އަންނަ ސީޒަނަށް އާސެނަލްއިން ވާ ތައްޔާރީތަކަށް އެކުލަވާލާފައިވާ ޕްލޭނާ މެދު ވިސްނާލިޔަސް، ހީބިހިނަގާވަރުގެ ޖޯޝެއް އަންނަ ކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.
26 މެއި 2025
އަންނަ ސީޒަނަށް އާސެނަލްއިން ވާ ތައްޔާރީތަކަށް އެކުލަވާލާފައިވާ ޕްލޭނާ މެދު ވިސްނާލިޔަސް، ހީބިހިނަގާވަރުގެ ޖޯޝެއް އަންނަ ކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.
ލަންޑަނުގެ ޓީމުން ވަނީ މި ސީޒަނުގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ފެއިލް ވެފަ އެވެ. މިދިޔަ ތިން އަހަރު ވެސް އެ ޓީމަށް ހޯދުނީ ދެވަނަ އެވެ.
އެކަމަކު އާޓެޓާ ބުނީ އަންނަ ސީޒަނުގައި އާސެނަލް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ. އޯގަސްޓްގައި ފަށާ ޕްރިމިއާ ލީގަށް ވާ ތައްޔާރީތަކުގައި ޓްރާންސްފާ ޕީރިއަޑް ވާނީ އާސެނަލް އަށް ވަރަށް ހިތްގައިމު ހޫނު މޫސަމަކަށް ކަމަށް އޭނާ ބުންޏެވެ.
ޕްރީސީޒަނާއި ސީޒަންގެ ފުރަތަމަ ހަފުތާތަކަށް ތާވަލުކުރި ހުރިހާ ކަމެއް މީގެ ދެތިން މަހެއްހާ ދުވަސް ކުރިން ވެސް އޮތީ ޕްލޭންކޮށް ނިމިފައި. އެހެންވީމަ މިހާރު އަހަރެމެން މިތިބީ ވަރަށް ރަނގަޅު މަގާމެއްގައި،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި އާސެނަލްގެ ކެޕްޓަންކަން ވެސް ކުރިން ކުރި އާޓެޓާ ބުންޏެވެ.
"އެކަމާ މެދު ވިސްނަން ފެށުމުން، އަހަރެން ހީބިހި ނަގާ. އެހާ އުފާވެރިކަމުގެ އިހުސާސެއް ކުރެވެނީ. އެކަހަލަ އިހްސާސެއް ކުރެވުމަކީ އަބަދުވެސް ވަރަށް ރަނގަޅު އިޝާރާތެއް."
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާސެނަލް ދަތުރު ކުރި އެވެ. ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް އާސެނަލުން ދެއްކި އެވެ. އެކަމަކު ސެމީގެ ދެ ލެގްގައި ވެސް ޕީއެސްޖީ އަތުން ވީ ބައްޔެވެ.
އާޓެޓާ އުފާފާޅުކުރި ގޮތުން އަނެއް މެޗަށް ސަސްޕެންޑް
ސިޓީގެ ހަރަކާތަށް އާޓެޓާގެ ޝައުގެއް ނެތް
އާސެނަލްގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ލީގު ހޯދާވަރުގެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ބަލިމަޑުކަމުގެ ވަގުތެއްގައި ވެސް އާސެނަލްގެ ހިތްވަރު
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި