11 އެޕްރީލް 2022
ލިވަޕޫލް ސިޓީ (އޭޕްރީލް 11) - މެންޗެސްޓާ ޔުނައިޓެޑް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ.
ލިވަޕޫލް ސިޓީ (އޭޕްރީލް 11) - މެންޗެސްޓާ ޔުނައިޓެޑް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ.
ޕްރިމިއަ ލީގުގައި އެވަންޓަގެ ގުޑިސަން ޕާކްގައި އެވަޓަން އަތުން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ޗޭޖިން ރޫމަށް ވަންނަން ދަމުން ރޮނާލްޑޯ ވަނީ ސަޕޯޓަރެއްގެ ފޯނު ނަގައި ބިންމައްޗަށް ޖަހައިފަ އެވެ. މެޗުން ބަލިވުމުން މާޔޫސްވެފައި ހުރި ރޮނާލްޑޯ ކުރި ކަންތަކާ ގުޅިގެން އެވަޓަން ނިސްބަތްވާ މާސީ ސައިޑްގެ ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި މެންޗެސްޓާ އާއި އެވަޓަންގެ އެއްބާރުލުން ވެސް ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލހުންނަށް އެނގުމަށް ވަނީ އެދިފަ އެވެ.
ޒުވާން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލެވުމުން ރޮނާލްޑޯ ވަނީ ސަޕޯޓަރުގެ ކިބައިން މާފަށް އެދިފަ އެވެ. އަދި ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި އެޓީ މުު ކުޅޭ މެޗެއް ބެލުމަށް ރޮޮންލާޑް ވަނީ ސަޕޯޓަރަށް ދައުވަތު ދީފަ އެވެ.
އެ މެޗުން ޔުނައިޓެޑް ބަލިވުމުން، ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެވަޓަން މޮޅުވުމުން އެ ޓީމު ރެލިގޭޓް ނުވެ ސަލާމަތް ވެވޭނެ ކަމުގެ އުންމީދު ވަނީ ލިބިފަ އެވެ.
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ގަނާޗޯގެ މޮޅު ގޯލުން ރޮނާލްޑޯއާ އެއްފަދަ ކުރަނީ
90 މިނެޓް ކުޅެން ރޮނާލްޑޯ އަދި ތައްޔާރެއް ނޫން
ޔުނައިޓެޑް ބަލިކޮށް އެވަޓަން އަށް އުންމީދެއް
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް