Roadha Mihaaru
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް

ބާސާގެ މޮޅުކޮށްދީ ފެލިކްސް އުފާފާޅުކޮށް އެތުލެޓިކޯގެ ސަޕޯޓަރުން ރުޅި އަރުވާލައިފި

04 ޑިސެމްބަރ 2023

ބާސެލޯނާ (ޑިސްމްބަރު 4) - އެތުލެޓިކޯ މެޑްރިޑް ބަލިކުރަން، މެޗުގެ ހަމައެކަނި ލަނޑު ބާސެލޯނާ އަށް ޖަހައި ދިނުމަށް ފަހު އުފާފަޅުކޮށް ޔޮއާ ފެލިކްސް އެތުލެޓިކޯގެ ސަޕޯޓަރުން ރުޅިއަރުވަލައިފި އެވެ.

ބާސެލޯނާ (ޑިސްމްބަރު 4) - އެތުލެޓިކޯ މެޑްރިޑް ބަލިކުރަން، މެޗުގެ ހަމައެކަނި ލަނޑު ބާސެލޯނާ އަށް ޖަހައި ދިނުމަށް ފަހު އުފާފަޅުކޮށް ޔޮއާ ފެލިކްސް އެތުލެޓިކޯގެ ސަޕޯޓަރުން ރުޅިއަރުވަލައިފި އެވެ.

އެތުލެޓިކޯގެ އެއްބަސްވުމުގައި ހުރި، ފެލިކްސް މި ސީޒަނުގައި ބާސާ އަށް ކުޅެމުންދަނީ ލޯނު އުސޫލުންނެވެ.

ސްޕޭންގެ ވާދަވެރި މި ދެ ޓީމުގެ ކުރިމަތިލުމުގައި ބާސާގެ މިހާރުގެ ހޯމް ދަނޑު ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑު ފެލިކްސް ޖެހީ 28 މިނެޓްގައި ރަފީނިއާ ދިން ބޯޅައިންނެވެ.

ބާސާ ރޮޖީބްލެންކޯސް (އެތުލެޓިކޯ) ބައްދަލުކުރި މެޗުގެ ހަމައެކަނި ލަނޑު ޖެހުމަށްފަހު ފެލިކްސް ވަނީ އިޝްތިހާރު ބޯޑުމަތީގައި ހުރެގެން ރެއާލް މެޑްރިޑްގެ ޖޫޑެ ބެލިންހަމް އުފާފާޅުކުރާ ގޮތަށް އެ އިޝާރާތްތައް ދައްކާލާފަ އެވެ.

ބެލިންހަމްގެ އެ އުފާފާޅު ކުރުމަކީ، ރެއާލް މެޑްރިޑާއި ބާސާ ކުޅުނު މެޗުގައި، ބާސާ ބަލި ކުރަން ރެއާލް އަށް ލަނޑު ޖަހައި ދިނުމަށް ފަހު ވެސް އޭނާ އުފާފާޅު ކުރި ގޮތެވެ.

އެތުލެޓިކޯގެ އެއްބަސްވުމުގައި ހުރެ ފެލިކްސް އުފާފާޅުކުރުމުން، އަދި އެތުލެޓިކޯގެ އަމިއްލަ ސިޓީގެ ވާދަވެރި އަނެއް ކްލަބްގެ ކުޅުންތެރިޔާ އުފާފާޅުކުރާ ގޮތަށް ސެލްބްރޭޓް ކުރުމުން ގިނަ ބަޔަކަށް ހައިރާންވި އެވެ.

އެތުލެޓިކޯގެ ޓީމާ އެކު ބާސެލޯނާ ސިޓީ އަށް ދަތުރު ކުރި އެ ތުލެޓިކޯގެ ރައީސް އެންރިކޭ ސެރެޒޯ މި މެޗުގެ ކުރިން ވިދާޅުވީ ކެޓަލޯނިއާ ޓީމުން، އުމުރުން 24 އަހަރުގެ ފެލިކްސް ސޮއި ކުރަން ބޭނުން ނުވާނަމަ އެތުލެޓިކޯ އިން އޭނާ އަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން މެޗުގައި ފެލިކްސް އުފާފާޅިު ކުރުމުން ސަޕޯޓަރުންގެ ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު ފެލިކްސް ބުނީ، މީހުން ކިޔާ އެއްޗެއް ބަލަން އޭނާ ބޭނުންނުވާ ކަމަށާއި އޭނާ އަދާކުރަނީ އޭނާގެ ވަޒީފާ ކަމަށެވެ.

"މިހަފްތާ ތެރޭގައި މީހުން އަހަރެންގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އަހަރެން އެކަމަށް ސަމާލުކަމެއް ނުދެން. އަހަރެން ހަމައެކަނި މިކުރަނީ އަހަރެންގެ ވަޒީފާ. މީހުން ބުނާ އެއްޗަކާ ފަރުވާލެއް ނުބަހައްޓަން،" ފެލިކްސް ބުންޏެވެ.

"ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަނީ ވީ އެންމެ ރަނގަޅަށް އުފާފާޅުކުރުން އޮތީ އަމިއްލައަށް. އެއީ މިދިޔަ ހޫނު މޫސުމުގައި އަހަރެން ކުރިމަތިލާން ޖެހުނު ކަންތައްތަކުން ހިތްހަމަޖެހުމެއް ހޯދަން.އެއީ އަހަރެންގެ އާއިލާއަށްޓަކައި ކުރި ކަމެއް."

މެޗުން މޮޅުވެ، ބާސާއިން ވަނީ ތިންވަނައިގައި ހަމަޖެހިލައިފަ އެވެ. އެތުލެޓިކޯގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ބާސާ އަށް އެބައޮތެވެ. އެތުލެޓިކޯ އޮތީ ހަތަރުވަނައިގަ އެވެ. އެއްވަނައިގައި އޮތީ ރެއާލް އެވެ. ދެވަނައިގައި އޮތީ ޖިރޯނާ އެވެ.