19 ސެޕްޓެމްބަރ 2024
ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި އިޒްރޭލާ ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި އިޒްރޭލާ ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުން ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުން އަދިވެސް ތަކުރާރުކުރަން،" ސައޫދީގެ ރަސްކަމުގެ ޒިންމާތައް އަދާކުރައްވާ މުހައްމަދު، އެ ގައުމުގެ މަޝްވަރާ މަޖިލިހުގެ ޖަލްސާއެއް ފައްޓަވައިދެއްވަމުން ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އޭގެ ކުރިން އިޒްރޭލާ އެކު ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އެ ދައުލަތް ދުނިޔެއިން ބަލައިގަތް ދުވަހަކުން ނޫނީ އިޒްރޭލާ އެކު ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް އެމެރިކާއަށް ވެސް އަންގާފައި ވާނެ ކަމަށް ސައޫދީ ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ސައޫދީ އަރަބިއްޔާއިން ދުވަހަކު ވެސް އިޒްރޭލާ އެކު ސިޔާސީ ގުޅުމެއް ނުބާއްވަ އެވެ. އެކަމަކު 2020 ވަނަ އަހަރު އެމެރިކާގެ އިސްނެގުމަށް ކުރިއަށް ގެންދިޔަ "އަބްރަހަމް އެކޯޑްސް" ގައި ސައޫދީގެ އަވަށްޓެރި ބަހްރެއިނާއި ޔުނިޓެޑް އަރަބި އެމިރޭޓްސް އަދި މޮރޮކޯ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމްކުރި އެވެ.
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
ސައޫދީ ސަމިޓް: ސުލްހަ އޮތީ ފަލަސްތީނު މިނިވަން ވެގެން
އިރުމަތީ ގުދުސްގައި އޮންނަން ޖެހޭނީ ފަލަސްތީނުގެ ބާރު
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
ފަލަސްތީން މިނިވަންނުވެ އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
ބްލިންކެން ސައޫދީގެ ވެރިންނާ ބައްދަލުކުރައްވައިފި