06 ޖެނުއަރީ 2025
އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބޮލޯނިއާ އާއި ރާއްޖޭގެ ހެރިޓެންސް އާރަށް ރިޒޯޓުގެ ޕާޓްނާޝިޕެއްގެ ދަށުން ބޮލޯނިއާގެ ކުރީގެ ފޯވާޑް މާކޯ ޑިވާއިއޯގެ ހާއްސަ މެޗެއް ރ. މީދޫގައި އިއްޔެ ކުޅެފި އެވެ.
އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބޮލޯނިއާ އާއި ރާއްޖޭގެ ހެރިޓެންސް އާރަށް ރިޒޯޓުގެ ޕާޓްނާޝިޕެއްގެ ދަށުން ބޮލޯނިއާގެ ކުރީގެ ފޯވާޑް މާކޯ ޑިވާއިއޯގެ ހާއްސަ މެޗެއް ރ. މީދޫގައި އިއްޔެ ކުޅެފި އެވެ.
ހެރިޓެންސް އާރަށް ރިޒޯޓާ ދާދި ކައިރީގައި އޮންނަ މީދޫގެ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ އެ ރަށު ޖަމިއްޔަތުލް ސަލާހުގެ ވެޓްރަންސް ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންނެވެ. ދެ ޓީމު 2-2 އިން އެއްވަރުވި މެޗުގައި ޑިވާއިއޯ ކުޅުނީ ވެޓްރަންސް ކުޅުންތެރިންގެ ޓީމަށެވެ.
މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރާ ބޮލޯނިއާއާ އެކު ހެރިޓެންސް އާރަށް ރިޒޯޓުން ހަދާފައިވާ ޕާޓްނާޝިޕުގެ ދަށުން އެ ރިޒޯޓުގެ އިސްތިހާރު ބޮލޯނިއާގެ ސްޓޭޑިއަމުން ފެންނާނެ އެވެ. މީގެ އިތުރުން ހެރިޓެންސް އާރަށް ރިޒޯޓުން ގްލޯބަލް ކެމްޕެއިނެއް ހިންގުމުގެ އިތުރުން، ރާއްޖޭގައި ވެސް ތަފާތު ހަރަކާތްތަކެއް ހިންގާނެ އެވެ.
މީދޫގައި އިއްޔެ ކުޅުނު މެޗަކީ އެފަދަ އެއް ހަރަކާތެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގައި 1960ގެ އަހަރުތަކުގައި ވާދަކުރި ޖަމިއްޔަތުލް ސަލާހުގެ ކުޅުންތެރިން ތިބީ، ޑިވާއިއޯ ފަދަ މަޝްހޫރު ކުޅުންތެރިޔަކާ އެކު ކުޅެލުމުގެ ފުރުސަތު ލިބުމުން ހިތްހަމަޖެހިފަ އެވެ. މެޗަށް ފަހު ޑިވާއިއޯ ވަނީ ބޮލޯނިއާ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީއެއް އެ ޖަމިއްޔާ އަށް ހަދިޔާކޮށްފަ އެވެ.
ޑިވާއިއޯ ބޮލޯނިއާގެ ޖާޒީގައި.
ބޮލޯނިއާ އަށް 2008-2012 އަށް ކުޅުނު ޑިވާއިއޯ އެންމެ މަޝްހޫރުވީ ޕާމާ އާއި ޔުވެންޓަސް އަށް ކުޅުނުއިރެވެ. އޭނާ ވަނީ ޕާމާއާ އެކު އިޓާލިއަން ކަޕާއި، އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އޭނާ އަކީ 2003 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އޭސީ މިލާން އަތުން ޔުވެންޓަސް ބަލިވިއިރު ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭގެ ފަހުން ސްޕެއިނުގެ ވެލެންސިއާ އަށް ވެސް ކުޅުނު ޑިވާއިއޯ ކެރިއަރު ނިންމާލީ އެމެރިކާގެ މޭޖާ ލީގުގަ އެވެ.
ޑިވާއިއޯ ވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އަދި 2006 ގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވީ އޭނާގެ ހިއްސާއާ އެކު އެވެ. އެކަމަކު، ފޯމު ދަށްވުމުގެ ސަބަބުން، އިޓަލީން ޗެމްޕިއަންކަން ހޯދި އެ މުބާރާތުގެ ސްކޮޑުން ފުރުސަތެއް ނުލިބުނެވެ.
އޭނާ މިހާރު ޓީމު މެނޭޖަރެއްގެ ރޯލު އަދާކުރާ ބޮލޯނިއާ އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ހަތަރު ވަނަ ޓީމެވެ. އެ ޓީމުން ނެރުނު ނަތީޖާއާ އެކު އެ ޓީމުގެ ކޯޗު ތިއާއޯ މޮޓާ ވަނީ މި ސީޒަނުގައި ޔުވެންޓަސް އަށް ގެންގޮސްފަ އެވެ. އަދި ފޯވާޑް ޖޯޝުއާ ޒިއަކްޒޭގެ ސޮއި މެންޗެސްޓާ ޔުނައިޓެޑުން ހޯދި އެވެ.
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
70 އަހަރަށްފަހު ރެއާލުން ސްޓޭޑިއަމްގެ ނަންބަދަލުކުރަނީ
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް