Roadha Mihaaru
ލިވަޕޫލް ބަލިކޮށް އާސެނަލްުން ތަށީގެ ރޭސް ވާންކޮށްފި

އެއްވަނާގައި އޮތް ލިވަޕޫލް ބަލިކޮށް އާސެނަލުން ތަށީގެ ރޭސް ވާންކޮށްފި

05 ފެބުރުއަރީ 2024

ލަންޑަން (ފެބްރުއަރީ 5) - އެއްވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޕްރިމިއާ ލީގުގެ ތަށީގެ ރޭސް އާސެނަލްއިން ވާން ކޮށްފި އެވެ.

ލަންޑަން (ފެބްރުއަރީ 5) - އެއްވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޕްރިމިއާ ލީގުގެ ތަށީގެ ރޭސް އާސެނަލްއިން ވާން ކޮށްފި އެވެ.

ލިވަޕޫލް ބަލިވުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ކީޕަރު އަލިސަން ބެކާ އަށް ހެދުނު ގޯސްތަކެވެ.

އާސެނަލް އަށް ފުރަތަމަ ލީޑް ނަގައިދިނީ ބުކަޔޯ ސަކާ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. އެކަމަކު ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އާސެނަލްގެ ގެބްރިއަލް މަގާލެސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ލިވަޕޫލުން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް އާސެނަލްގެ ދެ ވަނަ ލަނޑު ގެބްރިއަލް މާޓިނެލީ ޖެހީ 64 މިނެޓްގަ އެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅު ލިވަޕޫލްގެ އިބްރާހިމާ ކަނޯޓޭ އަށް ދެވަނަ ރީނދޫކާ އެކު ދަނޑުން ފޮނުވާލި އެވެ. އޭގެ ފަހުން ލިއޮނާޑް ޓްރަސޯޑް އާސެނަލްގެ ލީޑް ފުޅާކޮށްދިނެވެ.

މެޗުން ބަލިވިޔަސް ލިވަޕޫލް އޮތީ އެއްވަނައިގަ އެވެ. އާސެނަލް ދެވަނައިގައި ވިއްދައި މިހާރު ވަނީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ.