Roadha Mihaaru
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް

ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް

09 ޖުލައި 2024

ޔޫރޯގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ފްރާންސާ ދެކޮޅަށް ސްޕެއިން މޮޅުވާނެ ކަމަށް "މިހާރު" ގެ ޕޯލް އަށް ވޯޓުލީ ގިނަ މީހުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޔޫރޯގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ފްރާންސާ ދެކޮޅަށް ސްޕެއިން މޮޅުވާނެ ކަމަށް "މިހާރު" ގެ ޕޯލް އަށް ވޯޓުލީ ގިނަ މީހުން ބުނެފި އެވެ.

ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު ކުޅެ މެޗުގެ ޕްރިޑިކްޝަނަށް "މިހާރު" ގެ ޔޫރޯ ކަވަރޭޖްގައި ހުޅުވާލުމުން، ދިވެހިންގެ ތެރެއިން 65 ޕަސެންޓް މީހުން ބުނެފައި ވަނީ ސްޕެއިން މޮޅުވާނެ ކަމަށެވެ.

ފްރާންސް މޮޅުވާނެ ކަމަށް ބުނަނީ ޕްރިޑިކްޝަންގައި ބައިވެރިވި މީހުންގެ 24 ޕަސެންޓެވެ.

ފްރާންސާއި ސްޕެއިން ވަނީ މީގެ ކުރިން ނުވަ ފަހަރު ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ފަސް ފަހަރު ސްޕެއިން މެޗު ކާމިޔާބު ކުރީ އެވެ. ފްރާންސަށް މޮޅު ވެވުނީ ތިން ފަހަރު އެވެ. އެއް މެޗު އެއްވަރު ވީ އެވެ.

އެ ދެ ޓީމު އެންމެ ފަހުން ވާދަކުރީ އޮކްޓޯބަރު 2021 ގައި ޔޫއެފާ ނޭޝަން ލީގުގަ އެވެ. އެ މެޗުން ފްރާންސް މޮޅުވީ 2-1 ންނެވެ.

ޔޫރޯ އަށް ހާއްސަކޮށް "މިހާރު" އިން ވަނީ މޮޅުވާނެ ޓީމެއް ދިމާ ކުރުމަށް ސްކޯ ޕްރިޑިކްޝަން މުބާރާތެއް ހުޅުވާލާފަ އެވެ. އެ މުބާރާތުގައި އެންމެ ގިނަ މެޗުތަކުގެ ސްކޯ ދިމާ ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ސްކޯޕްރިޑިކްޓާގައި ބައިވެރިވާ ކުންފުނިތަކާއި އިނާމުތައް

ސޮނީ ސްޕޯޓްސް

1 ވަނަ އިނާމު: ރީބޮކް ޓްރެޑްމިލެއް 2 ވަނަ އިނާމު: 3000ރ. ގެ ވައުޗަރެއް 3 ވަނަ އިނާމު: ޕޫމާ ފުޓްސެލް ބޯޅައެއް

އެމްޔޫ ސްޓޯ

1 ވަނަ އިނާމު: 5000ރ. ގެ ގިފްޓް ހެމްޕާއެއް 2 ވަނަ އިނާމު: 3000ރ. ގެ ގިފްޓް ހެމްޕާއެއް 3 ވަނަ އިނާމު: 1500ރ. ގެ ގިފްޓް ހެމްޕާއެއް

ސަބްމޯ

1 ވަނަ އިނާމު: ދުބާއީ ދެކޮޅު ޓިކެޓް 2 ވަނަ އިނާމު: 4 މީހަކަށް ދޭ ޑިނާއެއް 3 ވަނަ އިނާމު: 2 މީހަކަށް ދޭ ޑިނާއެއް

މާލެ އޮޕްޓިކަލް

1 ވަނަ އިނާމު: 3000ރ. ގެ ފައިސާގެ އިނާމާއި މާލެ އޮޕްޓިކަލްއިން ބޭނުން އަވިއައިނެއް. 2 ވަނަ އިނާމު: 2000ރ. ގެ ފައިސާގެ އިނާމާއި މާލެ އޮޕްޓިކަލްއިން ބޭނުން އަވިއައިނެއް. 3 ވަނަ އިނާމު: 1000ރ. ގެ ފައިސާގެ އިނާމާއި މާލެ އޮޕްޓިކަލްއިން ބޭނުން އަވިއައިނެއް.

ކައިޓް ޕާފިއުމް

1 ވަނަ އިނާމު: ކައިޓް ގިފްޓް ސެޓެއް. 2 ވަނަ އިނާމު: 100 އެމްއެލްގެ ކައިޓް ޕާފިއުމް ސެންޓު ފުޅިއެއް. 3 ވަނަ އިނާމު: 50 އެމްއެލްގެ ކައިޓް ޕާފިއުމް ސެންޓު ފުޅިއެއް.

ދަމާސް ގްރޫޕް

1 ވަނަ އިނާމު: އިންޑެކްސް ފާނިޗަރުން ވިއްކާ "ޕިއާނޯ" ބްރޭންޑުގެ 5 ފޫޓުގެ އެނދެއް. 2 ވަނަ އިނާމު: ދަމާސް ހޯމް ފަރުނީޗަރުން ވިއްކާ ދެ ސީޓުގެ ސޯފާ ސެޓެއް. 3 ވަނަ އިނާމު: ދަމާސް ހާޑްވެއާއިން ވިއްކާ ލޫޝިއަން ބްރޭންޑުގެ ޕްރެޝާ ވޮޝަރެއް.

މުނިހޯމްކެއާ

1 ވަނަ އިނާމު: އެލް ޝޭޕްޑް ސޯފާއެއް. 2 ވަނަ އިނާމު: 4 ގޮނޑީގެ ޑައިނިން ސެޓެއް. 3 ވަނަ އިނާމު: ޓީވީ ކެބިނެޓެއް.

އޭބީއެސް ފާނިޗާސް

1 ވަނަ އިނާމު: ލަގްޒަރީ މޮޓޮރައިޒްޑް މޭޒެއް 2 ވަނަ އިނާމު: ކާރާ އާމްޗެއާއެއް 3 ވަނަ އިނާމު: ޓާކިޝް ރަގެއް

ޕްލާޒާ އޮންލައިން

1 ވަނަ އިނާމު: ރަސާސީ ހަވަސް އައިސް ސެންޓުފުޅިއެއް 2 ވަނަ އިނާމު: ރަސާސީ އައިސް ސެންޓުފުޅިއެއް 3 ވަނަ އިނާމު: ރަސާސީ ދާރީޖް ސެންޓުފުޅިއެއް

އެލް މޯބައިލް

1 ވަނަ އިނާމު: ސެމްސަންގް ނޯޓް 11 ޕްރޯ ޕްލަސް ފޯނެއް 2 ވަނަ އިނާމު: އޮނިކްސް ސްޓޫޑިއޯ 7 ބްލޫޓޫތް ސްޕީކަރެއް 3 ވަނަ އިނާމު: ބައިސްކަލެއް