02 އެޕްރީލް 2024
އިސްތަންބޫލް (އޭޕްރީލް 2) – ތުރުކީގެ ސުޕަ ލީގުން ވަކިވުމާ މެދު އެގައުމުގެ އެންމެ ބޮޑު އެއް ކްލަބް ފެނަބާޗޭއިން ވޯޓެއް ނަގަން ތައްޔާރުވެއްޖެ އެވެ.
އިސްތަންބޫލް (އޭޕްރީލް 2) – ތުރުކީގެ ސުޕަ ލީގުން ވަކިވުމާ މެދު އެގައުމުގެ އެންމެ ބޮޑު އެއް ކްލަބް ފެނަބާޗޭއިން ވޯޓެއް ނަގަން ތައްޔާރުވެއްޖެ އެވެ.
ލީގުން ވަކިވުމުގެ ވިސްނުން އެ ކްލަބުން ގެންގުޅެން ފެށީ، މިދިޔަ މަހު ޓްރަބްޒޮންސްޕޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ކްލަބްގެ ސަޕޯޓަރުން ދަނޑަށް އަރައި ފެނަބާޗޭގެ ކުޅުންތެރިންނަށް ހަމަލާ ދީ މާރާމާރީ ހިންގުމުންނެވެ.
ޓްރަބްޒޮންސްޕޯގެ ސަޕޯޓަރުން ދަނޑަށް އަރައި ސަލާމަތީ ބާރުތަކާއި ފެނަބަޗޭގެ ކުޅުންތެރިންނާ ކުރިމަތިލައި ބޮޑު ހަމަނުޖެހުމެއް ހިންގި އެވެ. މިއީ މި ސިޒަނުގައި ތުރުކީގެ ލީގުގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. ޑިސެމްބަރު މަހު އަންކާރާގުޗޫގެ ރައީސް ދަނޑަށް އަރައި ރެފްރީގެ ކޯތާފަތް މަތީގައި ވެސް ޖެހި އެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް ހަފުތާއެއް ވަންދެން ތުރުކީގެ ލީގު މެދުކަނޑާލި އެވެ.
ލީގުން ވަކިވުމާ މެދު ގޮތެއް ނިންމަން ފެނަބާޗޭއިން ބާއްވާ ހާއްސަ ކޮންގްރެސްގައި މިއަދު އެކަމާ ބެހޭގޮތުން ވޯޓަށް އަހާނެ އެވެ.
ތުރުކީ ލީގު 19 ވަނަ ފަހަރަށް 2014 ގައި ހޯދި ފެނަބާޗޭ މި ވަގުތު އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ވާދަވެރި ގަލަތަސަރާއީ އެވެ.
ޓީމު ބަލިވުމުން މޮރީނިއޯ ޕްރެސް ކޮންފަރެންސަށް ނުދިޔަ
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
ކްލަބްގެ ރައީސް ރެފްރީގެ މޫނުމަތީގައި ޖެހި މައްސަލައެއް
ފެނަބާޗޭ އިން ސަސްޕެންޑް ކުރި އޮޒިލް ދޫކޮށްލައިފި
ޔޫރޯގެ ތާރީހީ މުބާރާތަށް ކޮވިޑްގެ ހިޔަނި އެޅިފައި
ފަސް ރަތް ކާޑު ދެއްކި މެޗުން ފެނަބާޗޭ އަށް މޮޅެއް
ދަނޑަށް އަލިފާން ބޯޅަ އުކި މައްސަލަ ބަލަނީ
ގުރު ދިމާވެ ފުވައްމުލައް ކުއާޓާއަށް
މާލޭގެ ދެކުޅުންތެރިއަކު ރަށްވެހިކަން ބަދަލުކުރި މައްސަލަ
އޭދަފުއްޓަކީ ރާއްޖޭގެ ބްރެޒިލްތަ؟