ކޯޗެއްގެ ގޮތުގައި ދެން ބެންޗުން ނުފެންނާނެ ކަމަށް ދާދި ފަހުން ގޯލްޑް ކަޕް ކާމިޔާބުކަމާ އެކު އިންތިޒާމުކުރި ނައިންޓީ ޕްލަސްގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.
07 ޖެނުއަރީ 2025
ކޯޗެއްގެ ގޮތުގައި ދެން ބެންޗުން ނުފެންނާނެ ކަމަށް ދާދި ފަހުން ގޯލްޑް ކަޕް ކާމިޔާބުކަމާ އެކު އިންތިޒާމުކުރި ނައިންޓީ ޕްލަސްގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.
ފުޓްބޯޅައިގެ ރަސްމީ އިދާރާތަކުން ގަބޫލު ކުރާ ކޯޗިންގެ އެންމެ މަތީ ފާސް "ޕްރޯ ލައިސެންސް" ހާސިލު ކުރި ފުރަތަމަ ދިވެހި ކޯޗު ޝާޒް ބުނީ ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރުމަށް ވުރެ ފުޓްބޯޅައިގައި ކުރަން ހުރި އެހެން މަސައްކަތްތަކުގައި އޭނާ ޝާމިލުވުން މާ މުހިންމު ކަމަށް ފެންނަ ކަމަށެވެ.
"ރަނގަޅު ފެންވަރުގެ ކޯޗުން ރާއްޖޭގައި މަދެއް ނޫން. ހުނަރުވެރި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އެކަމަކު އެ ކޯޗުންގެ މަސައްކަތާއި ކުޅުންތެރިންގެ ހަގީގީ ހުނަރު ދައްކާނެ ރަނގަޅު ސިސްޓަމެއް ރާއްޖޭގައި ނެތީ،" ޓީސީ އާއި އީގަލްސްގައި ވެސް ކުރިން މަސައްކަތް ކުރި ޝާޒް ބުންޏެވެ.
ނޭޕާލްގައި 2019 ގައި ބޭއްވި 19 އަހަރުންދަށުގެ މުބާރާތުން ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައި ދިން ކޯޗު ބުނީ ފުޓްބޯޅައިގެ ޓެކްނިކަލް އެކި މަސައްކަތްތައް އެފްއޭއެމްގެ އެކި މަގާމުތަކުގައި އޭނާ އަށް ކުރެވިއްޖެ ކަމަށެވެ.
"އަޅުގަނޑަށް އެނގުނީ އަދި އަޅުގަނޑުމެން މިހެން ޓެކްނިކަލް މަސައްކަތްކޮށްކޮށް ތިއްބަސް ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ނުގެނެވޭނެކަން. ފުޓްބޯޅައިގައި ކުރަން ހުރި މަސައްކަތް އެއަށްވުރެ ފުޅާކޮށް ކުރަން ޖެހޭކަން އަޅުގަނޑަށް ވިސްނުނީ،" ޝާޒް ބުންޏެވެ.
"ކޯޗުން އެބަތިބި. ކުޅުންތެރިން އެބަތިބި. ދެން ކީއްވެހޭ ކުރިއަށްދާން ޖެހޭ ވަރަށް ކުރިއަށް ނުދަނީ؟ އަޅުގަނޑަށް ވިސްނުނީ ވަރަށް ބޮޑެތި ކަންކަން ލެކް ވެޔޭ،"
ޝާޒް ބުނި ގޮތުގައި މަދުވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ އާންމުންނަށް ޝައުގުވެރި އެއްޗަކަށް ފުޓްބޯޅަ ހެދުން ކަމަށެވެ.
"މާކެޓް ކުރުމުގެ ބައި އެއްގޮތަކަށް ވެސް ނެތީ. އެހެންވީމަ އަޅުގަނޑު ވިސްނުން ބަދަލުކޮށް ފޯކަސް މިހުރީ ފުޓްބޯޅައިގެ އެ މަސައްކަތަށް،" އޭއެފްސީ ކޯޗިންގެ ބީ ލައިސެންސާ ހަމައަށް ކިޔަވައި ދިނުމުގެ ހުއްދަ އޮންނަ ޝާޒް ބުންޏެވެ.
އާންމުންނަށް ޝައުގުވެރި އެއްޗަކަށް ފުޓްވޯޅަ ހެދިދާނެކަން ގޯލްޑް ކަޕުން ސާބިތުކޮށްދެވިއްޖެ ކަމަށް ޝާޒް ބުންޏެވެ.
"ވަރަށް ގިނަ ބަޔަކު ވެސް އެކަން ގަބޫލުކޮށްފި،" އޭނާ ބުންޏެވެ.
ދިވެހި ލީގާއި ޑޮމެސްޓިކް އެހެން މުބާރާތްތައް ވެސް މާކެޓްކޮށް އާންމުން ބަލައިގަންނަ އެއްޗަކަށް ހެދިދާނެ ކަމަށް ޝާޒް ދެކެ އެވެ
"މުބާރާތް ފެށުމުގެ ކުރިން ވެސް އަޅުގަނޑު ނިންމައިގެން މިހުރީ ދެން ކޯޗުކޮށްދޭން ޓީމެއްގެ ބެންޗުގައި ނުއިށީންނާނަމޭ. އެއަށްވުރެ ބޮޑަށް ފުޓްބޯޅައިގެ މި މަސައްކަތައް ފޯކަސް މިހުރީ. އެފްއޭއެމަށް ވެސް އެ ދާއިރާއިން އެއްބާރުލުން ދޭނަން،" ޝާޒް ބުންޏެވެ.
އޭނާ ބުނީ ޓެކްނިކަލް މަސައްކަތެއްގެ ގޮތުގައި ކުރާނެ ހަމައެކަނީ ކަމަކީ ކޯޗުންގެ ތަމްރީނު ޕްރްގްރާމްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
"ޓެކްނިކަލް މަސައްކަތެއްގައި ބައިވެރިވަންޏާ އަޅުގަނޑު ކުރާނެ ހަމައެކަނި މަސައްކަތަކީ ކޯޗުންނަށް ކޯސްތަކުގައި ކިޔަވައި ދިނުން،" ޝާޒް ބުންޏެވެ.
އަޑިއަޅާލަމުން ދިޔަ ފުޓްބޯޅަ ބަދަލުކޮށްލި ދެ ކޯޗުން
އއ. ގެ މުބާރާތް ކާމިޔާބުކޮށް ތޮއްޑޫ ގޯލްޑް ކަޕަށް
އަހަރުތަކަކަށްފަހު އއ. އަށް ބޮޑު ފުޓްބޯޅަ އަތުވެއްޖެ
ލ.އަތޮޅު މުބާރާތާއެކު ގޯލްޑް ކަޕް ކޮލިފައިން ފަށައިފި
ގޯލްޑް ކަޕްގެ މ. އަތޮޅުގެ ކޮލިފައިން މުލަކުގައި
ގޯލްޑް ކަޕްގެ ކ. އަތޮޅުގެ ކޮލިފައިން ހިންމަފުށީގައި
ގޯލްޑް ކަޕްގެ ތ. އަތޮޅުގެ ކޮލިފައިން ތިމަރަފުށީގައި
ގޯލްޑް ކަޕްގެ ލާމް ކޮލިފައިން ބާއްވަން ސޮއިކޮށްފި
ގޯލްޑް ކަޕް ކޮލިފައިން ބާއްވަން ރަށްތަކަށް ހުޅުވާލައިފި
ގޯލްޑް ކަޕުން މިއަހަރު 28 ޓީމަށް ޖާގަ ދެނީ