29 ސެޕްޓެމްބަރ 2024
ވުލްވްސް (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކޮށް 1-1 އިން އެއްވަރުވެގެން ނިމުނު ފަހުން ކުޅުނު މެޗުގައި ލިވަޕޫލުން 2-1 އިން ވުލްވްސް ބަލިކޮށް، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ވުލްވްސް (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކޮށް 1-1 އިން އެއްވަރުވެގެން ނިމުނު ފަހުން ކުޅުނު މެޗުގައި ލިވަޕޫލުން 2-1 އިން ވުލްވްސް ބަލިކޮށް، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ސިޓީގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ފުރަތަމަ ހާފުގައި ޖަހައިދިން ގޯލުން ލީޑު ކުރަމުން ދިޔަ ނަތީޖާ އެއްވަރުވީ ދެ ވަނަ ހާފުގައި ނިއުކާސަލްގެ އެންތަނީ ގޯޑޮން، ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލުންނެވެ.
ރަށުން ބޭރުގައި ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމެނިކޮށް އިބްރާޙިމް ކޮނާޓޭ ޖަހައިދިން ގޯލުން ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ވުލްވްސް އަށް އެއްވަރު ކޮށްދިނީ ރަޔާން އައިޓް ނޫރީ އެވެ. އޭގެ ފަސްވަރަކަށް މިނިޓު ފަހުން ލިވަޕޫލް މޮޅުވި ލަނޑު ޕެނަލްޓީއަކުން ޖަހައިދިނީ މުހައްމަދު ސަލާހެވެ.
ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ އަނިޔާއިން ރަނގަޅުވެ، ރޭ ވުލްވްސްއާ ދެކޮޅަށް ކުޅެފަ އެވެ.
ސިޓީ އަށް ވަނީ މެޗު ކާމިޔާބު ކުރަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ. -- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލް އަށް ވެސް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތީ ރޭ ފަހަތުން އަރައި 4-2 އިން ބްރައިޓަން ބަލިކޮށް، 13 ޕޮއިންޓް ހަމަކުރި ޗެލްސީ އެވެ. ޗެލްސީގެ ހަތަރު ގޯލު ވެސް ފުރަތަމަ ހާފުގައި ޖަހައިދިނީ ކޯލް ޕާމާ އެވެ.
ފަސް ވަނައިގައި އޮތީ، ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ. މިރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ވިލާ އަށް ޕޮއިންޓްގެ ގޮތުން ލިވަޕޫލާ އެއްވަރު ކުރެވޭނެ އެވެ.
އާސެނަލް ވެސް ވަނީ ރޭ ލެސްޓަ ސިޓީއާ ވާދަކޮށް ފަހު ވަގުތު ކާމިޔާބު ކުރި ގޯލުތަކުން 4-2 އިން މޮޅުވެފަ އެވެ.
އާސެނަލް އިން ލެސްޓާ ކޮޅަށް ގޯލެއް ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ގެބްރިއެލް މާޓިނެއްލީ އާއި ލިއަންޑްރޯ ޓްރޮސާޑް ފުރަތަމަ ހާފުގައި ޖަހައިދިން ގޯލުތަކާއެކު އާސެނަލް ލީޑު ކުރަނިކޮށް ލެސްޓާ އިން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ޖޭމްސް ޖަސްޓިން ޖަހައިދިން ދެ ގޯލުން ނަތީޖާ އެއްވަރު ކޮށްފަ އެވެ.
އާސެނަލް އަލުން ލީޑު ހޯދީ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި ލެސްޓަ ސިތީގެ ވިލްފްރެޑް އެންޑީޑީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ ފަސް މިނިޓު ފަހުން އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ކައި ހަވާޓްޒް އެވެ.
އާސެނަލް އާއި ސިޓީ އަކީ ލީގުގައި މިހާތަނަށް މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ދެ ޓީމެވެ. ރޭގެ މެޗުގެ ކުރިން ސިޓީން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ އާސެނަލްއާ ވާދަކޮށް 2-2 އިން އެއްވަރުވެފަ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ލިވަޕޫލް ލީޑު ދަމަހައްޓައިފި، ވީއޭއާރްގެ ޝަކުވާތަކެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ސްޓާލިން އަނެއްކާ ވެސް ފަހު ވަގުތު ސިޓީ މޮޅުކޮށްދީފި
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި