Roadha Mihaaru
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި

އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި، ޔުނައިޓެޑް ރަނގަޅު މިސްރާބުގައި

07 ޑިސެމްބަރ 2023

ޝެފީލްޑް (ނޮވެމްބަރު 7) - ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އާސެނަލްގެ ފަހަތުން ދެވަނައިގައި ލިވަޕޫލް ވިއްދައިފި އެވެ.

ޝެފީލްޑް (ނޮވެމްބަރު 7) - ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އާސެނަލްގެ ފަހަތުން ދެވަނައިގައި ލިވަޕޫލް ވިއްދައިފި އެވެ.

އާސެނަލް އެއްވަނައިގައި އޮތީ 36 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެވަނައިގައި އޮތީ ދެ ޕޮއިންޓްގެ ފަރަގަކާ އެކު އެވެ.

ޝެފީލްޑްގެ ބްރަމޯލް ލޭން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ލިވަޕޫލަށް ފުރަތަމަ ލަނޑު 37 ވަނަ މިނެޓްގައި ޖަހައި ދިނީ ވާޖިލް ވެންޑައިކެވެ. އޭނާ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮޮށް ދިނީ މިހާރު ތަފާތު ފޯމެއްގައި ހުރި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ފަހު ވަގުތު ޖެހީ ޑޮމިނިކް ސޯބޯސްލައި އެވެ.

ރޭ، މެންޗެސްޓާގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ 2-1 ންނެވެ.

ޔުނައިޓެޑްގެ ދެ ލަނޑު ވެސް ޖެހީ ސްކޮޓް މެކްޓޮމިނީ އެވެ. މިއީ މި ސީޒަންގައި އޭނާ ދެ ލަނޑު ޖެހި ދެވަނަ މެޗެވެ. ޔުނައިޓެޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ބްރުނޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ދިފާއު ކުރި އެވެ.

މެޗުގެ 19 ވަނަ މިނެޓްގައި އޭނާ ޔުނައިޓެޑަށް ލީޑް ނަގައި ދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯލް ޕްލޭމާ ސިޓީ އަަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. އަލުން ޔުނައިޓެޑަށް މެކްޓޮމިނީ ލީޑް ނަގައި ދިނީ 69 ވަނަ މިނެޓްގަ އެވެ.

މެޗަށް ޔުނައިޓެޑް ކުރިމަތިލީ، ޕްރީ މެޗު ޕްރެސްގައި ބޮޑު ހަތަރު މީޑިއާއެއް ބޮއިކޮޓް ކުރުމަށް ފަހު އެވެ. އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގަށް ޔުނައިޓެޑް ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާކަމަށް އެ ނޫސްތަކުން ރިޕޯޓް ކުރި އިރު ޔުނައިޓެޑްގެ ރަސްމީ ކޮމެންޓެއް ހޯދާފައި ނުވާ މައްސަލަ އެ ކްލަބުން ފާހަގަ ކުރި އެވެ.

ޓެން ހަގަށާއި ޓީމަށް ޕްރެޝަރު ކުޑަކުރަން އެޅި ފިޔަވަޅު ކާމިޔާބުވެ، ރޭ ގެ މެޗުގައި އެކަން ފެނުނެވެ.

މެޗަށް ފަހު ޓެން ހަގް ބުނީ، ޔުނައިޓެޑްގެ އެތެރޭގައި އޭނާ އަށް އިތުބާރު އެބައޮތް ކަމަށެވެ. ޓީމުން ކުރިއެރުން ހޯދަނީ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ފާޑުކިޔުންތަކުގެ އަސަރު ޓީމަށް ކުރިޔަ ނުދޭން އޭނާ މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.

"އަހަރެމެން މިދަނީ ރަނގަޅު މިސްރާބެއްގައި ފާޑުކިޔުންތަކުގެ ސަބަބުން ދާން ބޭނުންވާ މަންޒިލަށް ވާސިލުވުން ކަސިޔާރު ވެގެން ނުވާނެ. ނަތީޖާ އާއި ކުޅުމާ މެދު ވަރަށް އުފާވޭ. އަހަރެމެންނަށް މި ނަތީޖާ ހައްގު. ސަޕޯޓަރުންނަށް މި މެސެޖް ދޭން ބޭނުންވި. މިއީ ވެސް އަހަރެމެންގެ ސްޓައިލް. ފުރަތަމަ 30 މިނެޓުގެ ތެރޭގައި ދަނޑުމަތީގައި ވަރަށް ފުރިހަމައަށް އެކަން ކުރި،" މެޗަށް ފަހު ޓެންހަގް ބުންޏެވެ.

ޔުނައިޓެޑް މިހާރު އޮތީ ހަވަނައިގަ އެވެ. ޗެލްސީ އޮތީ 10 ވަނައިގަ އެވެ.