08 އޯގަސްޓް 2022
މެންޗެސްޓާ (ޖުލައި 8) - މުޅި މެޗު ކުޅޭ ވަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ތައްޔާރު ނުވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
މެންޗެސްޓާ (ޖުލައި 8) - މުޅި މެޗު ކުޅޭ ވަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ތައްޔާރު ނުވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ބްރައިޓަން އަތުން ރޭ 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ކުޅެން ނެރުނީ ދެވަނަ ހާފުގަ އެވެ. ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން މެޗު ފެށުމުން ޓެން ހާގަށް ފާޑު ކިޔުން އަމާޒުވި އެވެ.
ނޫސްވެރިން އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އަޔެކްސްގެ ކުރީގެ ކޯޗު ބުނީ ޓީމާ އެކު ރޮނާލްޑޯ ޕްރެކްޓިސް ކުރި މުއްދަތު ކުރު ކަމުން މެޗުގައި ފުލުކޮށް ކުޅެވޭ ވަރު ނުވާ ކަމަށެވެ.
"ހީވާ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމާއެކު ޕްރެކްޓިސް ކުރީ 10 ދުވަހު. މެޗުގެ 90 މިނެޓް ކުޅެން ބަލާއިރު އެއީ ވަރަށް ކުރު މުއްދަތެއް. އޭނާ ފުރަތަމަ 11 ގައި ކުޅެން ފުރުސަތު ނުދިން ސަބަބަކީ އެއީ،" މެޗަށް ފަހު ޓެން ހާގް ބުންޏެވެ.
ޓީމުގެ ޓްރޭނިންތަކަށް ނުކުތުން ރޮނާލްޑޯ ލަސް ކުރީ، ޗެމްޕިއަންސް ލީގު ކުޅޭނެ ޓީމެއް ހޯދުމުގެ މަސައްކަތުގަ އެވެ. އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް ވަނީ ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑް އަދި ޗެލްސީ އަށް ވެސް އޭނާގެ ޓްރާންސްފާ ޕެކޭޖް ހުށަހަޅައިފަ އެވެ. އެކަމަކު ރޮނާލްޑޯ ގެންދާނެ އެއް ވެސް ކްލަބެއް ނުވި އެވެ. މި ސީޒަންގައި ޔުނައިޓެޑް ވާދަ ކުރަނީ ޔޫރޮޕާ ލީގުގަ އެވެ.
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް