Roadha Mihaaru

ބޮޑު ހަރަދު ކުރުމުގައި ރެއާލް އާއި ބާސާ އަށް ވުރެ އެތުލެޓިކޯ މާ ކުރީގައި

ޓްރާންސްފާ ޕީރިއަޑްގައި ކުޅުންތެރިން ގަންނަން ކުރާ ހޭދައިގައި މަޝްހޫރު ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވުރެ ކުރިއަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ޖެހިލައިފި އެވެ.

ހަރަދުގައި ރެއާލް، ބާސާއަށް ވުރެ އެތުލެޓިކޯ ކުރީގައި

ޓްރާންސްފާ ޕީރިއަޑްގައި ކުޅުންތެރިން ގަންނަން ކުރާ ހޭދައިގައި މަޝްހޫރު ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވުރެ ކުރިއަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ޖެހިލައިފި އެވެ.

މީގެ ފަސް އަހަރު ކުރިން ކުރިމަތިވި ކޮވިޑް-19 ގެ ހާލަތަށް ފަހު، އެތުލެޓިކޯއިން ދަނީ ކޮންމެ ޓްރާންސްފާ ޕީރިއަޑެއްގައި ބާސާ އާއި ރެއާލަށް ވުރެ އިތުރަށް ހޭދަ ކުރަމުންނެވެ.

ކޮވިޑްގެ ފަހުން، މިހާތަނަށް ޓްރާންސްފާ އަށް 616.7 މިލިއަން ޔޫރޯ އެތުލެޓިކޯއިން ހޭދަ ކުރި އެވެ. އެ މުއްދަތުގައި ބާސާއިން ހަރަދު ކުރީ 455.1 މިލިއަން ޔޫރޯ އެވެ. ރެއާލުން ހޭދަ ކުރީ 471 މިލިއަން ޔޫރޯ އެވެ.

ކޮވިޑްގެ ހާލަތަށް ފަހު 2020-2021 ގެ ސީޒަނުން ފެށިގެން އެތުލެޓިކޯއިން 31 ކުޅުންތެރިޔަކު ސޮއި ކުރުވި އެވެ. އެހެން ކްލަބްތަކަށް ޖުމުލަ 72 ކުޅުންތެރިން ވިއްކައިގެން 350.8 މިލިއަން ޔޫރޯގެ އާމްދަނީއެއް އެ ކްލަބުން ކްލަބުން ހޯދި އެވެ.

ބާސާއިން ވަނީ 2020-2021 ގެ ސީޒަނުން ފެށިގެން 13 ކުޅުންތެރިން ސޮއި ކުރުވާފަ އެވެ. އެ މުއްދަތުގައި 30 ކުޅުންތެރިން ވިއްކާލައިގެން 422.7 މިލިއަން ޔޫރޯގެ އާމްދަނީއެއް ވެސް ހޯދި އެވެ.

ރެއާލުން ވަނީ އެ މުއްދަތުގައި 12 ކުޅުންތެރިން ސޮއި ކޮށްފަ އެވެ. ޖުމުލަ 38 ކުޅުންތެރިން ކްލަބް ދޫކޮށްލި އެވެ. އެކަމަކު އޭގެތެރެއިން ޓްރާންސްފާ ފީއެއް ކްލަބަށް ލިބިގެން ޓީމު ދޫކޮށްލީ 17 ކުޅުންތެރިންނެވެ. ޓްރާންސްފާ ފީގެ ގޮތުގައި ރެއާލަށް ލިބުނީ 284.15 މިލިއަން ޔޫރޯ އެވެ.