22 ޑިސެމްބަރ 2024
ބާސެލޯނާ (ޑިސެމްބަރު 22) – ބާސެލޯނާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވުމުން ލަލީގާގެ ތައްޓަށް އެތުލެޓިކޯ މެޑްރިޑުން ވާދަކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
ބާސެލޯނާ (ޑިސެމްބަރު 22) – ބާސެލޯނާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވުމުން ލަލީގާގެ ތައްޓަށް އެތުލެޓިކޯ މެޑްރިޑުން ވާދަކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
އެތުލެޓިކޯއިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ އިތުރު ވަގުތުގަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ބާސާއިން ފުރަތަމަ ލީޑް ނެގި އެވެ. މެޗުގެ 30 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ޕެޑްރީ ގޮންޒާލޭޒް އެވެ.
އެތުލެޓިކޯގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ރޮޑްރިގޯ ޑި ޕޯލް ޖެހީ 60 ވަނަ މިނެޓްގަ އެވެ. މެޗުން އެ ޓީމު މޮޅުކޮށް ދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެލެގްޒެންޑާ ސޯލޯތު އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ހަ ވަނަ މިނެޓްގަ އެވެ.
މެޗަށް ފަހު ސިމިއޯނީ ބުނީ ލަލީގާގެ އެންމެ ބޮޑު ދެ ޓީމު ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު އެތުލެޓިކޯ އަށް އެންމެ ބޮޑު ބާރަކީ ޓީމެއްގެ ގޮތުގައި ކުޅެވުން ކަމަށެވެ.
އޭނާ ބުނީ މެޗުން މޮޅުވުމުން ބާސާ އަށް ވެސް ހައްގު ކަމަށެވެ. އެ ޓީމުގެ ފަރާތުން އެ ވަރުގަދަ ކުޅުނު މެޗުގައި ފެނުނު ކަމަށް ސިމިއޯނީ ބުންޏެވެ.
"މިރޭ [ރޭ] އަހަރެމެން ސަލާމަތް ވީ ޑިފެންސިވް އަދި [ކީޕަރު ޔެން] އޮބްލެކްގެ ބޮޑު ދައުރެއް އޮވެގެން،" ސިމިއޯނީ ބުންޏެވެ.
"ލީގަށް ވާދަކުރަން ކުޅުންތެރިން ތިބީ ތައްޔާރަށް. އަހަރެމެންގެ އެންމެ ވަރުގަދަ ކަމަކީ ޓީމެއްގެ ގޮތުގައި ކުޅެވުން. އަހަރެމެންގެ ހުރިހާ ކުޅުންތެރިން ވާދަކުރަން ޖެހޭ. އެއީ ރެއާލް މެޑްރިޑާއި ބާސެލޯނާ ކަހަލަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އަހަރެމެންނަށް ވާދަކުރެވޭނެ ގޮތަކީ."
މެޗުން މޮޅުވެ އެތުލެޓިކޯ އެއްވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. އެ ޓީމު މެޗު ކުޅެފައި ވަނީ ބާސާ އަށް ވުރެ މަދުންނެވެ. އެތުލެޓިކޯ ކުޅުނީ 18 މެޗެވެ. ބާސާ 19 މެޗު ކުޅެ ހޯދިފައި ވަނީ 38 ޕޮއިންޓެވެ.
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
އެތުލެޓިކޯގައި ބޮޑު ކްލަބެއްގެ ސިފަ އަންނަނީ ޖެހެމުން
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ