Roadha Mihaaru
ސިޓީގެ ހަރަކާތަށް އާޓެޓާގެ ޝައުގެއް ނެތް

ސިޓީ އަށް ވަމުންދާ ގޮތް ބަލާކަށް އާޓެޓާގެ ޝައުގެއް ނެތް

05 ޑިސެމްބަރ 2023

ލަންޑަން (ޑިސެމްބަރު 5) - ދަނޑުމަތީގައި ވެސް އަދި ދަނޑު ބޭނުގައި ވެސް މެންޗެސްޓާ ސިޓީގެ ހަރަކާތްތަކަށް ބަލާކަށް އޭނާގެ ޝައުގެއް ނެތް ކަމަށް، އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ލަންޑަން (ޑިސެމްބަރު 5) - ދަނޑުމަތީގައި ވެސް އަދި ދަނޑު ބޭނުގައި ވެސް މެންޗެސްޓާ ސިޓީގެ ހަރަކާތްތަކަށް ބަލާކަށް އޭނާގެ ޝައުގެއް ނެތް ކަމަށް، އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއްގައި އާސެނަލް މިރޭ ނުކުންނާނީ ލީގުގެ 17 ވަނައިގައި އޮތް ލޫޓަންއާ ދެކޮޅަށެވެ.

ލީގުގައި ޖެހިޖެހިގެން ކުޅުނު ތިން ވަނަ މެޗަށް ސިޓީ އެއްވަރުވުމުން، އާސެނަލްއާ އެންމެ ގާތުން ވާދަކުރަން އޮތީ ސިޓީއެއް ނޫނެވެ. ސިޓީ އޮތީ ތިންވަނަ އަށް ވެއްޓިފަ އެވެ. ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ.

މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލް އިން އެއްވަނައިގައި އޮތް ނަމަވެސް އެ ޓީމު ފަހަތަށް ވައްޓަލައި ޗެމްޕިއަންކަން ހޯދި ސިޓީގެ ފޯމް މި އަހަރު ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވޭތޯ ސުވާލު ކުރުމުން ސިޓީގައި ކުރިން ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އާޓެޓާ ބުނީ، އެހެން ޓީމެއްގެ ކަންކަން އޭނާ ނުބަލާކަމަށެވެ.

"އަހަރެން އެކަންކަން ނުބަލަން. އަހަރެންގެ ޓީމަށް ބަލީމަ އަހަންނަށް ފުދޭ، ،" އެހެން ޓީމެއްގެ ހަރަކާތްތަކަށް ބަލަން ނުޖެހޭވަރަށް އެނޭގެ ޓީމުގައި ބަލާނެ ކަންކަން ހުރިކަން ފާހަގަކޮށް އާޓެޓާ ބުންޏެވެ.

"މާދަމާ ވެސް ރަނގަޅަށް ކުޅެވޭނެ ގޮތަކާއި އެއްގޮތަކަށް ކުޅެން މަސައްކަތް ކުރުމާއި ބަލިކުރަން އުނދަގޫވާނެ ގޮތަކަށް ބަދަލުގެންނަން މަސައްކަތް ކުރަން ޖެހޭ. މޮޅުވުމަށް ކުޅުންތެރިން އެންމެ ރަނގަޅު ބޭނުން ކުރެވޭނެ ގޮތްތަކާ މެދު ވިސްނަންޖެހޭ އަދިވެސް ކުރިއަށް އޮތީ ވަރަށް ބޮޑު މެރެތަންއެއް.

"އެ ހިތްވަރު ލިބެނީ ޓީމުގެ ކަންކަން ބަލަން ހުރީމަ. ކޮންމެ ދުވަހަކު ވެސް ކުޅުންތެރިން އުޅޭ ގޮތް ބަލާލުމާއި، ކޮންމެ ޓްރެއިނިން ސެޝަނަކާ ވެސް ކުރިމަތިލަނީ އެކަމަށް ކިހާވަރަކަށް ބޭނުންވެގެންތީ. އެ މީހުން ތިބީ ތައްޔާރަށް ތޯ ބެލުން އެއީ އަހަންނަށް ހިތްވަރު ލިބޭ ކަމަކީ. އެހެން މީހުން ކުރާ ކަންކަމަކީ އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން."