Roadha Mihaaru
އެތުލެޓިކޯ ބަލިވެ، ބާސާ އަށް އިތުރު ފުރުސަތެއް

އެތުލެޓިކޯ ބަލިވެ، ބާސާ އަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު

05 އެޕްރީލް 2021

ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އަތުން 1-0 އިން ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެ އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އަތުން 1-0 އިން ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެ އެވެ.

މި މެޗުން އެތުލެޓިކޯ ބަލިވުމާއެކު، ލީގުގައި މިރޭ ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެ ނަމަ، އެތުލެޓިކޯގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.

އެތުލެޓިކޯ ތާވަލްގެ އެއްވަނައިގައި އޮތީ 66 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 63 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 62 ޕޮއިންޓާއެކު އެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މާކޮސް އަކުންޔާ އެެވެ.

މީގެ ދެ މަސް ކުރިން އެތުލެޓިކޯ ތާވަލްގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓްގެ ލީޑަކާއެކު އެވެ. އެކަމަކު ފަހަކަށް އައިސް އެ ޓީމުން ނެރިފައިވާ ނަތީޖާތަކާއެކު ލީޑު ކުޑަވެ، ސްޕެނިޝް ލީގުގެ ފޯރި ވަނީ ގަދަވެފަ އެވެ.

އެތުލެޓިކޯ އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން، މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ.