05 ޖެނުއަރީ 2025
މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނަށް ބިރުގަތުމާއި ހާސްކަން ފަދަ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނަށް ބިރުގަތުމާއި ހާސްކަން ފަދަ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމަށް މޮޅުވެވިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގައި ލަނޑެއް ނުޖެހި ވިދިވިދިގެން ބަލިވި ތިން މެޗު ވެސް ހިމެނެ އެވެ.
މިރޭ ޔުނައިޓެޑުން ނުކުންނާނީ އެ ކްލަބްގެ ޒަމާންވީ ވާދަވެރިޔާ ލިވަޕޫލާ ދެކޮޅަށެވެ. މެޗަށް ނުކުންނަ އިރު ޔުނައިޓެޑަށް އޮތް ގޮންޖެހުމަކީ ކުޅުންތެރިންނަށް ނަފުސާނީ ޖެހިލުންވުމުގެ އަސަރު ކުރިމަތިވެފައި ވުމެވެ.
މެޗާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމޯރިމް ބުނީ ކުޅެން ބިރުގަތުމުގެ މައްސަލަ ބައެއް ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ކަމަށެވެ.
"އެމީހުން [ކުޅުންތެރިން] ތިބީ ހާސްވެފައި، އަދި ބައެއް ފަހަރު ދަނޑުގައި ވެސް ބިރުގަންނަނީ،" އަމޯރިމް ބުންޏެވެ.
"އެކަމާ ކުރިމަތިލާން ޖެހޭ. އެހެން ކުޅުންތެރިންނަށް އެހީތެރިވުމަށް (ޓީމުގެ) ލީޑަރުންގެ (ގޮތުގައި ތިބި ކުޅުންތެރިން) ކުރިއަށް ފިޔަވަޅު އަޅަން ޖެހޭ ކުޅުން ރަނގަޅު ކުރުމަށް. މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އޮތް މީހަކީ އަހަރެން. ކުޅުންތެރިން މަސައްކަތް ކުރަމުންދާތަން ފެންނާނެ. (އެކަމަކު) ބައެއް ފަހަރު މާބޮޑަށް ހާސްވެފައި ތިބެނީ. ކުޅެން ބިރުގަނެފައި ތިބޭތަން ފެންނަނީ. ސަބަބަކީ މިއީ އުނދަގޫ ވަގުތަކަށް."
އޭނާ ބުނީ މިކަންކަމާ ކުރިމަތިލައި ހައްލު ކުރުމުގައި އޭނާ އަށް ވެސް އުނދަގޫތައް އެބަހުރި ކަމަށެވެ.
"ނޫސްވެރިންނަށް އަހަރެންގެ މޫނުމަތިން ވެސް އެކަން ފެންނާނެ،" އަމޯރިމް ބުންޏެވެ.
ބްރިޓިޝް އެލް ކްލެސިކޯ ކަމަށް ބައެއް ތަޖުރިބާކާރުން ސިފަކުރާ ލިވަޕޫލާއި ޔުނައިޓެޑްގެ މެޗު މިރޭ އެންފީލްޑްގައި ފަށާނީ ރާއްޖޭގަޑިން 9:30 ގަ އެވެ.
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ލިވަޕޫލަށް އެއްވަނައަށް ނޭރުނު؛ ގޯސް ހެދީ އަމިއްލައަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް ތާރީހީ ނަތީޖާއެއް
"ލިވަޕޫލް އަތުލަން ޔުނައިޓެޑަށް ބަދަލު ގެންނަން ޖެހޭ"
ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް