ގަލޮޅު ދަނޑުގައި ފުޓްބޯޅައިގެ ފޯރި މިދިޔަ އަހަރު ގަދަކޮށްލި މުބާރާތް، ގޯލްޑް ކަޕްގެ މ. އަތޮޅުގެ ކޮލިފައިން މުލަކުގައި ބާއްވަން ހަމަޖައްސައިފި އެވެ.
29 ޖުލައި 2025
ގަލޮޅު ދަނޑުގައި ފުޓްބޯޅައިގެ ފޯރި މިދިޔަ އަހަރު ގަދަކޮށްލި މުބާރާތް، ގޯލްޑް ކަޕްގެ މ. އަތޮޅުގެ ކޮލިފައިން މުލަކުގައި ބާއްވަން ހަމަޖައްސައިފި އެވެ.
ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މުލަކު ކައުންސިލާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ނައިންޓީ ޕްލަސްގެ އޮފީހުގައި ބޭއްވި ހަފުލާގަ އެވެ.
ކުރިން ނައިންޓީ މިނެޓްސްގެ ނަމުގައި ހިންގި ނައިންޓީ ޕްލަސްއިން މިހާރު ވަނީ، އެ ކުންފުނިން ރާވާ ފުޓްބޯޅައިގެ ހަރަކާތްތަކުގެ މަސައްކަތް ކުރުމަށް ވަކި އޮފީހެއް ވެސް ހުޅުވައިފަ އެވެ.
ގޯލްޑް ކަޕްގެ މިފަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ 28 ޓީމަށެވެ. އޭގެ ތެރެއިން 18 ޓީމު ކަނޑައަޅާނީ އަތޮޅުތަކުގެ ކޮލިފައިން މަރުހަލާއިންނެވެ. ނައިންޓީ ޕްލަސްއިން މިހާރު ވަނީ ހަތަރު އަތޮޅެއްގައި ކޮލިފައިން ބާއްވަން ސޮއިކޮށްފަ އެވެ.
އެއީ:
- ކ. އަތޮޅު
- މ. އަތޮޅު
- ތ. އަތޮޅު
- ލ. އަތޮޅު
ކ. އަތޮޅުގެ ކޮލިފައިން ބާއްވާނީ ހިންމަފުށީގަ އެވެ. ތ. އަތޮޅުގެ ކޮލިފައިން ބާއްވާނީ ތ. ތިމަރަފުށީގަ އެވެ. ލ. އަތޮޅުގެ ކޮލިފައިން އިންތިޒާމު ކުރަނީ އެ އަތޮޅު ކައުންސިލުންނެވެ. އަތޮޅު ކޮލިފައިންގެ ފުރަތަމަ މުބާރާތް ފަށާނީ ލ. އަތޮޅުގަ އެވެ.
މިފަހަރު މުބާރާތުގައި ވާދަކުރާނެ 28 ޓީމުގެ ތެރެއިން މުބާރާތުން މިހާތަނަށް ޖާގަ ކަށަވަރުވެފައި ވަނީ 10 ޓީމަށެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ އިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ. އެ ދެ ސިޓީ އަށް ފުރުސަތު ދެނީ އިންވިޓޭޝަންގެ އުސޫލުންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ގަށަ އަށެއްގެ ހިމެނިގެން މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިންގެ ޓިކެޓް ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.
އއ. ގެ މުބާރާތް ކާމިޔާބުކޮށް ތޮއްޑޫ ގޯލްޑް ކަޕަށް
އަހަރުތަކަކަށްފަހު އއ. އަށް ބޮޑު ފުޓްބޯޅަ އަތުވެއްޖެ
ލ.އަތޮޅު މުބާރާތާއެކު ގޯލްޑް ކަޕް ކޮލިފައިން ފަށައިފި
ގޯލްޑް ކަޕްގެ ކ. އަތޮޅުގެ ކޮލިފައިން ހިންމަފުށީގައި
ގޯލްޑް ކަޕްގެ ތ. އަތޮޅުގެ ކޮލިފައިން ތިމަރަފުށީގައި
ގޯލްޑް ކަޕްގެ ލާމް ކޮލިފައިން ބާއްވަން ސޮއިކޮށްފި
ގޯލްޑް ކަޕް ކޮލިފައިން ބާއްވަން ރަށްތަކަށް ހުޅުވާލައިފި
ގޯލްޑް ކަޕުން މިއަހަރު 28 ޓީމަށް ޖާގަ ދެނީ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އަޑިއަޅާލަމުން ދިޔަ ފުޓްބޯޅަ ބަދަލުކޮށްލި ދެ ކޯޗުން