މެޑްރިޑް (އޭޕްރީލް 17) – ސިޔާސީ ވެރިން ކުޑަކަކޫ މައްޗަށް ތިރިކުރަން، ރެއާލް މެޑްރިޑްގެ ނުފޫޒު، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުންކުރާ ކަމަށް ސްޕެއިންގެ ކުރީގެ މިނިސްޓަރަކު ތުހުމަތު ކުރައްވައިފި އެވެ.
މެޑްރިޑް (އޭޕްރީލް 17) – ސިޔާސީ ވެރިން ކުޑަކަކޫ މައްޗަށް ތިރިކުރަން، ރެއާލް މެޑްރިޑްގެ ނުފޫޒު، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުންކުރާ ކަމަށް ސްޕެއިންގެ ކުރީގެ މިނިސްޓަރަކު ތުހުމަތު ކުރައްވައިފި އެވެ.
ސްޕެއިންގެ އިކުއަލިޓީ މިނިސްޓަރުކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރެއްވި އައިރީން މާރިއާ މޮންޓެރޯ ވިދާޅުވީ، ވައާތު ފިޔައިގެ ގިނަ ސިޔާސީ ވެރިން ރެއާލްގެ ސެންތިއާގޯ ބާނެބުއޭގެ ވީއައިޕީ ބޮކްސް އަށް މެޗު ބަލަން ދަނީ ކޮންމެހެން ރެއާލް އަށް ސަޕޯޓް ކުރާތީ ނޫން ކަމަށެވެ.
"މައްސަލައަކީ ރެއާލް މެޑްރިޑްގެ ވީއައިޕީ އަކީ އިންތިހާބަށް ކުރިމަތިލުމެއް ނެތި އެއްވެސް މިނިސްޓަރަކަށް ވުރެ ގިނަ ނުފޫޒު އޭނާ ހިފަހައްޓާކަން ދައްކަން ފްލޮރެންޓީނޯ ޕެރޭޒްގެ ބޭނުންކުރާ ތަނަކަށްވުން،" ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރެއްގެ ގޮތުގައި މެޑްރިޑް ތަމްސީލު ކުރެއްވި އައިރީން ވިދާޅުވި އެވެ.
"ސިޔާސީ ވެރިން، ފްލޮރެންޓީނޯ ޕެރޭޒަށް ކުޑަކަކޫ ޖަހާލަން ބާނެބުއޭގެ ވީއައިޕީއަށް ދަނީ."
އައިރީން މާރިއާ މޮންޓެރޯ
މެޑްރިޑްގެ މޭޔަރު ހޯޒޭ ލުއިސް މާޓިނޭޒް އަލްމެއިޑާ، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުން ބައްލަވާލައްވަން ބާނެބުއޭގެ ވީއައިޕީ އަށް ވަޑައިގެންނެވި އެވެ.
ރެއާލްއާ ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަލްމެއިޑާ އަކީ ސިޔާސީ ގޮތުން ވެސް ޕެރޭޒްއާ ގާތްބޭފުޅެއް ނޫނެވެ.
ކުރިން ސިޔާސީ ދާއިރާގައި ވެސް އުޅުއްވި ޕެރޭޒްގެ ކޮންސްޓްރަކްޝަން ކުންފުންޏަށް ސަރުކާރުން ހިންގާ މަޝްރޫތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތު ކުރެވެ އެވެ.
އައިރީން ވިދާޅުވީ، މެޑްރިޑްގެ މޭޔަރު މެޗު ބައްލަވަން ވަޑައިގަންވާ އިރު ވެސް، ޕެރޭޒްގެ ކައިރީގައި ސޯޝަލިސްޓް ޕާޓީގެ ހަތް ވަޒީރުން ބައިތިއްބައިގެން، އޭނާ ދޭން ބޭނުންވަނީ އެހެން މެސެއްޖެއް ކަމަށެވެ.
"މުޅި ސްޕެއިންނަށް ޕެރޭޒް ދައްކަވަން މަސައްކަތް ކުރައްވަނީ މެޑްރިޑްގެ މޭޔަރުގެ މޫނުމަތީގައި ތަފާލެއް ޖެހޭނެ މީހަކީ ތިމަންނަކަމަށް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބެއް ނެތި ރެއާލުގެ ރައީސްކަން ޕެރޭޒަށް
70 އަހަރަށްފަހު ރެއާލުން ސްޓޭޑިއަމްގެ ނަންބަދަލުކުރަނީ
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ވިނީޝިއުސްއާ ދިމާކުރުމުން ޕެރޭޒްގެ ދަތުރު ކެންސަލްކޮށްފި
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އެންމެ މުއްސަނދި ރެއާލްގެ އާމްދަނީ 6.75 ބިލިއަނަށް
ރެއާލަކީ ހުއްޓުވަން އުނދަގޫ ބާރަކަށް ހަދާނަން: ކޯޗު
ރެއާލްގެ ކޯޗުކަމަށް ލެޖެންޑް އަލޮންސޯ ހަމަޖައްސައިފި
ދެ ލެޖެންޑުންނަށް ރެއާލުން އަލްވަދާއު ކިޔައިފި
އަންޗެލޮޓީ؛ 100 އަހަރަށްފަހު ބްރެޒިލަށް ބޭރު ކޯޗެއް