Roadha Mihaaru
އޮޑެގާޑްގެ އުފާފާޅުކުރުން މައްސަލައަކަށް ހަދައިފި

އޮޑެގާޑްގެ އުފާފާޅުކުރުން މައްސަލައަކަށް ހަދައިފި

06 ފެބުރުއަރީ 2024

ލަންޑަން (ފެބްރުއަރީ 6) - ލިވަޕޫލް ބަލިކުރި މެޗަށް ފަހު، އާސެނަލްގެ ކެޕްޓަން މާޓިން އެޑްގާޑް އުފާފާޅު ކުރި ގޮތުން، ބޮޑު މައްސަލައަކަށް ހަދައިފި އެވެ.

ލަންޑަން (ފެބްރުއަރީ 6) - ލިވަޕޫލް ބަލިކުރި މެޗަށް ފަހު، އާސެނަލްގެ ކެޕްޓަން މާޓިން އެޑްގާޑް އުފާފާޅު ކުރި ގޮތުން، ބޮޑު މައްސަލައަކަށް ހަދައިފި އެވެ.

ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފަހު ކަށިގަނޑު ފުމާމާ އެކު އޮޑެގާޑް ވަނީ އާސެނަލްގެ ޕޮޓޯގްރާފަރު ސްޓުއާޓް މެކްފާލޭން ކެމެރާ އަތަށް ނަގައި، އޭނާގެ ފޮޓޯ ނަގައި ދީފަ އެވެ. އެ މަންޒަރު ޓީވީ ކެމެރާތަކަށް އެރި އެވެ.

އެކަން މައްސަލައަކަށް ހެދީ ކުރިން ލިވަޕޫލަށް ކުޅުނު، މިހާރު ސްކައި ސްޕޯޓްސްގެ ޕަންޑިޓް ޖެމީ ކަރެގާ އެވެ.

ޓީވީގައި އޭނާ ބުނީ މެޗުން މޮޅުވުމަށްފަހު ކުޅުންތެރިން ސީދާ ދާންވީ ޗޭޖިން ރޫމަށް ކަމަށެވެ. އޭނާ އާ އެކު ކޯ ޕަންޑިޓްގެ ގޮތުގައި މަސައްކަތް ކުރާ ގެރީ ނެވިލް ބުނީ އެކަހަލަ އުފާފާޅު ކުރުންތަކުން ޓީމު، "ތަސައްރަފު ނުފުދޭކަން" ދައްކުވައިދޭ ކަމަށެވެ.

އިނގިރޭސި ފުޓްބޯޅައިގައި ނުފޫޒު ގަދަ ކުރީގެ ދެ ކުޅުންތެރިންގެ ވާހަކަތަކާ ގުޅިގެން އޮޑެގާޑް ވަނީ މެޗުން މޮޅުވުމުން އުފާފާޅު ކުރަން ފުރުސަތު ލިބޭނެތޯ ސުވާލު އުފައްދައިފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި ފުޓްބޯޅައަށް ލޯބިކުރާ، ފުޓްބޯޅަ އަށް ވިސްނާ ކޮންމެ މީހަކަށް ވެސް އެނގޭނެ މި މެޗުން [އެވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް] މޮޅުވުމަކީ ކިހާ ވަރެއްގެ މާނައެއް ހުރި ކަމެއް ކަން." އޮޑެގާޑް ބުންޏެވެ.

"މެޗަކުން މޮޅުވުމުން އުފާފާޅުކުރުމުގެ ފުރުސަތު ނުދޭނަމަ ދެން އެކަން ކުރުން އޮންނާނީ ކޮންއިރަކުން ތަ؟ މި މޮޅާ އެކު ވަރަށް އުފާވޭ އެކަމަކު އަހަރެމެން މި ތިބީ ހިތްތިރިކޮށްގެން. އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިގެންދަނީ، ކުރިއަށް އޮތް މެޗަށް ތައްޔާރުވާން- އެކަމަކު މޮޅުވީމަ އުފާކުރަން ޖެހޭނެ."

ސީޒަންގެ އެންމެ ބޮޑު މެޗުގެ ގޮތުގައި މަޝްހޫރު ވި އެ މެޗުގައި އާސެނަލްގެ ކުޅުންތެރިން ހަ ރީނދޫ ކާޑް ދެއްކުމުން އެ ކްލަބް 31،000 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.