Roadha Mihaaru
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް

ލިވަޕޫލުގައި ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާ އެކު އުންމީދުތައް ފުނޑުފުނޑު

25 އެޕްރީލް 2024

ލިވަޕޫލް (އޭޕްރީ 25) – ޔާގަން ކްލޮޕްގެ ކޯޗުކަމުގައި، ގޫޑިސަންޕާކުގައި ފުރަތަމަ ފަހަރަށް ވީ ބައްޔާ އެކު ލީގު ހޯދުމުގެ ހުވަފެންތައް ފުނޑުފުނޑު ވެއްޖެ އެވެ.

ލިވަޕޫލް (އޭޕްރީ 25) – ޔާގަން ކްލޮޕްގެ ކޯޗުކަމުގައި، ގޫޑިސަންޕާކުގައި ފުރަތަމަ ފަހަރަށް ވީ ބައްޔާ އެކު ލީގު ހޯދުމުގެ ހުވަފެންތައް ފުނޑުފުނޑު ވެއްޖެ އެވެ.

މާސީސައިޑްގެ ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލް ސިޓީގެ ދެ ޓީމުގެ ކުރިމަތިލުމުގައި އެވަޓަންއިން އަމިއްލަ ދަނޑުގައި ލިވަޕޫލްގެ މައްޗަށް، ކާމިޔާބު މި ހޯދުނީ 13 އަހަރު ފަހުންނެވެ. މި ތާރީހީ މޮޅަކީ، ލިވަޕޫލްގެ ކޯޗުކަމުގައި ކްލޮޕަށް ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި ބަލީގެ ގޮތުގައި އިނގިރޭސި މީޑީއާއިން ސިފަ ކުރި އެވެ.

"ގުޑިސަން ޕާކުގައި ލީގު ގެއްލުނީ،" ލިވަޕޫލުގެ ބައްޔާ އެކު އެވަޓަންގެ ސަޕޯޓަރުން ލަވައެއް ހެން ކިޔަމުން ދިޔަ އެވެ.

މެޗުގައި އެވަޓަންގެ ލަނޑުތައް ޖެހީ ޖެރާޑް ބްރައިންތުވެއިޓާއި ޑޮމިނިކް ކަލްވާޓް ލްވިން އެވެ.

ލިވަޕޫލާއި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް، ރޭ ވަނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް 4-2 ން މޮޅުވެފަ އެވެ. ޝެފީލްޑުން ދެ ފަހަރަށް ލީޑް ނެގި އިރު ވެސް ޔުނައިޓެޑުން ނަތީހާ ހަމަހަމަ ކުރި އެވެ.

މި މެޗުގެ ކުރިން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގަށް ވަރަށް ބޮޑަށް ޕެރޝަރު ކުރިމަތިވި އެވެ. އެއީ އެފްއޭ ކަޕް ސެމީ ފައިނަލުގައި، ދެވަނަ ޑިވިޝަންގެ ކްލަބް ކޮންވެންޓްރީ ކައިރިން މެޗުގެ ފަހު 20 މިނެޓްގައި ލީޑު ގެއްލުމުންނެވެ. ޔުނައިޓެޑުން ފައިނަލުގެ ޖާގައެއް ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ރޭގެ މޮޅާ އެކު އެ ޕްރެޝަރު ޓެންހަގަށް ވަނީ ކުޑަ ވެފަ އެވެ.