Roadha Mihaaru

އާސެނަލް ފަހަތުން އަރައި ލީގު ޗެމްޕިއަނުން ހުއްޓުވައިފި

ލިވަޕޫލް (މެއި 11) - ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.

އާސެނަލް ފަހަތުން އަރައި ލީގު ޗެމްޕިއަނުން ހުއްޓުވައިފި

ލިވަޕޫލް (މެއި 11) - ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.

ލިވަޕޫލް ލީގުގެ ޗެމްޕިއަންކަން ހޯދީ މީގެ ދެ ހަފްތާ ކުރިން، ޓޮޓެންހަމް ހޮޓްސްޕާ ބަލި ކުރުމަށް ފަހު އެވެ. އެ މެޗުގެ ފަހުން އެ ޓީމަށް އަދި ލީގުގައި މޮޅެއް ނުހޯދެ އެވެ. މިދިޔަ ހަފްތާ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.

މިރޭގެ މެޗުގައި ލިވަޕޫލް ލީޑު ނެގީ ފުރަތަމަ ހާފުގައި ގާތް ގާތުގައި ޖެހި ދެ ގޯލުންނެވެ. އެގޮތުން 20 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ލީޑު ނަގައިދިން އިރު، ލީޑު ފުޅާ ކުރި ލަނޑު އޭގެ މިނިޓެއް ފަހުން ޖެހީ ލުއިސް ޑިއާޒް އެވެ.

ގަކްޕޯ، ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ގަކްޕޯ، ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލް ފަރަގު ކުޑަ ކުރީ ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ގެބްރިއެލް މާޓިނެއްލީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި 70 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ މިކެލް މެރީނޯ އެވެ.

މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އާސެނަލްގެ މިކެލް މެރީނޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުގެ އެންމެ ފަހު ވަގުތު ލިވަޕޫލްގެ ކޯނަރެއްގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ހަމަލާއެއް މަތަކުރި ވަގުތު ރީބައުންސްވި ބޯޅަ އެންޑީ ރޮބާޓްސަން ގޯލަށް ފޮނުވާލި ނަމަވެސް، ރެފްރީ ވަނީ އޭގެ ކުރިން އޭރިއާ ތެރޭގައި ފައުލެއް ކުރި ކަމަށް ބަލައި ގޯލު ކެންސަލް ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޗެމްޕިއަން ލިވަޕޫލަށް ވަނީ 36 މެޗުން 83 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ދެ ވަނައިގައި އޮތީ 68 ޕޮއިންޓް ހޯދައިގެންނެވެ.