14 ޖުލައި 2024
ބާލިން (ޖުލައި 14) – ސްޕެއިން އަބަދު މޮޅުވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑި ލަފުއެންޓޭ ބުނެފި އެވެ.
ބާލިން (ޖުލައި 14) – ސްޕެއިން އަބަދު މޮޅުވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑި ލަފުއެންޓޭ ބުނެފި އެވެ.
ޔޫރޯގެ ފައިނަލުގައި، ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު އިންގްލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނާނެ އެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުން ފެށިގެން ފައިނަލާ ހަމައަށް ކުރި ދަތުރުގައި ސްޕެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް ޕެނަލްޓީޝޫޓްއައުޓަކާ ނުލައި މޮޅުވެފަ އެވެ. މި މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވި އެހެން ޓީމެއް ސްޕެއިން ނޫނީ ނެތެވެ.
އެކަމަކު ވެސް ލަފުއެންޓޭ ބުނީ ފޭވަރިޓަކީ އޭނާގެ ޓީމު ނޫން ކަމަށެވެ. އޭނާ ބުނީ ފައިނަލް މެޗެއްގައި ފޭވަރިޓެއް ނޯންނާނެ ކަމަށެވެ.
"ނޮކައުޓް މެޗުތަކުގައި ދެއްކި ކުޅުން ތަކުރާރު ނުކޮށެއް އަހަރެމެންނަކަށް މޮޅެއް ނުވެވޭނެ. ނޫނީ ގޯސްތަކެއް ހެދުނަސް އެކަމެއް ނުވާނެ،" ލަފުއެންޓޭ، 63، ބުންޏެވެ.
ޕެނަލްޓީ އަށް ނުގޮސް، ސްޕެއިން މެޗުން މޮޅުވެއްޖެނަމަ 2008 ޔޫރޯ ކާމިޔާބު ކުރި ޓީމަށް ވުރެ ބޮޑު ރެކޯޑެއް ސްޕެއިންގެ މިހާރުގެ ޓީމަށް ހެދޭނެ އެވެ. އެ އަހަރުގެ މުބާރާތް ސްޕެއިން ކާމިޔާބު ކުރީ ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. އެކަމަކު ދެ ވަނަ ބުރުގެ މެޗުގައި އިޓަލީ އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
އެ ހަތަރު އަހަރު، ދުނިޔޭގެ ފުޓްބޯޅަ ސްޕޭނުން ޑޮމިނޭޓް ކުރި އެވެ. ވޯލްޑް ކަޕް ކާމިޔާބުކޮށް ވިދިވިދިގެން ޔޫރޯގެ ދެ ތަށި ސްޕެއިންގެ އެ ޖީލުން ހޯދި އެވެ.
މިފަހަރުގެ މުބާރާތުގައި ސްޕެއިން ކުޅެމުން އަންނަ ގޭމަށް ބަލައި ބައެއް ފަރާތްތަކުން އެ ރަންޖީލާ، މިހާރުގެ ޓީމު އަޅާ ކިޔަ އެވެ. އެކަމަކު އެކަން ކުރާކަށް ލަފުއެންޓޭ ބޭނުމެއް ނުވި އެވެ.
"މިއީ ވަރަށް މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޖީލެއް. އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ކާމިޔާބު ހޯދާފައިވާ ކުޅުންތެރިން މި ޓީމުގައި އެބަތިބި. އެހެންވީމަ ކުރިމަގުގައި ވެސް ކާމިޔާބީ ހޯދުމަށް މަގުފަހިވެގެންދާނެ،" ލަފުއެންޓޭ ބުންޏެވެ.
"ތިހާ ހިސާބަކަށް [2008-2012 އަށް އޮތް ޓިމާ އަޅަކިޔަން] އަހަރެން ނުދާނަން. އެކަމަކު އަހަރެމެން ބޭނުންވޭ ތާރީހީ ކާމިޔާބެއް ހޯދަން. ސްޕެއިންގެ ފުޓްބޯޅައިގައި ތިބި އެހެން ކުޅުންތެރިންނާ އެކު އަހަރެމެންނަށް ފުޓްބޯޅައިގައި އުޖާލާ ކުރިމަގެއް އެބައޮތް. އެކަމަކު އޭގެ މާނައެއް ނޫން ސްޕެއިނަށް ވީމަ އަބަދު މޮޅުވާން ޖެހޭނެޔޭ. އެކަމަކު އެންމެ ފަހު ޓާގެޓާ ވާސިލުވުމާ ކައިރިއަށް އަހަރެންނަށް ދެވޭނެ."
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
ސްޕެއިނުން އިތުބާރުކުރަން މިޖެހުނީ ސްކޫލް ކުއްޖަކަށް
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި