07 ޖެނުއަރީ 2025
ވިޔާނުދާ ރެފްރީންގެ ސަބަބުން ތުރުކީގެ ލީގު ވިހަ ވެފައިވާ ކަމަށް އެ ގައުމުގެ ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ވިޔާނުދާ ރެފްރީންގެ ސަބަބުން ތުރުކީގެ ލީގު ވިހަ ވެފައިވާ ކަމަށް އެ ގައުމުގެ ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ތުރުކީގެ ސުޕަ ލީގުގެ ދެ ވަނައިގައި އޮތް ފެނަބާޗޭއިން ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު މޮރީނިއޯ ބުނީ ކްލަބްތަކާއި ކުޅުންތެރިންގެ ބުރަ މަސައްކަތް ހަލާކުކުރަން ރެފްރީންގެ ނިންމުންތަކުން މަގު ފަހިވާ ކަމަށެވެ.
ހަޓައިސްޕޯރްއާ ދެކޮޅަށް 2-1 ން މޮޅުވި މެޗަށް ފަހު މޮރީނިއޯ ބުނީ، އެ މެޗުގައި ވެސް ރަނގަޅު ނިންމުންތަކެއް ނިންމިނަމަ އިދިކޮޅު ޓީމުން ކުޅެން ޖެހޭނީ އަށް ކުޅުންތެރިންނާ އެކު ކަމަށެވެ.
"އެހެން ކުލައެއްގެ ޖޯޒީއެއްލައިގެން ތިބިނަމަ ދަނޑުމަތީގައި ތިބީހީ އެ ޓީމުގެ އަށް ކުޅުންތެރިން. އަހަރެމެންނަށް އެނގޭ އަހަރެމެން މި ކުޅޭ ލީގު ކިހާ 'ވިހަ' ކަން. އެމީހުން [ރެފްރީންނަށް] އެނގޭ އަހަރެމެންނާ ކުޅެން. އިދިކޮޅު ޓީމާ ކުޅެން،" މޮރީނިއޯ ބުންޏެވެ.
އެކަންކަން އިސްލާހު ކުރުމުގެ ގޮތުން މީޑިއާއިން އެ މައްސަލަތަކަށް ފާޑު ކިޔަން ޖެހޭ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ތަޖުރިބާ ބޮޑު އެއް ކޯޗު ބުންޏެވެ.
"ކީއްވެ ކަލޭމެން [ތުރުކީގެ މީޑިއާއިން] މި ހަގީގަތް ފޮރުވަން މަސައްކަތް ކުރަނީ؟ މީހުން މި ގައުމުގައި ޖެހިލުންވާން ޖެހޭނީ ކޮންކަމަކާ. އަހަންނަށް އެނގޭ ކަލޭމެން ތީ ނޫސްވެރިކަން. އަހަންނަށް ވެސް ނޫސްވެރިޔަކަށް ވެވިދާނެ. ކަލޭމެން ކޮންކަމަކާ ބިރުގަންނަނީ. ފުޓްބޯޅަ ކުޅޭ ގޮތުން ކަލޭމެންގެ ޕޮއިންޓް ތަފާތު ވަނީތަ؟ ހަގީގަތައް ވާހަކަ ދައްކާ. އަހަރެން ކައިރީގައި ނާހާ."
ރެފްރީންނާ ބެހޭގޮތުން ވާހަކަ ދައްކައިގެން ތުރުކީގެ ލީގުން މީގެ ކުރިން ވަނީ މޮރީނިއޯ ސަސްޕެންޑްކޮށްފަ އެވެ.
ޓީމު ބަލިވުމުން މޮރީނިއޯ ޕްރެސް ކޮންފަރެންސަށް ނުދިޔަ
ތުރުކީގެ ލީގުން ވަކިވާން ފެނަބާޗޭއިން ވޯޓެއް ނަގަނީ
ތުރުކީ ރެފްރީން ކުށްވެރި ކުރުމުން މޮރީނިއޯ އަށް އަދަބު
މޮރީނިއޯ ދެން ފެންނާނީ އިނގިރޭސި އާދައިގެ ކްލަބަކުން؟
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
ފެނަބާޗޭގެ ޖޯޒީއަކީ އަހަރެންގެ ގައިގެ ހަންގަނޑު
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
ކްލަބްގެ ރައީސް ރެފްރީގެ މޫނުމަތީގައި ޖެހި މައްސަލައެއް
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ