އއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތޮއްޑޫ، ގޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
08 ސެޕްޓެމްބަރ 2025
އއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތޮއްޑޫ، ގޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
ފުޓްބޯޅައިގައި ކުރިން މަޝްހޫރު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ، ތޮއްޑޫން އަރިއުތުރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބޮޑުފުޅަދޫ ބަލިކުރުމަށް ފަހު އެވެ.
އަތޮޅުގެ ވެރިކަންކުރާ ރަށް، ރަސްދޫގައި ބޭއްވި މުބާރާތުގެ ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ތޮއްޑޫން ކާމިޔާބު ހޯދީ ޕެނަލްޓީޝޫޓްއައުޓްގައި 4-2 ންނެވެ.
ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި ގޯލްޑް ކަޕް އިންތިޒާމުކުރާ "ނައިންޓީ ޕްލަސް" އާއި އއ. އަތޮޅު ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެދަށުން، އަރިއުތުރުގެ ކުޅިވަރު ފެސްޓިވަލުގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ގޯލްޑް ކަޕުން ފުރުސަތު ދޭ ގޮތަށް ހަމަޖެއްސި އެވެ.
ނައިންޓީ ޕްލަސްއިން ވަނީ މިފަހަރުގެ ގޯލްޑް ކަޕުން 28 ޓީމަށް ޖާގަ ދޭން ފޯމެޓް އެކުލަވާލާލައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ކަނޑައަޅާނީ 18 އަތޮޅުގައި ބާއްވާ ކޮލިފައިން މުބާރާތުންނެވެ. އަރިއުތުރު ކުޅިވަރު ފެސްޓިވަލުގެ މިފަހަރުގެ ފުޓްބޯޅަ މުބާރާތުން، އެ އަތޮޅުން ގޯލްޑް ކަޕްގައި ވާދަކުރާ ޓީމު ކަނޑައަޅަން ނައިންޓީ ޕްލަސް އާއި އއ. އަތޮޅު ކައުންސިލާ އެަކު އެއްބްސްވުން ހެދި އެވެ.
ތޮއްޑޫ ފުޓްބޯޅަ ޓީމުން އުފާފާޅު ކުރަނީ --- ފޮޓޯ: އއ. އަތޮޅު ކައުންސިލު
އަތޮޅު ކައުންސިލުން ދޭ 50،000ރ. ގެ ފައިސާގެ އިނާމާއި ޗެމްޕިއަން ޓޮރޮފީ އާ އެކު މިފަހަރުގެ ގޯލްޑް ކަޕުގެ ޖާގަ ވެސް ތޮއްޑޫ އަށް ކަށަވަރުވީ އެވެ.
ކޮލިފައިން މަރުހަލާއިން ދެ އޮތޮޅަކަށް ނިސްބަތްވާ ދެ ޓީމު މިހާރު ވަނީ ގޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފަ އެވެ. އެއީ ތޮއްޑޫގެ އިތުރުން ލ. ގަމެވެ.
އއ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު ފެސްޓިވަލްގައި، މިފަހަރު އަންހެން ޑިވިޝަނަށް ބޭއްވީ ހޭންޑްބޯޅަ މުބާރާތެވެ. ހޭންޑްބޯޅައިގެ ޗެމްޕިއަންކަން ހޯދީ ރަސްދޫ އެވެ. ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުތީ އުކުޅަހެވެ. އަމިއްލަ ރަށުގައި ކުޅެ ރަސްދޫން މެޗު ކާމިޔާބު ކުރީ 13-11 އިންނެވެ.
ގޯލްޑް ކަޕްގެ 28 ޖާގައިގެ ތެރެއިން އަނެއް 10 ޖާގައިގެ ތެރެއިން 8 ޖާގަ އަކީ މިދިޔަ އަހަރު މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިންގެ ގޮތުގައި ކަނޑައަޅާފައިވާ ޖާގަތަކެވެ.
އެ އަށް ޖާގަ ލިބެނީ؛ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލުގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓަށެވެ.
އަނެއް ދެ ޖާގައަކީ އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އާއި ތިނަދޫ ސިޓީ އަށް ދޭ ދެ ޖާގަ އެވެ.
އަހަރުތަކަކަށްފަހު އއ. އަށް ބޮޑު ފުޓްބޯޅަ އަތުވެއްޖެ
ތޮއްޑޫ މާސްޓާސް މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި
ލ.އަތޮޅު މުބާރާތާއެކު ގޯލްޑް ކަޕް ކޮލިފައިން ފަށައިފި
ގޯލްޑް ކަޕްގެ މ. އަތޮޅުގެ ކޮލިފައިން މުލަކުގައި
ގޯލްޑް ކަޕްގެ ކ. އަތޮޅުގެ ކޮލިފައިން ހިންމަފުށީގައި
ގޯލްޑް ކަޕްގެ ތ. އަތޮޅުގެ ކޮލިފައިން ތިމަރަފުށީގައި
ގޯލްޑް ކަޕްގެ ލާމް ކޮލިފައިން ބާއްވަން ސޮއިކޮށްފި
ގޯލްޑް ކަޕް ކޮލިފައިން ބާއްވަން ރަށްތަކަށް ހުޅުވާލައިފި
ގޯލްޑް ކަޕުން މިއަހަރު 28 ޓީމަށް ޖާގަ ދެނީ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް