ގާތްގަނޑަކަށް 70 އަހަރަށް ފަހު ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނެބުއޭ ސްޓޭޑިއަމްގެ ނަން ބަދަލުކުރަން އެ ކްލަބުން ނިންއިފި އެވެ.
31 ޑިސެމްބަރ 2024
ގާތްގަނޑަކަށް 70 އަހަރަށް ފަހު ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނެބުއޭ ސްޓޭޑިއަމްގެ ނަން ބަދަލުކުރަން އެ ކްލަބުން ނިންއިފި އެވެ.
ޑިސެމްބަރު 1947 ގައި ހުޅުވި ސްޓޭޑިއަމަށް ކުރިން ކީ ނަމަކީ ރެއާލް މެޑްރިޑް ސްޓޭޑިއަމެވެ. މިހާރުގެ ނަން ސެންޓިއާގީ ބާނެބުއޭގެ ނަމަށް އެ ދަނޑުގެ ނަން ބަދަލު ކުރީ 1955 ގަ އެވެ. އެއީ އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ފަހުން ކްލަބްގެ ރައީސްކަން ވެސް ކުރެއްވި ސެންޓިއާގޯ ބާނެބުއޭ ޔެސްޓޭގެ ނަމަށް ނިސްބަތްކޮށެވެ.
ސްޓޭޑިއަމްގެ ނަން ބަދަލު ކުރަނީ އަގު ބޮޑު ސްޕޮންސަރަކާ ދިމާލަށް ދިއުމުގެ ގޮތުންނެވެ. އާ ސްޓޭޑިއަމްގެ ނަމަކީ "ބާނެބުއޭ ސްޓޭޑިއަމް"ވެ. ސެންޓިއާގޯގެ ބަދަލުގައި ނަމުގެ ކުރިއަށް ދެން އަންނާނީ ސްޕޮންސަރުގެ ބްރޭންޑް ނަމެވެ.
އެ ކްލަބްގެ ރައީސްކަން 30 އަހަރުވަންދެން ކުރެއްވި ބާނެބުއޭގެ ރައީސްކަމުގައި ހުޅުވި ސްޓޭޑިއަމް އިމާރާތް ކުރަން ފައިސާ ހޯދީ ކްލަބްގެ މެންބަރުންނާއި ސަޕޯޓަރުންގެ އަތުންނެވެ. ފުޓްބޯޅައިގެ ހިސްޓޯރިއަނުން ބުނާ ގޮތުގައި ބިޒްނަސް މޮޑެލް އަށް ފުޓްބޯޅަ ހިންގުން ބަދަލުކުރުމުގެ ބާނީ އަކީ ބާނެބުއޭ އެވެ.
ފެބްރުއަރީ 1958 ގައި މެންޗެސްޓާ ޔުނައިޓެޑްގެ ޓީމު ދަތުރު ކުރި މަތިންދާބޯޓް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއަށް ފަހު، ޔުނައިޓެޑް ޓީމު އަލުން ބިނާ ކުރުމަށް ބާނެބުއޭ އެހީ ދެއްވާފައި ވެ އެވެ.
ވަރުގަދަ ނުފޫޒެއް ޕެރޭޒް ބޭނުންކުރާކަމުގެ ތުހުމަތު
ފްރެންކޯގެ ނަމުން މަސްޓަންޓުއޯނޯއަށް ގޮވާތީ ބަހުސެއް
ހަރަދުގައި ރެއާލް، ބާސާއަށް ވުރެ އެތުލެޓިކޯ ކުރީގައި
ޒުވާން ޑިފެންޑަރު ކުޅުވަން ފްރާންސާއި ސްޕޭން ވާދަކުރަނީ
މުހިންމު ކުޅުންތެރިން ބެންޗުން ވެސް ފަށައިފާނެ: ޒަބީ
އެމްބާޕޭގެ ކުޅުން މިހާރު މާބޮޑަށް ތަފާތު: ޒަބީ
މެސީއަކީ އެއްވަނަކަމަށް ރެއާލްގެ ވެސް ބުނެވޭނެ: ޒަބީ
ވިނީ އަށް ރެއާލުން ކުރާ އިތުބާރު ދަށަށް
މިލާނާއި ރެއާލް ހުރިހާ ގޮތަކުންވެސް އެއްގޮތް: މޮޑްރިޗް
އެމްބާޕޭގެ މުސާރައަށް ވުރެ ބޮޑު އަދަދެއް ވިނީ ބޭނުންވޭ