިޒްރޭލުގެ ހާރިޖީ ވަޒީރު ޔައީރް ލިޕީޑް ދެއްކެވި ވާހަކަތަކަށެވެ.
ލިޕީޑް ވިދާޅުވީ ހަމާސް ޖަމާއަތުން ގާޒާގައި ހަމަޖެހުން ގާއިމުކޮށް، ދިގު މުއްދަތަކަށް ސުލްހަ ދަމަހައްޓައިދޭ ނަމަ، ގާޒާގެ ހާލަތު ރަނގަޅު ކުރެވިދާނެ ކަމަށެވެ. ގާޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ރޭވުންތަކެއް އިޒްރޭލު ސަރުކާރުގައި އެބަހުރި ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ގާޒާގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަށަވަރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާޒާ އާރާސްތުކުރުމުގެ ރޭވުމަށް އިޒްރޭލުން ދީފައިވާ ނަމަކީ "ގާޒާގެ ހަމަޖެހުމުގެ މުގާބިލުގައި އިގްތިސާދު" އެވެ.
ލިޕިޑް ވިދާޅުވި ގޮތުގައި، ގާޒާ އާރާސްތުކުރުމުގެ ރޭވުމާ އެއްގޮތަށް އަމަލު ކުރިޔަސް، ގާޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު އަތުލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ގާޒާ އަށް އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދިނުމާ ގުޅޭ ރޭވުން ތަންފީޒު ކުރަން ވިސްނާފައި އޮތީ ދެ މަރުހަލާއަކުންނެވެ.
އޭގެ ތެރެއިން ފުރަތަމަ މަރުހަލާގައި އޮންނާނީ، ގާޒާ އަލުން އާރާސްތުކޮށް ބިނާކުރުމާ އެކު، ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީގައި، ހަމާސް ޖަމާއަތުގެ އަސްކަރީ ބާރު ދަށްކުރުމެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ދެވަނަ މަރުހަލާގައި އޮންނާނީ، އިގްތިސާދީ ރޭވުން ފުރިހަމަ އަށް ތަންފީޒުކުރުމެވެ. އެއީ ގާޒާގެ އަމަންއަމާންކަން ކަށަވަރުވުމަށް ފަހުގަ އެވެ. އަދި އެއީ ގާޒާގެ އިދާރީ އެންމެހައި ކަންކަމާއި އިގްތިސާދީ ހުރިހާ ކަމެއް ވެސް، ހަމާސް ޖަމާއަތުގެ ބަދަލުގައި، ފަލަސްތީނު ސަރުކާރުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތުގެ މަތިންނެވެ.
ދެ ވަނަ މަރުހަލާގެ ތެރޭގައި، ގާޒާގެ އައްސޭރި ފަށުގައި ރަށެއް ހިއްކައިގެން، އެތަނުގައި ބަނދަރެއް ތަރައްގީކުރެވޭނެ އެވެ. އޭގެ އިތުރުން ގާޒާ އާއި ހުޅަނގު އައްސޭރިއާ ދެމެދު މުވާސަލާތީ ވިއުގައެއް ގާއިމުކުރެވޭނެ އެވެ.
"ގާޒާގެ ގޭހާއި ކަރަންޓުގެ ހިދުމަތް ވެސް ރަނގަޅުކުރެވޭނެ. ލޮނުން ފެން އުފައްދާނެ ޕްލާންޓެއް ގާއިމުކޮށް، ބޯފެން ލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ. އޭގެ އިތުރުން، ނަރުދަމާ ނިޒާމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮކަން އިތުރުވެ، ދަތުރުފަތުރުގެ ހިދުމަތްތައް މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ،" ލިޕިޑް ވިދާޅުވި އެވެ.
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް
މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް
އެމެރިކާގެ ވިސްނުމަކީ ދެ ދައުލަތުގެ ސިޔާސަތު
އިޒްރޭލުގެ ރަށްތަކުގައި ދާހިލީ ހަމަނުޖެހުން ބޮޑުވަނީ
އދ. އިން އަނެއްކާ ވެސް އިޒްރޭލު ކުށްވެރި ކޮށްފި
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި
ޣައްޒާގެ ސްކޫލަކަށް ބޮން އަޅައިފި؛ 37 މަރު
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު