06 ޖެނުއަރީ 2025
ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާ 2-2 އިން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވި މެޗުގައި އެ ޓީމުން ދެއްކި ކުޅުމަށް އޭނާ ނޫން އެންމެން ހިތްހަމަޖެހުނު ކަމަށް ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާ 2-2 އިން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވި މެޗުގައި އެ ޓީމުން ދެއްކި ކުޅުމަށް އޭނާ ނޫން އެންމެން ހިތްހަމަޖެހުނު ކަމަށް ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓްގައި ލިސަންޑްރޯ މާޓިނޭޒް އެ ޓީމަށް ލީޑް ނަގައިދިން ނަމަވެސް ކޯޑީ ގޮކްޕޯ އާއި މުހައްމަދު ސަލާހްގެ ލަނޑުތަކުން ލިވަޕޫލުން ލީޑް ނެގި އެވެ. ސަލާހް ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ 10 މިނެޓް ފަހުން ޑިއާލޯ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވި ޔުނައިޓެޑަށް ރޭ ލިވަޕޫލް އަތުން ލިބުނު ޕޮއިންޓަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމަޖެހޭ ކަމަށް އަމޯރިމް ބުންޏެވެ.
މެޗުގެ ކުރިން އަމޯރިމް ބުނީ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން ތިބީ ކުޅެން ބިރުގެންފައި ކަމަށެވެ. މެޗަށް ޓީމު ނެރުނީ އޭނާ ދިން "ޝޮކް" ތެރަޕީއަކުންނެވެ. އަމޯރިމް ބުނީ ތަފާތު ގޮތްގޮތަށް ޓީމަށް ހިތްވަރު ހޯދައިދޭން އޭނާ މަސައްކަތް ކުރާ ކަމަށެވެ. ފަހަރުގައި އެއީ ހުރިހާ މެޗަކަށް އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެކަމަށް ކުރިން ސްޕޯޓިން ލިޒްބަންއާ އެކު ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.
"ބައެއް ފަހަރު އަހަރެމެން ބޭނުންވޭ ޝޮކެއް. މިއަދު ފެންނާނެ އަހަރެމެން ތަފާތުކަން. އެއީ ކޮންމެހެން ވަކި ސިސްޓަމަކަށް ކުޅެގެނެއް ނޫން. އެއީ އަހަރެމެން މުބާރާތާ ކުރިމަތިލި ގޮތް ބަދަލުކޮށްލައިގެން. އަހަންނަށް ހީވަނީ ޓީމުގެ ކިބައިން ރަނގަޅު ކަންކަމެއް ފެނިއްޖެހެން. (ހާލަތު) ރަނގަޅު (ކުރެވޭނެ ކަމުގެ) އަލާމާތްތަކެއް ފެނިއްޖެ. އެކަން ވަރަށް ސާފުކޮށް ފެނުނު. ކުރިން ކުޅުނު މެޗުތަކުގެ ތެރެއިން އަމިއްލަ ދަނޑުގައި ވިދިވިދިގެން ތިން މެޗުން އަހަރެމެން ބަލިވި. ބައެއް މެޗުތަކުގައި އަހަރެމެން ކޮޅަށް ދެ ގޯލް ވަން އެއްވެސް ކަމެއް ނުކޮށްތިއްބައި ވެސް،" ތަފްސީލުތަކާ އެކު އަމޯރިމް ވާހަކަ ދެއްކި އެވެ.
"އަހަރެމެން މިހުރީ މިއަދު ދެރަވެފައި. ހަމަ ހަގީގަތުގައި ވެސް ދެރަވެފައި. ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ. އެކަމަކު އެންމެން ވެސް މިއަދު [ރޭ] ބުނާނެ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރިއޭ. އަހަރެން އެކަނި ޓީމުގެ މަސައްކަތާ މެދު ހިތްހަމަނުޖެހުނީ. އެކަމަކު ކޮންމެގޮތެއް ވިޔަސް މިއަދު އަހަރެމެންނަކީ ޓީމެއް."
ލިބުނު ޕޮއިންޓާ އެކު އެއްވަނައިގައި ލިވަޕޫލަށް ހަ ޕޮއިންޓްގެ ލީޑެއް ލިބުނީ އެވެ. ދެވަނައިގައި އޮތީ އާސެނަލް އެވެ. ޔުނައިޓެޑް އޮތީ 13 ވަނައިގަ އެވެ.
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ލިވަޕޫލަށް އެއްވަނައަށް ނޭރުނު؛ ގޯސް ހެދީ އަމިއްލައަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް ތާރީހީ ނަތީޖާއެއް
"ލިވަޕޫލް އަތުލަން ޔުނައިޓެޑަށް ބަދަލު ގެންނަން ޖެހޭ"
ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް