11 ޑިސެމްބަރ 2023
ބާސެލޯނާ (ޑިސެމްބަރު 11) - ޖިރޯނާ އަތުން 4-2 ން ބަލިވެ، ޗެމްޕިއަން ބާސެލޯނާ ހަތަރުވަނަ އަށް ފުރޮޅާލައިފި އެވެ.
ބާސެލޯނާ (ޑިސެމްބަރު 11) - ޖިރޯނާ އަތުން 4-2 ން ބަލިވެ، ޗެމްޕިއަން ބާސެލޯނާ ހަތަރުވަނަ އަށް ފުރޮޅާލައިފި އެވެ.
ކުރިން ދެވަނައިގައި އޮތް ޖިރޯނާ، ރޭ ހޯދި މޮޅާ އެކު އެ ޓީމު ވަނީ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިަ އެވެ. މިހާރު، ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.
ރޭ އަލްމީރިއާގެ މައްޗަށް 2-1 ން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް ވަނީ ތިންވަނަ އަށް އަރައިފަ އެވެ.
ބާސާ ވެސް ނިސްބަތްވާ ކެޓަލޯނިއާގެ ޖިރޯނޯ އިން، ބާސާގެ މިހާރުގެ ހޯމް ދަނޑުގައިގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގި އެވެ. ޔޫކްރޭންގެ ފޯވާޑް އާޓެމް ޑޮބީކް މެޗުގެ 12 ވަނަ މިނެޓްގައި ލަނޑު ޖެހި އެވެ.
ބާސާގެ ރޮބަޓް ލެވަންޑޯސްކީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދޭން ނެގީ ހަތް މިނެޓެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިރޯނާ އިން އަނެއްކާ ވެސް ލީޑް ނެގި އެވެ. ކުރިން ރެއާލްގެ ޔޫތު ޓީމަށް ކުޅުނު މިގުއެލް ގުޓިއަރެޒް ޖިރޯނާ އަށް އަލުން ލީޑް ނަގައިދިނީ 40 ވަނަ މިނެޓްގަ އެވެ.
ނަތީޖާ އަށް ބަދަލު އައީ އަނެއްކާ ވެސް ދެވަނަ ހާފުގެ ފަހުކޮޅުގަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ވެލަރީ ފެނާންޑޭޒް ޖިރޯނާ އަށް ލީޑް ފުޅާކޮށްދިނެވެ. ބާސާގެ ދެވަނަ ލަނޑު ޖެހީ ގުންޑޮގާން އތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ. ޖި އޭގެ ތިން މިނެޓް ފަހުން ރޯނާގެ ހަތަރުވަނަ ލަނޑު ޖެހީ ކްރިސްތިއަން ސްޓުއާނީ އެވެ.
އަލްމީރިއާ އާ ދެކޮޅަށް އެތުލެޓިކޯގެ ލަނޑުތައް ޖެހީ އަލްވާރޯ މޮރާޓާ އާއި އޭންހަލް ކޮރެއާ އެވެ. އަލްމީރިއާގެ ލަނޑު ޖެހީ ލިއޯ ބަޕްޓިސްޓާ އެވެ.
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
އެތުލެޓިކޯ ލީޑު ދަމަހައްޓައިފި، ބާސެލޯނާ އަށް މޮޅެއް
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ