ގަދަ ތިނެއްގައި ވާދަކުރުމުގެ ޓާގެޓް އެތުލެޓިކޯ މެޑްރިޑަށް ނިމިއްޖެކަމަށާއި ދެން އޮންނާނީ ސީޒަންގެ ހުރިހާ ތައްޓަކަށް ވާދަކުރުން ކަމަށް އެ ކްލަބްގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.
24 ޖުލައި 2025
ގަދަ ތިނެއްގައި ވާދަކުރުމުގެ ޓާގެޓް އެތުލެޓިކޯ މެޑްރިޑަށް ނިމިއްޖެކަމަށާއި ދެން އޮންނާނީ ސީޒަންގެ ހުރިހާ ތައްޓަކަށް ވާދަކުރުން ކަމަށް އެ ކްލަބްގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ދޭ ކޯޗުގެ ގޮތުގައި އެތުލެޓިކޯގައި ޑިއޭގޯ ސިމިއޯނީ ހޭދަކުރި 15 އަހަރުގައި އޭނާ އަށް ހޯދުނީ ލަލީގާގެ ދެ ތައްޓެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރަށް ވާދަ ކުރި އިރު ވެސް ބަލިވީ އެވެ.
އާ ސިޒަން ފެށުމުގެ ކުރިން ކޮންމެ އަހަރަކު ވެސް އެތުލެޓިކޯއިން ބާއްވާ ރޭގަނޑުގެ ކެއުމުގައި ވާހަކަ ދައްކަމުން ސެރޭޒޯ ވިދާޅުވީ އެ ކްލަބްގެ ޓާގެޓް ދެން އޮންނާނީ ކުރިން އޮތް ގޮތަކަށް ނޫން ކަމަށެވެ.
"ދެން އޮންނާނީ ސީޒަންގެ ހުރިހާ ތައްޓަކަށް ވާދަކުރުން،" ސެރޭޒޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރާންސްފާ މާކެޓްގައި އެތުލެޓިކޯއިން ރަނގަޅު މަސައްކަތްތަކެއް ކުރި ކަމަށެވެ. މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ހަ ކުޅުންތެރިން އެ ކްލަބުން ސޮއި ކުރުވި އެވެ.
އެންމެ ފަހުން އެ ޓީމުން ސޮއި ކުރުވީ ސޮލޮވޭކިއާ ޑިފެންޑަރު ޑޭވިޑެ ހެންސްކޯ އެވެ. ފައިނޯޑްގެ ކުރީގެ ޑިފެންޑަރު ގެ ސޮއި އެތުލެޓިކޯއިން ހޯދީ ޗެލްސީއާ ވާދަކޮށެވެ.
ސެރޭޒޯ ވިދާޅުވީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި، އެތުލެޓިކޯއިން އެހެން ކުޅުންތެރިޔަކު ދެން ނުގެންނާނެ ކަމަށެވެ.
"އެހެނެއް ނޫން ފެންވަރު ރަނގަޅު ކުޅުންތެރިޔަކު ލިބެން އޮތް ހާލަތެއްގައި ސޮއި ކުރުވާނަން،" ސެރޭޒޯ ވިދާޅުވި އެވެ.
އެތުލެޓިކޯގައި ކުރިން މޮޅު ކުޅުމެއް ދެއްކި ސައުލް ނިގޭޒް ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. ސެރޭޒޯ ވިދާޅުވީ ސައުލް އަކީ ކްލަބްގެ ލެޖެންޑެއް ކަމަށެވެ. މިދިޔަ ދެ އަހަރެއްގެ ތެރޭ ސައުލްގެ ކުޅުން ދަށްވެ، އޭނާ އަށް ގަވާއިދުން ކުޅެން ފުރުސަތު ވެސް ނުލިބުނެވެ. ލޯނު އުސޫލުން މިދިޔަ ސީޒަނުގައި އޭނާ ހޭދަ ކުރީ ޗެލްސީގަ އެވެ. އޭނާ ބަދަލުވީ ބްރެޒިލް ލީގުގެ ފްލެމެންގޯ އަށެވެ.
ލަލީގާގެ އެންމެ އަވަސް ހެޓްރިކް އެތުލެޓިކޯގެ ސޯލޯތަށް
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އެތުލެޓިކޯގައި ބޮޑު ކްލަބެއްގެ ސިފަ އަންނަނީ ޖެހެމުން
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
ސުއަރޭޒް ފެންވަރު ސާބިތުކޮށްދީފި
އެތުލެޓިކޯ ބަލިވެ، ބާސާ އަށް އިތުރު ފުރުސަތެއް