09 އެޕްރީލް 2022
ލިވަޕޫލް ސިޓީ (އޭޕްރީލް 9) - މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕްރިމިއަ ލީގުގައި ދެމިއޮތުމަށް އެވަޓަންއިން އުންމީދެއް ދަމަހައްޓައިފި އެވެ.
ލިވަޕޫލް ސިޓީ (އޭޕްރީލް 9) - މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕްރިމިއަ ލީގުގައި ދެމިއޮތުމަށް އެވަޓަންއިން އުންމީދެއް ދަމަހައްޓައިފި އެވެ.
މެޗުން ބަލިވުމުން ޔުނައިޓެޑަށްވީ ބިރަކަށެވެ. އެޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ. އިނގިރޭސި ލީގުގައި ޗެމްޕިއަންސް ލީގު ޖާގަ ލިބޭނީ ގަދަ ހަތަރެއްގައި ނިންމާ ޓީމުތަކަށެވެ. މިވަގުތު ޔުނައިޓެޑް އޮތީ ގަދަ ހަތަރެއްގެ މަގާމާ ތިން ޕޮއިންޓް ދުރުގަ އެވެ. ހަތަރުވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޔުނައިޓެޑް އޮތީ ހަތްވަނައިގަ އެވެ.
ލިވަޕޫލް ސިޓީގައި ހުންނަ އެވަޓަންގެ ހޯމް ސްޓޭޑިއަމް، ގޫޑިސަން ޕާކުގައި ކުޅުނު މެޗުގައި އެވަޓަންގެ ލަނޑު ޖެހީ އެންތޮނީ ގޯޑަން އެވެ. އެއީ އޭނާ ޖެހި އެންމެ ރީތި ލަނޑަށް ނުވެދާނެ އެވެ. ނަމަވެސް އެއީ އެވަޓަންގެ އެކަޑަމީން އުފެއްދި އެޓޭކިން މިޑްފީލްޑަރު ޖެހި އެންމެ މުހިންމު ލަނޑަށް ވާނެ އެވެ.
ޔުނައިޓެޑްގެ ފޯވާޑް ރޮނާލްޑޯ މާޔޫސްވެފައި: ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފަ --- ފޮޓޯ: އޭއެފްޕީ
ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ އެވަޓަންއިން ދެވަނަ ހާފުގައި އިސްކަން ދިނީ އެޓީމު އަތުގައި އޮތް ލީޑް ހިފެހެއްޓުމަށެވެ. ޔުނައިޓެޑްގެ މާކޯސް ރަޝްފާޑް އަށް ލިބުނު ރަނގަޅު ފުރުސަތެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ދެވަނަ ހާފުގައި ހުއްޓުވި އެވެ.
އިއްޔެ ލަމްޕާޑް ބުނެފައި ވަނީ އެވަޓަންގައި އޭނާގެ ވަޒީފާ ދަމަހައްޓަން އޮތީ ދެ މެޗު ކަމަށެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ބަލި ކުރެވުމަކީ އޭނާ މަގާމުގައި ދަމަހައްޓަން އެވަޓަންގެ މެނޭޖުމެންޓުން ވެސް ވިސްނާނެ ކަމެއްކަމަށް ބެލެވެ އެވެ. ޔުނައިޓެޑް މެޗުގެ ކުރިން އެވަޓަން ކުޅުނު ތިން މެޗުގައި އެޓީމު ވަނީ ބާންލީ އާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެވެ.
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ގަނާޗޯގެ މޮޅު ގޯލުން ރޮނާލްޑޯއާ އެއްފަދަ ކުރަނީ
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން