ފަހު ވަގުތު ލެވަންޓޭ ކައިރިން ބާސެލޯނާ މޮޅު ވިޔަސް، އެ ޓީމުން ދަނޑުން ފޭބީ ޒަހަމްތަކަކާ އެކު ކަމަށް މެދުކެނޑުމަކަށް ފަހު ލަލީގާގާ އަށް އެނބުރި އައި ޓީމުގެ ކޯޗު ހޫލިއަން ކަލޭރޯ ބުނެފި އެވެ.
24 އޯގަސްޓް 2025
ފަހު ވަގުތު ލެވަންޓޭ ކައިރިން ބާސެލޯނާ މޮޅު ވިޔަސް، އެ ޓީމުން ދަނޑުން ފޭބީ ޒަހަމްތަކަކާ އެކު ކަމަށް މެދުކެނޑުމަކަށް ފަހު ލަލީގާގާ އަށް އެނބުރި އައި ޓީމުގެ ކޯޗު ހޫލިއަން ކަލޭރޯ ބުނެފި އެވެ.
ލަލީގާގެ ދެވަނަ ޑިވިޝަނުގެ ތަށި މިދިޔަ ސީޒަނުގައި ހޯދުމަށް ފަހު އަލުން ޕްރޮމޯޓްވި ލެވަންޓޭން ކުޅުނު ދެވަނަ މެޗުން ބާސާ ސަލާމަތްވީ ފަހު ވަގުތު ލެވަންޓޭގެ ޑިފެންޑަރު އުނައި އެލެގްޒެބަލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ފުރަތަމަ ހާފު ލެވަންޓޭން ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. އެކަމަކު ބާސާއިން ދެވަނަ ހާފުގެ ކުރީކޮޅު ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ.
ލެވަންޓޭގެ ގިނަ ކުޅުންތެރިންނަކީ އެއްވަނަ ޑިވިޝަނުގެ ތަޖުރިބާ މަދު ކުޅުންތެރިންނެވެ. އެކަމަކު ޗެމްޕިއަން ބާސާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗަށް ފަހު ކަލޭރޯ ބުނީ އޭނާގެ ޓީމުން ބާސާ ދޫކޮށްލީ ޒަހަމްތަކަކާ އެކު ކަމަށެވެ.
"އަހަރުމެންނަށް އެނގޭ އެ ޓީމަށް އަހަރެމެންނަށް ގެއްލުން ދެވޭނެކަން. އަހަރެމެން ބާސާ ޒަހަމްކޮށްލިން. އެކަމަކު އެ ޓީމަށް ގެއްލުމެއް ނުވި. އަހަރެމެން ދަނޑުން ފައިބަނީ ބަލިވުމުގެ ހިތްދަތިކަމާ އެކު. އެކަމަކު އަހަރެން ކުޅުންތެރިންގެ ކައިރީގައި ފާހަގަ ކުރާނެ ވަރަށް ގިނަ ރަނގަޅުކަންކަން އެ ކުޅުންތެރިން ކުރި،" ކަލޭރޯ ބުންޏެވެ.
ލެވަންޓޭގެ ކޯޗު ހޫލިއަން ކަލޭރޯ: އޭނާ ބުނީ މެޗުން ބަލިވުން އޭނާގެ ޓީމަށް ހައްގު ނުވާ ކަމަށް
އޭނާ ބުނީ މެޗުގައި ރަނގަޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށެވެ. އެކަމަކު ނަތީޖާ އެ ޓީމަށް ހާސިލު ނުވުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
"މެޗުން މޮޅުވުން އަހަރެމެންނަށް ހައްގު. ކޮންމެވެސް އެއްކަމެއް [އެއް ޕޮއިންޓް ނުވަތަ ތިން ޕޮއިންޓް] މެޗުން އަހަރެމެންނަށް ހާސިލުވާން ޖެހޭނެ. އެކަމަކު މިއީ މަތީ ފެންވަރުގެ ފުޓްބޯޅައިގައި ވެދާނެ ގޮތެއް،" އޭނާ ބުންޏެވެ.
ކަލޭރޯ ބުނީ ނަތީޖާގެ ސަބަބުން ދެރަ ލިބުނަސް، ލެވަންޓޭގެ ކުޅުންތެރިން މަސައްކަތުން އެ ޓީމުގެ ހިތްވަރު ބަލިވިޔަ ނުދީ ދަމަހައްޓައި ދިން ކަމަށެވެ.
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ބާސާއާ ޖެހުނީމަ ރެފްރީންނަށް ގޯސް ހެދެންވީ ކީއްވެ؟
ބާސާގެ ޓީމަށް ދަނޑުމަތީގައި ދެއްކުނީ 50 ޕަސަންޓް
ލަލީގާގެ އެންމެ އަވަސް ހެޓްރިކް އެތުލެޓިކޯގެ ސޯލޯތަށް
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ