Roadha Mihaaru
ދަނޑަށް އަލިފާން ބޯޅަ އުކި މައްސަލަ ބަލަނީ

ދަނޑަށް އަލިފާން ބޯޅަ އުކި މައްސަލަ ބަލަނީ

19 ޖޫން 2016

ޕެރިސް، ފްރާންސް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އައިސްލެންޑާ 1-1 އިން ހަންގޭރީ އެއްވަރުވި މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގިއިރު ކްރޮއޭޝިއާ އާއި ތުރުކީގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގި މައްސަލަ ޔުއެފާ އިން ބަލަން ފަށައިފި އެވެ.

ޔުއެފާ އިން ބަލަމުން އަންނަނީ ހުކުރު ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގައި ކްރޮއޭޝިއާ ސަޕޯޓަރުން ދަނޑަށް އަލިފާން ބޯޅަ އުކައި ނަސްލީ ގޮތުން އިދިކޮޅު ސަޕޯޓަރުންނާ ދިމާކުރި މައްސަލަ އެވެ. އެ މެޗުގައި ދަނޑަށް އަލިފާން ބޯޅަ އުކުމުން މެޗު 10 ވަރަކަށް މިނެޓަށް މެދުކަނޑާލި އެވެ.

މީގެ އިތުރުން ސްޕެއިން އަތުން 3-0 އިން ތުރުކީ ބަލިވި މެޗުގައި ދަނޑުގެ ތެރޭގައި އެ ޓީމުގެ ސަޕޯޓަރުން ފަޓާސް ގޮއްވުމާއި ދަނޑަށް އެއްޗެހި އުކި މައްސަލަ އަންނަނީ ބަލަމުންނެވެ.

ރޭގެ މެޗުގައި ހަންގޭރީ ސަޕޯޓަރުންނާއި ފްރާންސުގެ ފުލުހުންނާ ދެމެދު ވެސް ކުރިމަތިލުމެއް ހިނގި އެވެ. މައްސަލަ ދިމާވީ، ދަނޑުގެ އެހެން ދިމާލަކަށް ދިއުމަށް ސަޕޯޓަރުން ފެންސް މަތިން ފުންމަން އުޅުމުން އެކަން ހުއްޓުވުމުންނެވެ. ހަންގޭރީ ސަޕޯޓަރުން މައިތިރިކުރީ ޕެޕާ ސްޕްރޭ ޖަހައިގެންނެވެ.

ޔުއެފާ އިން ވަނީ ރަޝިއާ ސަޕޯޓަރުން ދަނޑުގައި ހިންގި ހަމަނުޖެހަކަމާ ގުޅިގެން އެ ޓީމަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އެ ޓީމުގެ ސަޕޯޓަރުން ދަނޑުގައި އިތުރު ހަމަނުޖެހުމެއް ހިންގައިފި ނަމަ، އޮޓޮމެޓިކުން އެ ޓީމު މުބާރާތުން ސަސްޕެންޑްވާނެ އެވެ.