09 ޖުލައި 2024
ފޫހި ގޭމެއް ކުޅެގެން ވެސް ފްރާންސުން މެޗުން މޮޅުވުމުގެ ޓާގެޓް ހާސިލު ކުރާ ކަމަށާއި އެހެންވެ އެ ޓީމުގެ ކުޅުމަށް ފާޑުކިޔަން ޖެހޭ ސަބަބެއް ނެތް ކަމަށް ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ސްޕެއިންގެ ކޯޗު ލުއިސް ޑި ލަފުއަންޓޭ ބުނެފި އެވެ.
ފޫހި ގޭމެއް ކުޅެގެން ވެސް ފްރާންސުން މެޗުން މޮޅުވުމުގެ ޓާގެޓް ހާސިލު ކުރާ ކަމަށާއި އެހެންވެ އެ ޓީމުގެ ކުޅުމަށް ފާޑުކިޔަން ޖެހޭ ސަބަބެއް ނެތް ކަމަށް ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ސްޕެއިންގެ ކޯޗު ލުއިސް ޑި ލަފުއަންޓޭ ބުނެފި އެވެ.
މުބާރާތުގައި މިހާތަނަށް އޯޕަން ޕްލޭގައި ފްރާންސަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. އެ ޓީމަށް މޮޅު ވަނީ އިދިކޮޅު ކުޅުންތެރިން އަތުން ބައިކޮޅަށް ވަންނަ ލަނޑުތަކުންނާއި ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ.
ސްޕެއިންގެ ކުޅުން އެއާ ތަފާތެވެ. ގިނަ އަދަދަކަށް ކުރު ޕާސްތަކެއް ޖަހައިގެން ކުޅޭ ގޭމް ނުކުޅުނު ނަމަވެސް އެ ޓީމުގެ ކުޅުން އަދި ވެސް ބަލާލަށް ހިތްގައިމެވެ. އެޓޭކިން ގޭމެއް ކުޅެ އެވެ. ސްޕެއިން ކުޅެނީ ބަލާހިތްވާ ކަހަލަ އެޓޭކިން ގޭމެއް ކަމަށް ތަޖުރިބާކާރުން ވެސް ބުނެ އެވެ.
ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ ފްރާންސް ބައްދަލު ކުރާ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ފްރާންސްގެ ކުޅުމާ ބެހޭގޮތުން ލަފުއަންޓޭ އާ ސުވާލު ކޮށްފަ އެވެ.
ނޫސްވެރިން އެ ސުވާލު އޭނާއާ އަމާޒު ކުރީ ފްރާންސްގެ ކުޅުމަށް ފާޑު ކިޔުމުގެ ނަޒަރަކުން ޖަވާބު ދޭ ތޯ ބަލަން ވެގެންނެވެ.
އެކަމަކު ލަފުއަންޓޭ ބުނީ ގޭމް ޕްލޭންގެ މައިގަނޑު ބޭނުމަކީ މޮޅުވުން ކަމަށެވެ. ފްރާންސުން އެކަން ކުރާތީ އެކަމާ އިތުރަށް ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ލަފުއަންޓޭ ބުންޏެވެ.
"އަހަންނަށް ހީވަނީ އަހަރެމެންގެ ޓީމު ކުޅޭ ގޮތުގެ ވިސްނުމަކީ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެންނާނެ ފަދަ ގޭމެއް ކުޅުމުގެ ވިސްނުމެއްހެން. އަހަންނަށް ހީވަނީ އަހަރެމެންނަކީ އެ ހިތްހަމަޖެހުން ގެނެސްދޭ ޓީމެއް ހެން. އެކަމަކު މިތަނުގައި އެންމެ މުހިންމު ކަމަކީ މޮޅުވުން. އަދި ވަކިން ހާއްސަކޮށް މުބާރާތުގެ މި މަރުހަލާގައި އެކަން ކުރުން މާ ބޮޑަށް ބޭނުންތެރި،" ލަފުއަންޓޭ ބުންޏެވެ.
"އަހަރެމެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ، އެކަމަކު ހަގީގަތާ ވެސް ކުރިމަތިލާން ޖެހޭ. ސަބަބަކީ އެންމެ ފަހުން ކަލޭމެން ވެސް ބަލާނީ ނެރެފައި އޮތް ނަތީޖާ އަށް. އަހަންނަކީ ފްރާންސްގެ މެޗުތަކަކީ ފޫހި މެޗެއްތޯ ބުނަން އެކަށޭނެވަރުގެ މީހެއް ނޫން. އަހަރެން ފުޓްބޯޅަދެކެ ލޯބިވާތީ ފްރާންސްގެ ކުޅުން ބަލަން އަހަރެން ވަރަށް ޝައުގުވެރިވޭ."
ސްޕެއިނާ ފްރާންސް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ޔޫރޯގައި ވަރުބަލިކަމުގެ އިހްސާސް ކުރެވޭ: އެމްބާޕޭ