ރެއާލް މެޑްރިޑްގެ އެކަޑަމީ ޓީމުގެ ޒުވާން ޑިފެންޑަރަކު ގައުމީ ޓީމަށް ކުޅުވަން ފްރާންސާއި ސްޕެއިންގެ މެދުގައި ބޮޑު ވާދަވަރިކަމެއް އުފެދިއްޖެ އެވެ.
27 އޯގަސްޓް 2025
ރެއާލް މެޑްރިޑްގެ އެކަޑަމީ ޓީމުގެ ޒުވާން ޑިފެންޑަރަކު ގައުމީ ޓީމަށް ކުޅުވަން ފްރާންސާއި ސްޕެއިންގެ މެދުގައި ބޮޑު ވާދަވަރިކަމެއް އުފެދިއްޖެ އެވެ.
އުމުރުން 16 އަހަރުގެ ލިއޯ ލަމައިޓްރާ ކުޅެމުންދަނީ ރެއާލްގެ ސީ ޓީމަށެވެ. އޭނާގެ ކުޅުމުގެ ހުނަރާ އެކު ކުރިމަގުގައި ވަރުގަދަ ތަރިއަކަށް އޭނާ ވާނެ ކަމަށް ދެ ގައުމުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން އުއްމީދު ކުރެ އެވެ.
ސްޕެއިންގެ ޒަރަގޯޒާ އަށް އުފަން ލަމައިޓްރާގެ ބައްޕައަކީ ފްރާންސް ރައްޔިތެކެވެ. އެހެންވެ ފްރާންސަށް ކުޅުމުގެ އިހްތިޔާރު ވެސް އޭނާ އަށް ލިބެ އެވެ.
ރެއާލް ޒަރަގޯޒާގެ އެކަޑަމީން ތަމްރީނު ހަދަން ފެށި ޑިފެންޑަރުގެ ކުޅުނު އޭނާގެ އުމުރުން ވަރަށް ހަގު އިރު ފާހަގަ ކުރެވުނެވެ. އެހެންވެ ރެއާލް މެޑްރިޑުން އެ ކްލަބްގެ އެކަޑަމީ އަށް އޭނާ ގެންދަން ހުށަހެޅި އެވެ. މެޑްރިޑަށް އޭނާގެ އާއިލާ ބަދަލުވެ ރެއާލްގެ އެކަޑަމީއާ ގުޅުނެވެ.
ލަމައިޓްރާ ވަނީ އުމުރުން 16 އަހަރުންދަށުގެ ކެޓަގަރީގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު އުމުރުފުރާ މަރުހަލާގައި ގައުމީ ޓީމަށް ކުޅުނު ނަމަވެސް ފަހުން ގައުމީ ޓީމު ބަދަލު ކުރުމުގެ އިހްތިޔާރު ލިބެ އެވެ.
ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ 17 އަހަރުންދަށުގެ ވޯލްޑް ކަޕްގައި ފްރާންސްގެ ޓީމަށް އޭނާ ކުޅުވުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ ލަމައިޓްރާގެ އާއިލާއާ ވާހަކަ ދައްކަމުންނެވެ. އަދި ފްރާންސުން ވާހަކަ ދައްކާކަން އޭނާގެ އާއިލާއިން ސްޕެއިންގެ އެފްއޭ އަށް ވެސް ވަނީ އަންގައިފަ އެވެ.
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޔޫރޯގެ ނިޔަލަށް ލަފުއެންޓޭ މަގާމުގައި ދެމިހުންނާނެ
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި