10 ޑިސެމްބަރ 2023
ސަލާމަތީ މަޖިލީހުގެ ނަމުގައި އދ.ގައި އެކުލަވާލާފައި އޮންނަނީ ހަމައެކަނި އިޒްރޭލު ހިމާޔަތްކޮށްދޭ މަޖިލީހެއް ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ސަލާމަތީ މަޖިލީހުގެ ނަމުގައި އދ.ގައި އެކުލަވާލާފައި އޮންނަނީ ހަމައެކަނި އިޒްރޭލު ހިމާޔަތްކޮށްދޭ މަޖިލީހެއް ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ސިފައިން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވާލައި އެމިރޭޓްސް އިން ހުށަހެޅި ގަރާރު، މިދިޔަ ހުކުރު ދުވަހު އެމެރިކާ އިން ވީޓޯ ކުރުމާ ގުޅިގެން، އެކަން ކުށްވެރި ކުރައްވައި އުރުދުޣާން ވިދާޅުވީ އޮކްޓޫބަރު 7 ން ފެށިގެން އެއީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް ކަމަށެވެ. އޮކަޓޫބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި މިހާތަނަށް ހުށަހެޅި ހުރިހާ ގަރާރެއް ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ވީޓޯކޮށްފަ އެވެ.
އެމިރޭޓްސްގެ ގަރާރަށް ސަލާމަތީ މަޖިލީހުގެ ޖުމްލަ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރު ގައުމުން ތާއީދުކުރި އެވެ. ނަމަވެސް އެ ވޯޓުގައި އިނގިރޭސި ވިލާތް ބައިވެރިނުވެ އެވެ. އަދި އެމެރިކާ އިން ވީޓޯގެ ބޭނުން ހިފައި އެ ގަރާރު ބާތިލުކޮށްލުމުން، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް އިތުރަށް ފުޅާ ކުރުމަށް އިޒްރޭލަށް ބޮޑު ހިތްވަރެއް ލިބި، އިޒްރޭލުން ވަނީ އެކަމަށްޓަކައި އެމެރިކާ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ، ޣައްޒާގެ ހަނގުރާމަ ވަގުތުން ހުއްޓުވައިދިނުމަށް އެދިވަޑައިގެން މި މަހުގެ 6 ވަނަ ދުވަހު ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެކަމަށް ވެސް ބެލުމެއް ނެތި، އެމެރިކާ އިން ވަނީ ވީޓޯގެ ބޭނުންކޮށް، ހަނގުރާމަ ހުއްޓައިލުމުގެ ގަރާރު ބާތިލުކޮށްލައިފަ އެވެ.
"މިއީ އިންސާފުތަ؟ އެންމެ ފަސް ގައުމަށް ވުރެ މުޅި ދުނިޔެ ބޮޑުވާނެ،" ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމުގެ ތެރޭގައި ހިމެނޭ، ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ދާއިމީ ފަސް ގައުމަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ އެހެން މުޖްތަމައެއް ވެސް އެކަށީގެންވޭ. ނަމަވެސް އެއީ އެމެރިކާ ބައިވެރިނުކޮށް. އެމެރިކާގެ ފައިސާ އާއި އަސްކަރީ ހަތިޔާރުތަކާ އެކު އެމެރިކާ އަބަދުވެސް އޮންނަނީ އިޒްރޭލާ އެކު. އޭ އެމެރިކާ! އެކަމަށްޓަކައި އެމެރިކާ އިން ކިހާ ފައިސާއެއް ހޭދަކުރާނަން،" އުރުދުޣާން ސުވާލު ކުރެއްވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު (މިއަދު) ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގަރާރަށް 75 އަހަރު ފުރޭ އިރު، ޣައްޒާގައި ކޮންމެ ދުވަހަކު ވެސް ދަނީ، އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ ގަރާރާ ޚިލާފުވަމުންނެވެ. އަދި ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭނެ އެއްވެސް ބަޔަކު ނެތް ކަން އުރުދުޣާން ފާހަގަކުރެއްވި އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 65 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 48780 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8500 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ހަމާސް އާއި އިޒްރޭލު އެއް ތަރާދަކުން ނުކިރޭނެ
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން: އދ
ގާޒާ އަށް އެހީ ފޮނުވުމުގެ ގަރާރު އެމެރިކާ ވީޓޯކޮށްފި