17 ޖުލައި 2022
ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލި މައްސަލައާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްކެވި ވާހަކަތަކަށް، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލި މައްސަލައާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްކެވި ވާހަކަތަކަށް، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ސައޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލީ، 2018 ވަނަ އަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހު، ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އެމްބަސީ އަށް އޭނާ ދިއުމުން، އެ ތަނުގެ ތެރޭގަ އެވެ.
މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ސައޫދީގައި ހުންނަވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައޫދީގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. އެ މަޝްވަރާތަކުގައި ރައީސް ބައިޑެން ދެއްކެވި ވާހަކަތަކަށް، ވަލީ އަހުދު މުހައްމަދު ވަގުތުން ރައްދު ދެއްވީ އެމެރިކާ އިން އިންސާނީ ހައްގުތަކާ ޚިލާފަށް ކޮށްފައިވާ ބައެއް ކަންތައް، ރައީސް ބައިޑެން އަށް ހަނދުމަފުޅުކޮށް އަރުވަމުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ސައޫދީ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ޖުލައި 15، 2022 ގައި ޖިއްދާ އަށް ވަޑައިގަތުމުން، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ) ރައީސް ބައިޑެން އަށް، އައްސަލާމް ގަނޑުވަރުގައި މަރުހަބާ ދަންނަވަނީ. --އޭއެފްޕީ
ދެ ގައުމުގެ މަޝްވަރާތަކުގައި ބައިވެރިވި ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވި ގޮތުގައި ޚާޝުގްޖީގެ މަރުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބައިޑެން ވިދާޅުވުމުން، ވަލީ އަހުދު އެކަމަށް އިންކާރު ކުރެއްވި އެވެ. އެހެން ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ މައުލޫމާތަށް ބަލާއިރު، ޚާޝުގްޖީގެ މަރުގެ މައްސަލައާ ބެހޭ ގޮތުން މުހައްމަދު ބިން ސަލްމާން ދައްކަވާ ވާހަކަތަކާ އެއްބަސް ނުވެވޭ ކަމަށް، ރައީސް ބައިޑެން ވިދާޅުވި އެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލަ، ރައީސް ބައިޑެން ފާހަގަކުރެއްވުމުން، މުހައްމަދު ސަލްމާން، ރައީސް ބައިޑެން އަށް ހަނދުމަފުޅުކޮށް އެރުވީ، އިރާގުގެ އަބޫ ޣުރައިބު ޖަލުގަ އާއި ގުއަންޓަނާމޯ ބޭ ޖަލުގައި އެމެރިކާ ސިފައިން ހިންގި ބައެއް އަމަލުތަކެވެ. އަބޫ ޣުރައިބު ޖަލުގައި ހައްޔަރުކޮށްފައި ތިބި އިރާގުގެ ގައިދީންނާ މެދު، އެމެރިކާ ސިފައިން ހިންގި ޖިންސީ އަދި ޖިސްމާނީ ގޯނާތައް، މުހައްމަދު ބިން ސަލްމާން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، މިދިޔަ މެއި މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ހަމަލާދީ މަރައިލި، ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ، އަލް ޖަޒީރާ ޓީވީގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ މަރުގެ މައްސަލައިގައި އެމެރިކާ އަށް ކުރެވޭ ތުހުމަތުތައް ވެސް، ސައޫދީ ވަލީ އަހުދު ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ސައޫދީ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ޖުލައި 15، 2022 ގައި ޖިއްދާ އަށް ވަޑައިގަތުމުން، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ) ރައީސް ބައިޑެން އަށް، އައްސަލާމް ގަނޑުވަރުގައި މަރުހަބާ ދަންނަވަނީ. --އޭއެފްޕީ
އެ ކަންކަން ފާހަގަކުރުމަށް ފަހުގައި، ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސަށް ދެންނެވީ ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައޫދީ ސަރުކާރުން އަމަލުކުރީ ޒިންމާދާރު ސަރުކާރަކުން އަމަލުކުރާނެ އެންމެ ފުރިހަމަ ގޮތުގައި ކަމަށެވެ. އަދި އެ ހާދިސާއަކީ ސައޫދީ ސަރުކާރުން ނިހާޔަތަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ސައޫދީގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް މުހައްމަދު ދެންނެވި އެވެ.
"މިފަދަ މައްސަލަތަކާއި މިފަދަ ކަންކަމަކީ ކޮންމެ ގައުމެއްގައި ވެސް ހިނގާ ކަންކަން. އެމެރިކާގައި ވެސް އެފަދަ ގޯސްތައް ހިނގާ. ސައޫދީ ވަލީ އަހުދު ފާހަގަކުރެއްވީ އެމެރިކާ ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅާފައިވާ ފަދައިން، ސައޫދީން ވެސް އެފަދަ ކަންކަމުގައި، އެކަށީގެންވާ ގޮތުގައި ފިޔަވަޅު އަޅަމުންދާ ކަން،" ސައޫދީގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
"އަހަރެމެން ވެސް އެ މައްސަލަ ތަހުގީގު ކުރިން. ކުށްވެރިވާ މީހުންނަށް އަދަބު ދެވިއްޖެ. އަދި އެކަން ތަކުރާރު ނުވާނެކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި. މިއީ ހުރިހާ ގައުމަކުން ވެސް އަމަލުކުރާ ގޮތް. އަބޫ ޣުރައިބު ޖަލުގައި ހިނގި ގޯސްތަކަށް ފަހު އެމެރިކާ އިން ވެސް އަމަލުކުރީ އެގޮތަށް،" ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ސައޫދީ އަރަބިއްޔާގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވި އެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ގާޒާ ހަނގުރާމަ ހުއްޓާލަން ބައިޑެން ބޭނުމެއް ނޫން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ