ޕްރިމިއާ ލީގުގައި ވައްދާލި އެންމެ މޮޅު އެއް ހިލޭ ޖެހުން ކާމިޔާބުކޮށް ޑޮމިނިކް ސޮބޮސްލާއީ ލިވަޕޫލު މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
ޕްރިމިއާ ލީގުގައި ވައްދާލި އެންމެ މޮޅު އެއް ހިލޭ ޖެހުން ކާމިޔާބުކޮށް ޑޮމިނިކް ސޮބޮސްލާއީ ލިވަޕޫލު މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
އާސެނަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލުން ކުޅުނު މެޗުގައި ގޭމް ކޮންޓްރޯލް ކުރީ އާސެނަލުންނެވެ. އެކަމަކު އޯޕަން ފުރުސަތުގެ ގޮތުގައި އާސެނަލަކަށް ވެސް ތަނަވެސް ފުރުސަތެއް ނުއުފެއްދުނެވެ.
މެޗުގެ ތަފާތަކަށްވީ ހަންގޭރީގެ ކެޕްޓަން ސޮބޮސްލާއި ވައްދާލީ ހިލޭ ޖެހުމެވެ.
ތިރީސް ޔާޑު ދުރުން (ގާތްގަނޑަކަށް ހާފުގެ މެދެއްހާ ހިސާބުން) ލިބުނު ހިލޭ ޖެހުން ކަނާތު ފައިން ބާރު އުންޑައެއްހެން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ދަނޑީގައި ޖައްސާލުމަށް ފަހު އެވެ.
އާސެނަލްގެ ކީޕަރު ޑޭވިޑް ރެޔާ އަށް އެ ބޯޅަ ސަލާމަތް ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
Sit back and enjoy every angle of THAT Dominik Szoboszlai free-kick ?? pic.twitter.com/XadhY8wuB9
— Premier League (@premierleague) August 31, 2025
ސޮބޮސްލާއީ ފޮނުވާލި ހިލޭޖެހުން އަޅާކިޔަނީ މެންޗެސްޓާ ޔުނައިޓެޑްގައި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ 2008 ގައި ޕޯޓްސްމަތު ކޮޅަށް ވައްދާލި ހިލޭޖެހުމުން ވައްދާލި އާދަޔާހިލާފު މޮޅު ގޯލާ އެވެ.
ސޮބޮސްލާއީގެ ހިލޭ ޖެހުމާ މެދު ލިވަޕޫލުގެ ކޯޗު އާނޭ ސްލޮޓް ބުނީ "އެއީ ޖާދޫއެއް ފަދަ" މޮޅު ހިލޭ ޖެހުމެއް ކަމަށެވެ.
ސޮބޮސްލާއީ ބުނީ ހިލޭޖެހުން އޭނާ އަށް ކާމިޔާބު ކުރެވޭނެކަމުގެ ބޮޑު އިތުބާރެއް އޮތް ކަމަށެވެ.
"އަހަންނަށް ވަރަށް އިތުބާރު އޮތް. އެގޮތަށް ޖަހަން އަހަރެން މަސައްކަތްކޮށްފަ އޮންނާނީ،" ހިލޭޖެހުމާ ބެހޭގޮތުން ސޮބޮސްލާއީ ބުންޏެވެ.
"...އަހަންނަށް އެނގޭ އަހަރެން ރިސްކެއް ނަގަން ޖެހޭނެކަން. އެހެންވެ އަހަރެން މާބޮޑަށް ބާރަށް ޖެހީ. އަހަންނަށް އެނގުނު ރެޔާ ފުންމައިގަންނާނެކަން ބޯޅައިގެ ފަހަތުން. އޭނާއަކީ އާދަޔާހިލާފު ކީޕަރެއް. ތަންކޮޅެއް ބޮޑަށް އެތެރެ ފަޅިޔަށް ދިޔަނަމަ އޭނާ އެ ބޯޅަ ސަލާމަތް ކުރީސް."
ރެޔާ ވެސް ބުނީ ސޮބޮސްލާއީގެ ހިލޭ ޖެހުން އާދަޔާހިލާފަށް މޮޅު ކަމަށެވެ. އަދި އޭނާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ނައިކީ ބޯޅައިން ކުޅެ އެ ބޯޅަ އަށް ހޭނުނު ފަހުން އަލަށް ބޭނުން ކުރާ ޕޫމާ ބޯޅައަށް ހޭނެން ވަގުތު ނަގާނެ ކަމަށެވެ.
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
އޮޑެގާޑްގެ އުފާފާޅުކުރުން މައްސަލައަކަށް ހަދައިފި
ލިވަޕޫލް ބަލިކޮށް އާސެނަލްުން ތަށީގެ ރޭސް ވާންކޮށްފި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
އާސެނަލް މެޗު ކްލޮޕަށް މުހިންމު
ޔޮކަރެސް ވާނީ ވާދަވެރި ޓީމުތަކަށް "ބިރަކަށް": ސަލީބާ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
އަންނަ ސީޒަނަށް އާޓެޓާ ޖޯޝުގައި: އުފަލުން ހީބިހި ނަގާ
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަލާހަށް
އާސެނަލް ފަހަތުން އަރައި ލީގު ޗެމްޕިއަނުން ހުއްޓުވައިފި