23 ޑިސެމްބަރ 2021
އިޒްރޭލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެމެރިކާ އިން ދަމަހައްޓާނީ، ދެ ދައުލަތުގެ ސިޔާސަތު ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ކަށަވަރުކޮށްދެއްވައިފި އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެމެރިކާ އިން ދަމަހައްޓާނީ، ދެ ދައުލަތުގެ ސިޔާސަތު ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ކަށަވަރުކޮށްދެއްވައިފި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް އިއްޔެ ވަޑައިގެން މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމުގެ ތެރޭގައި ސުލިވާން ވިދާޅުވި ގޮތުގައި އެމެރިކާގެ ސިޔާސަތަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކާއި އިޒްރޭލުގެ މިނިވަން ދައުލަތެއް ސުލްހަވެރިކަމާ އެކުގައި ދެމިއޮތުމެވެ. އަދި އެ ސިޔާސަތުގެ ދަށުން، ފަލަސްތީނު ސަރުކާރާއި ރައްޔިތުންނާ އެކުގައި އެމެރިކާ ސަރުކާރުން ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ސުލިވާން ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ ބިންތައް އަޅުވެތިކުރުން ހުއްޓައިލަންޖެހެ އެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ އަމަލުތައް ހުއްޓާލައި، ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ފަލަސްތީނު މީހުންނަށް ކުރިމަތިވާ އުދުވާނީ އަމަލުތަކާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓައިލުމަކީ ވެސް ވަގުތުން ވަގުތަށް ތަންފީޒުކުރަންޖެހޭ ކަމެއް ކަމަށް މަހްމޫދު އައްބާސް ވިދާޅުވި އެވެ.
ހަމައެފަދައިން ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ތާރީހީ ހަގީގަތްތަކަށް އިހްތިރާމްކުރަންޖެހޭނެ ކަމަށާއި ގުދުސްގެ އަވަށްތަކުގައި އުޅޭ ފަލަސްތީނު ރައްޔިތުން އެ އަވަށްތަކުން ފައްސައި ބޭރުކުރުން ހުއްޓައިލަންޖެހޭ ކަމަށް ވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އެމެރިކާގެ މަންދޫބަށް ދެންނެވި އެވެ. އޭގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ އަތުން އިޒްރޭލުން ނަގަމުން އަންނަ ޓެކްސް ނެގުން ހުއްޓާލައި، ފަލަސްތީނުގެ އިގްތިސާދަށް ދަތިކުރުމުގެ އަމަލުތައް ހުއްޓައިލުމަށް ވެސް މަހްމޫދު އައްބާސް އެދިވަޑައިގެންނެވި އެވެ.
ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ހުރަސްއެޅެނީ އިޒްރޭލުން އެކަނި ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ މައްސަލައިގައި އދ. މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާއި ނިންމުންތައް އިޒްރޭލުން ތަންފީޒުކުރުމަށް ބާރުއަޅައިދިނުމަށް ވެސް އޭނާ، އެމެރިކާ މަންދޫބުގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
އިޒްރޭލުން ރަތް ރޮނގުތައް ހުރަސްކޮށްފި: ފަލަސްތީން
ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައިފި
ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް އަރައިގެންފި
އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް
އިޒްރޭލުން އަނެއްކާވެސް އަގްސާ މިސްކިތަށް ހަމަލާ ދީފި
ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި
ޔަހޫދީ އާބާދީތައް ފުޅާކުރުމަށް އެމެރިކާ ދެކޮޅު ހަދައިފި
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ